Saturday, January 4, 2020

ނަންއިތުރު:
      ނަންއިތުރަކީ ނަމަކަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ލަފުޒެކެވެ. މިހެން ވުމުން މީހެއް، ތަނެއް ނުވަތަ އެއްޗެއްގައި ހުރި ސިފައެއް ބުނެދޭން ނުވަތަ ތަފުސީލެއްދޭ ކޮންމެ ލަފުޒަކީ ނަންއިތުރެކެވެ. (އަލީ, 2011) އަދި ހަމަ އެހެންމެ " ބަހުގެ ހަމަ" މިފޮތުގައިވެސް ނަންއިތުރަކީ ކޮބައިކަން މަތީގައި ދެންނެވިފައިވާ ގޮތަށް ތަފުސީލުކޮށް ދެއްވާފައިވެއެވެ.
މިސާލު: ހީވާގި ކުއްޖެއް،  ސާފު މޫދެއް، މީރުބުއިމެއް
    މި މިސާލުތަކަށް ވިސްނާލުމުން އެނގެނީ ޢާންމުގޮތެއްގައި ނަންއިތުރު އަންނާނީ ނަމުގެ ކުރިއަށް ކަމަށެވެ.
ނަންއިތުރުގެ ނަން:
         ނަންއިތުރުގެ ނަމަކީ ނަންއިތުރަކުން އުފައްދާފައިވާ ނަމެކެވެ. އެހެންގޮތަކަށް ބުނާނަމަ އެއީސިފަޔަކަށް ކިޔާފައިވާ ނަމެކެވެ. މިހެންވުމުން ނަންއިތުރުގެ ނަން އުފެދޭނީ މުޅިންވެސް ސިފަބަޔާންކުރާ ނަންއިތުރެއްގެ ފަހަތަށް 'ކަން' މިއަކުރު އިތުރުކޮށްގެންނެވެ. (މުހައްމަދު ޖަމީލު, 1969).
މިސާލު:       ރީތި + ކަން = ރީތިކަން  ފަރި + ކަން = ފަރިކަން      ނަލަ +ކަން = ނަލަކަން 
އަދި ހަމައެހެންމެ، މުހައްމަދު ޖަމީލު (1969) " ނަންއިތުރުގެނަން އަކުރުތަކާއި ގުޅެމުންދާއިރު ފަހަތަށް އޮންނަ ނޫނު، މީމަކަށް ބަދަލުވާނެއެވެ." މިފަދައިންވެސް ނަންއިތުރުގެނަން އޮޅުން ފިލުވައިދީފައިވެއެވެ.
މިސާލު؛ ރީތިކަމާއި، ރީތިކަމީ މިފަދަ ގޮތަކަށެވެ.
             އެހެންކަމުން ދިވެހިބަހުގެ ޤަވާޢިދުގެ މިދެހަމައަށް ވިސްނާލާއިރު ނަންއިތުރާއި ނަންއިތުރުގެ ނަމުގެ ތަފާތު ވަރަށް ބޮޑެވެ.
ހަސީނާއަކީ ރީތި ކުއްޖެކެވެ. މި މިޖުމްލައިގައި ނަން އިތުރަކީ ރީތީ މިލަފުޒެވެ. މިލަފުޒު ރައްދުވާ ފަރާތަކީ އެޖުމްލައިގައި އެވާ ކުއްޖާއަށެވެ. ވީމާ އެނަމަށް ސިފަލިބިދިން ލަފުޒަކީ 'ރީތި' ކަމަށްވާތީ މިލަފުޒުވާނީ ނަންއިތުރަކަށެވެ. (މުހައްމަދު ޖަމީލު, 1969)

           2- ވަނަ ނަންބަރުގައިވާޖުމްލަ: ހަސީނާގެ ރީތިކަން އަޖައިބެއްފަދަ އެވެ. މިމިސާލުގައިވާ "ރީތިކަން" އުފެދިގެން އައިސްފައިވަނީ "ރީތި" މިލަފުޒުގެ ފަހަތަށް "ކަން" ގުޅުވައިގެންނެވެ. އެހެންކަމުން މިއީ ނަންއިތުރުގެ ނަމެއްކަން އެނގެއެވެ. ވުމާއިއެކު މިޖުމްލައިން ހަސީނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. (ޖަމީލު, 1969)
   3- ވަނަ ޖުމްލައިގައި އެވަނީ ހަސީނާގެ ރީތިކަމަކީ އަޖައިބެކެވެ. މި ޖުމްލައިގެ ދަށުރޮނގު ދަމާފައިވާ ބައިގެ ތަފްސީލަށް ބަލާއިރު "ރީތިކަމަކީ" މިލަފްޒް ރީތި + ކަން + އަކީ (މަކީ) މިބައިތަކަށް ބެހިގެންދެއެވެ. (ޢަބުދުﷲ ޞާދިޤް, 2015)



"ރީތ" މި ސިފަ ދޭހަ ކޮށްދޭ ލަފުޒުގެ ފަހަތަށް "ކަން" މިބަސް އިތުރުކުރުމުން އުފެދިފައިވާ ނަންއިތުރުގެ ނަމެއް.

ފުރިހަމަކޮށްދޭ އަކުރުއް
   ދިވެހި ބަހުގެ ޤަވާއިދު ފިޔަވަޅު 2 ގައި ބަޔާންކޮށްފައި ވަނީ " ނަންއިތުރުގެ ނަމާއި ކަމުގެ ނަން އަކުރުތަކާއި ގުޅެމުން ދާއިރު ފަހަތަށް އޮންނަ "ނ" މީމަކަށް ބަދަލު ވާނެއެވެ." (ޖަމީލު, 1969).
މިސާލު: ރީތިކަން ß ރީތިކަމެއް، ރީތިކަމާއި.
އަދި މީގެ އިތުރުން މަތީގައިވާ ކުރެހެމުން ދައްކާ "އަކީ" ފެތެނީ ފުރިހަމަކޮށްދޭ އަކުރުގެ ބަޔަށެވެ. (އާމިރު, 2006)
            މި މިސާލުން ދޭހަވާ ގޮތުގައި މަތީގަ ބަޔާން ކޮށްފަވާ ފުރިހަމަކޮށްދޭ އަކުރު "އަކީ" އާއި "ރީތިކަން" (ނަންއިތުރުގެ ނަން) ގުޅިގެންދާއިރު "ނ" މީމަކަށް ބަދަލުވެ އަދި ރީތިކަން+އަކީ ß "ރީތިކަމަކީ" އަށް ބަދަލުވެގެންދެއެވެ. "އީ"، "ކީ" އަދި "އަކީ" މި އަކުރުތައް ބޭނުންކުރެވޭ ގޮތްތަކުގެ ތެރޭގައި "ކިޔެވުމަކީ، މޮޅުކަމެކެވެ." މިފަދައިން ފިޔަވަޅު ފޮތުގައި ބަޔާންކޮށްފައިވެއެވެ. (ޖަމީލު, 1969).
ވީމާ، މިޖުމްލައިގައި ބޭނުންކޮށްފައިވާ "ރީތިކަމަކީ" މިއީ ދިވެހި ބަހުގެ ޤަވާއިދުގެ މައިގަޑު ބައިތަކުގެ ތެރެއިން ފުރިހަމަކޮށްދޭ އަކުރެއް ގުޅި ބަދަލުވެގެން އުފެދިފައިވާ ނަންއިތުރުގެ ނަމެކެވެ.

_________________________________________________________________________

          ދިވެހިބަހުގައި އަޑުގެ ގޮތުން އެއްގޮތް ނަމަވެސް މާނައިގެ ގޮތުން ތަފާތު ލަފުޒުތައް ހިމެނެއެވެ. މިސާލެއްގެ ގޮތުން "ފުށް" އަދި "ފުއް"  މި ދެ ލަފުޒަށް ބަލާލަމާ ހެއްޔެވެ؟ މި ދެލަފުޒަކީ އަޑުގެ ގޮތުން އެއްގޮތް ނަމަވެސް ތަފާތު ދެ މާނައެއްގައި ބޭނުންކުރެވޭ ދެލަފުޒެވެ.  ސުކުން ކުރެވޭ ހަމަތަކަށް ބަލާއިރު ށަވިޔަނީގައި ސުކުން ކުރެވެނީ، ސުކުނުގެ ބަދަލުގައި ފިއްޔެއް ޖެހޭތޯ ބަލާއިރު ށަވިޔަނީގައި ފިލިޖެހޭ ތަންތާނގައެވެ. އަދި އަލިފު ސުކުން ކުރެވެނީ ސުކުނުގެ ބަދަލުގައި ފިއްޔެއް ޖެހޭތޯ ބަލާއިރު ކާފުގައި ފިލިޖެހޭ ތަންތާގައެވެ (ޢަބްދުﷲ ޞާދިޤު،1993). މިގޮތުން ސުކުނުގެ ބަދަލުގައި ފިލިޖަހައިގެން ކިޔާއިރު މި ދެ ލަފުޒު ކިޔޭނީ "ފުށޭ"، "ފުކޭ" މިފަދައިންނެވެ.
އެހެންކަމުން މި ދެ ލަފުޒުގެ ޙަޤީޤީ މާނަވެސް މި ދެނެގަނެވެނީ ސުކުނަށް ބަލައިގެންނެވެ. ވުމާއެކު ށަވިޔަނި ސުކުނާއި އަލިފު ސުކުނުގެ ތެރެއިން އެއް ސުކުން އުވިގެން ގޮސްފި ކަމުގައިވާނަމަ، ލިޔެފައިވާ ލިޔުމަކުން، އެ ބަޔާންކޮށްދެނީ ފުށުގެ ވާހަކަ ކަމެއް، ފުކުގެ ވާހަކަ ކަމެއް ނޭނގި، ލިޔެކިޔުން ބޮޑު އޮޅުން ބޮޅުންގަނޑަކަށްވެގެން ހިނގައިދާނެއެވެ. މިދެސުކުނުގެ ތެރެއިން އެއްވެސް ސުކުނެއް އުވާލައިފިނަމަ ދިވެހބަސް އޭގެ އަސްލާއި އެއްގޮތަށް ކުރިމަގުގެ ޖީލް ތަކަށް ވާޞިލްކޮށެއް ނުދެވޭނެއެވެ.

No comments:

Post a Comment