ކިޔަވައި ދިނުމުގެ
ހުނަރާއި އެހީ ހޯދައި ކަނޑައެޅުން
1. ތަޢާރަފް
މިއީ ޔޫ ޓިއުބުގައި، https://www.youtube.com/watch?v=aDMbgLmmGws
މި ޔޫ އާރު އެލްގައި " ކުޑަ ކުދިންގެ ޑްރާމާ ސްޓޭޖް މަތިން" މިނަމުގައި
އަޕްލޯޑްކޮށް ފައިވާ ކުޑަކުދިންގެ ވާހަކަ ހުށަހަޅައި ދިނުމުގެ ވިޑިއޯ ޑްރާމާ
އެކެވެ. މި ރެކޯޑިންގް ހޯދުމަށްޓަކައި މިޑްރާމާ އަޅުގަނޑު ޑައުންލޯޑް ކޮށްފައި
މިވަނީ ޔޫޓިއުބް ޑައުންލޯޑާއެއް ބޭނުން ކޮށްގެން އަޕްލޯޑް ކޮށްފައިވާ ގޮތަށް
ވީޑިއޯ ފޯމެޓަށެވެ. އެއަށްފަހު އެ ޑައުން ލޯޑަރ ބޭނުންކޮށްގެން mp3 ފޯމެޓަށް ކޮންވާރޓްކޮށް
އޯޑިއޯ ރެކޯޑިންގ އަކަށް ބަދަލުކޮށްލީއެވެ.
9 މިނިޓާއި 10 ސިކުންތުގެ
ދިގުމިނުގެ މި ރެކޯޑިންގ ގައި ހުށަހަޅައި ދެނީ އެއް ސަހަރެއްގައި އުޅުނު
"މިނިކާ ދައިތަ" އެއްގެ ވާހަކައެކެވެ. މި ވާހަކައިން ލިބޭ މައުލޫމާތުގެ
ސަބަބުން އިހު ޒަމާނުގައި ކިޔަވަންދަނީ
އެނދުރުގެ ތަކަށް ކަމާއި، ދިމާވާ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރި ވާން
ޖެހޭނެ ކަމާއި، މައިންބަފައިންގެ ބަސް ނާހާއުޅޭ ކުދިންނަށް ކޮންމެ ފަދަ ކަމެއް ވެސް
ދިމާ ވެދާނެކަން ހާމަކޮށްފައި ވެއެވެ. އަދި ޤަދީމީ ޒަމާނުގައި ވެސް ވާހަކަ ކިޔައި
އުޅުނުކަން މިވާހަކަ އަޑު އެހުމުން ދޭހަ ވެގެން ދެއެވެ.
އަދި މި ރެކޯޑިންގ ގައިވާ
ވާހަކައިގެ ޢާންމު ފިކުރަކީ ކުށެއްނެތް މީހުންނަށް ލަނޑުދޭން އުޅެންޏާ އެކަން
އެނބުރި އައިސް ދިމާވާނީ ހަމަ އެމީހަކށް ކަމަށާއި، "ތިމާ ފޭހުނު އިލޮށިގަނޑު
ހެރޭނީ ހަމަ ތިމާގެ ލޮލަށްކަން" ސާބިތު ކޮށްދިނުމެވެ.
މި ރެކޯޑިންގ އަޑު އެހުމަށްފަހު
ދެވޭ މަސައްކަތް އަމާޒު ކޮށްފައިވާނީ ކީ ސްޓޭޖް-2 ގައި ހިމެނޭ ގްރޭޑް:5 ގެ
ދަރިވަރުންނަށެވެ.
2. ރެކޯޑިންގ އަޑުއެހުމުގައި ދަރިވަރުން ވިސްނަންޖެހޭ
ކަންތައްތައް: (3ނުވަތަ 4ވަރު)
އަޑު އެހުމުގެ
ޕްރޮސެސް ގައިވާ ފިޔަވަޅު ތަކަށް ބަލާއިރު "ވުލްވިން އާއި، ކޯކްލީ" (1985)، ބުނާގޮތުގައި އަޑު އެހުމުގައި ހިމެނީ 3 ބައެކެވެ. އެއީ
"ލިބުން، ސަމާލުވުން، އަދި މާނަ ދޭހަވުން" މިއެވެ. މި ފިޔަވަޅު ތަކަށް
ބަލާއިރު ރެކޯޑިންގ އެއް އަޑު އެހުމުގައި ތިރީގައި މިވާ ކަންކަމަށް ދަރިވަރުންގެ
ވިސްނުން ބަހައްޓަންވާން ޖެހެއެވެ.
1- ހަމަ ޖެހިލައިގެން ތިބެ ވިސްނުންތެރި ކަމާއެކު
ވާހަކައަށް ކަނުލާ އަޑުއެހުމަށް
2- ވާހަކައިގައި އުޅޭ މީހުންނާއި ހިނގާ ކަންކަމާއި
މެދުގައި ވިސްނުމަށް
3- މާނަ ދޭހަވާގޮތަށް އަޑުއެހުމަށް
4 –އިވޭ އެއްޗަކަށް ސަމާލުކަން
ދިނުން
5- އިވުނު އެއްޗަކާއި ގުޅުވައިގެން ޖަވާބުދާރީ ވުމަށް
3. ރެކޯޑިންގ އިއްވާއިރު މުދައްރިސް ސަމާލުކަން ދޭންޖެހޭ ކަންކަން:
(މަދުވެގެން 5ނުވަތަ 7ވަރު)
1- މަޢުޟޫއާއި ގުޅުން
ހުރި ތަސްވީރު ފަދަ ވިޝުއަލް އެއިޑްސް ބޭނުން ކޮށްގެން ދަރިވަރުން ޝައުގުވެރި
ކުރުވައި މަޢުޝޫއަށް އަހުލުވެރި ކުރުވުމަށް ސަމާލުކަން ދިނުން
2- ރެކޯޑިންގ ވަކި ހިސާބަކުން
މަޑު ޖައްސާލުމަށްފަހު ދެންވާނެ ގޮތަކާއި މެދު ސުވާލު ކުރުން
3- ދަރިވަރުންނަށް
ދެވޭ މަސައްކަތަކީ އަޑު އަހަމުންދާ ރެކޯޑިންގ އާއި ގުޅުންހުރި މަސައްކަތަކަށް
ހެދުމަށް
4- ރެކޯޑިންގެ އަޑު
ސާފުކޮށް ދަރިވަރުންނާއި ހަމައަށް ފޯރާތޯ
5- ދަރިވަރުން އަޑު
އަހަމުންދާއިރު ކޮށްފާނެ ސުވާލަކަށް
ތައްޔާރު ވެހުރެ ޔަގީން ކަމާއެކު ޖަވާބު ދިނުމަށް
6- ދަރިވަރުންގެ
ޚިޔާލު ތަކަށް ތާއީދު ކުރާކަން ހާމަކުރުން
7- ވާހަކަ
ކިޔައިދިނުމުގެ ބޭނުމަކީ ކޮބައިކަމާއި މެދު
8- އަޑު އިވުމުގެ
މައްސަލަ ހުންނަ ކުދިންނަށް ޚާއްސަ ދޭހައިގެ ހަރަކާތުން އެކަން ހާމަކުރުން
4. ރެކޯޑިންގ އަޑު އިއްވުމުގެ ކުރިން ކުރަންޖެހޭ
ކަންކަމާއި އަޑު އަހާއިރު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމަކާއި، އަޑު އެހުމަށްފަހު
ކުރަންޖެހޭ ކަންކަން.
ރެކޯޑިންގ އަޑުއިއްވުމުގެ ކުރިން:
އަޑު އިއްވުމަށް
ތައްޔާރުވާ ރެކޯޑިންގް އަކީ ކުދިންގެ އުމުރާއި ފެންވަރާއި ގުޅޭ ރެކޯޑިންގ އެއް ތޯ ބަލަން ޖެހޭނެއެވެ.
އަދި އެ ރެކޯޑިންގ އެއްގެ އަޑު ސާފުކޮށް ދަރިވަރުންނަށް އިއްވާލެވޭނެ ފަދަ
ވަސީލަތެއް ޤާއިމް ކުރެވިފައި ވޭތޯ ބަލަން ޖެހޭނެއެވެ. އަޑު އިއްވަން އުޅޭ ރެކޯޑިންގ
އަކީ ދަރިވަރުން އަޑުއެހުމަށް ޝައުޤުވެރިވާ ފަދަ އެއްޗެއްތޯ ބަލައި ބޭނުން ކޮށްފައިވާ
ބަސް ކޮށާރުގެ ސަބަބުން ދަރިވަރުންގެ ބަހުގެ ހުނަރު ކުރިއަރާނެ ފަދަ ރެކޯޑިންގ
އެއްކަން ޔަގީން ކުރަން ވާނެއެވެ. ހަމަ އެހެންމެ ދަރިވަރުންނަށް ފަސޭހައިން އަޑު އަހާލެވޭނެ
ފަދަ މާޙައުލެއް ޤާއިމްވެފައި ވޭތޯ ބަލައި ރެކޯޑިންގ އަޑު އިއްވުމުގެ ކުރިން އަމިއްލައަށް
އޭގައިވާ އެއްޗެއް އަޑު އަހައި ދެނެގަނެ ދަރިވަރުން ކޮށްފާނެ ސުވާލު ތަކަށް ޖަވާބު
ދެވޭ ވަރަށް ތައްޔާރުވެ ހުންނަން ޖެހޭނެއެވެ. އަދި ރެކޯޑިންގް އަޑު އެހުމަށްފަހު
ކުރަންޖެހޭ މަސައްކަތް ތައްޔާރުކޮށް ދަރިވަރުންނަށް ދީ އެ މަސްކަތް ކުރަންވާ ގޮތް
އޮޅުން ފިލުވައި ދޭން ވާނެއެވެ. އަދި ހަމަ އެއާއެކު އިޚްތިޔާރު ކުރާ ރެކޯޑިންގެ
ދިގުމިނާއި މެދު ވެސް ވިސްނުން ބަހައްޓަން ޖެހޭނެއެވެ. މިގޮތަށް އިޚްތިޔާރުކެރެވޭ
ރެކޯޑިންގ މާދިގުވެގެން ނުވާނެއެވެ. ހަމަ އެހެންމެ އިޚްތިޔާރު ކުރެވޭ ރެކޯޑިންގ
އަކީ އެކަށީގެންވާ ރަނގަޅު މެސެޖެއް ދަރިވަރުންނަށް ފޯރުކޮށް ދެވޭ ފަދ އެއްޗަކަށް
ވާން ވާނެއެވެ.
ރެކޯޑިންގ
އަޑުއަހަމުންދާއިރު ކުރަންކުރަންޖެހޭ ކަންކަން
ރެކޯޑިންގ
އަޑުއަހަމުން ދާއިރު ދޭތެރެ ދޭތެރެ އިން ދެންވާނެ ގޮތަކާއި މެދު ދަރިވަރުންނާއި
ސުވާލުކޮށް ޚިޔާލު ބަދަލު ކޮށްލަން ވާނެއެވެ. މިގޮތުން އެ ރެކޯޑިންގ އެއްގެ މައިގަނޑު ޚިޔާލާއި އުޅޭ
ޝަޚްސިއްޔަތު ތަކާއި، ހާދިޘާއާއި އިޙްސާސްތަކާއި ގުޅުވާލެވި ދާނެއެވެ. އަދި
ދަރިވަރުންގެ ޚިޔާލާއެކު ދެންވާނެ ގޮތެއް ބަލަން ރެކޯޑިންގ ކުރިއަށް ގެންދާނީއެވެ.
އަދި ރެކޯޑިން އަޑު އަހަމުން ދާއިރު ފާހަގަވާ އާ ބަސްތައް ފާހަނގަ ކުރަން ހަނދާން ކޮށްދީ
އަޑު އަހަމުންދާ ރެކޯޑިންގއާއި ގުޅޭ (ވާހަކައިގައި ވާ ހާދިޘާގެ މައްޗަށް ބިނާކޮށް
ތައްޔާރު ކޮށްފައިވާ) މަސައްކަތު ކަރުދާހު ގައިވާ ހުސްތަން ފުރަމުން ގެންދާނީއެވެ.
އެއަށްފަހު 2 ވަނަ ފަހަރަށް ރެކޯޑިންގ ޕްލޭކޮށް ދަރިވަރުންގެ މަސައްކަތްތައް
ރަނގަޅުތޯ ޗެކް ކުރާނީއެވެ. މިކަން ކުރިއަށް ދާއިރު ރެކޯޑިންގ އާއި ގުޅިގެން
ކުރަމުން އައި މަސައްކަތް ނުނިމޭ ކުއްޖަކު އިންނަމަ
އެފަ ކުދިންނަށް މަސައްކަތް ނިންމަން ފުރުސަތު
ދެވިދާނެ އެވެ.
ިރީގައި މިވަނީ
ރެކޯޑިންގ އަޑު އަހަމުން ދާއިރު ދަރިވަރުންނަށް ދެވިދާނެ މަސައްކަތެއްގެ
ނަމޫނާއެކެވެ.
ތިރީގައިވާ ޖުމްލަތަކުގައިވާ
ހުސްތަން ފުރާށެވެ.
1- މި ވާހަކައިގައި އުޅޭ ދައިތައަށް މީހުން ކިޔަނީ __________________ އެވެ.
2- ފުރަތަމަ ފަހަރަށް ތެލަބަޑި
ބިންނަން ގަހަށް އަރާއޮތް އަހުމަދު ފުރަތަމަ ވައްޓާލި ތެލަބަޑި ގޮސް ޖެހުނީ
_________ ގަނޑަކަށެވެ.
3- ތެލަބަޑި ގަސްދޮށުގައި ތިބި
ހުރިހާ ކުދިން ފިލަން ދިޔައީ ____________________ އެވެ.
4- ފުރަތަމަ އަށް ދައިތަގެ
ގޯންޏަށް ލީ ކުއްޖާ އޭނާގެ ރައްޓެހިން ކައިރީގައި ބުނީ، "އަހަރެން
_____________ ކޮށްދި!
5- ދައިތަގެ ގޯންޏަށް
_________________________ އަޅާ ފުރާލީއެވެ.
ތިރީގައިވާ
ސުވާލުތަކަށް ޖަވާބު ދޭށެވެ.
1- "ލޮނުމިރުސް ޖަހައިގެން
ފިހެލައިގެން ކާލަން މީރުވާނެކަމަށް" ދައިތަ ބުނީ ކޮން އެއްޗަކަށް އިޝާރާތް
ކޮށްފައި؟
2- ދެވަނަ ފަހަރަށް ގޯންޏަށް
ލައިގެން ދައިތަ ގެންދިޔަ ކުއްޖާގެ އަތުގައި ޖަވާހިރެއް އޮތްތަ؟
3- ޖަވާހިރެއްގައި ހުންނާނެ
ކަމަށް މިވާހަކައިގައި ސިފަކޮށްފައިވާ ކޮންމެވެސް 2 ސިފައެއް ލިޔާށެވެ!
4- ކަތިލަންވެގެން ދައިތަ ގެއަށް
ގެންދިޔަ ކުއްޖާގެ ނަމަކީ ކޮބާ؟
5- މި ވާހަކައިގައި ފާހަގަ
ކޮށްފައިވާ ހަރުބަހަކީ ކޮބާ؟
ރެކޯޑިންގ
އަޑުއެހުމަށްފަހު ކުރަންކުރަންޖެހޭ ކަންކަން
ރެކޯޑިންގައި
އަޑުއިވުނު ކަންކަމާއި ނުވަތަ ވާހަކައަކާއި ބެހޭގޮތުން ސުވާލު ކުރެވިދާނެއެވެ.
މިގޮތުން ވާހަކައިގައި އުޅޭ މީހުންނާއި، ތަންތަނާއި، ހިގާދިޔަ ކަންކަމަކާއި ހާދިޘާއާއި
ގުޅޭ ގޮތުން ސުވާލު ކޮށް ވާހަކަ ބިނާކޮށްފައިވަ ހާދިޘާގައި ހިނގާދިޔަ މަންޒަރުތައް ދަރިވަރުން ލައްވައި
ސިފަ ކުރުވިދާނެއެވެ. އަދި ބޭނުންކުރި ބަސް މަގާއި ހާދިޘާގެ ފެށުން އައިގޮތާއި
ނިމުންގެނެސްފައިވާ ގޮތާއި މުޅި ހާދިޘާގެ މައިގަނޑު ފިކުރު ދަރިވަރުންނަށް ދޭހަވި
މިންވަރު ބެލި ދާނެއެވެ. ހަމައެހެންމެ މިފަދަ އެހެން ހާދިޘާއެއް މިގޮތަށް
ގެންދެވިދާނެ ގޮތަކާއިމެދު ދަރިވަރުންނާއި ޚިޔާލު ބަދަލު ކުރެވިދާނެއެވެ. އަދި
އަޑުއިވުނު އެއްޗަކުން ކުރުވި އިޙުސާސް ވެސް ދަރިވަރުން ލައްވައި ކިޔުއްވި ދާނެއެވެ.
މިގޮތުން ކުރެވޭ ސުވާލުތައް ސީދާ އެ ރެކޯޑިންގ އެއް އަޑު އިއްވި ބޭނުމަކަށް އަމާޒު
ވާގޮތަށް ގެންދެވި ދާނެއެވެ. ދަރިވަރުންގެ މަޝްވަރާގެ ތެރެއިން ރެކޯޑިންގ އިން
ދަރިވަރުންނަށް ދަސްވި އެއްޗެއް އެނގިގެން ދިއުމުގެ އިތުރުން ރެކޯޑިންގ
އަޑުއިއްވުމުގެ ބޭނުމާއި ގުޅުވައިގެން ދެވޭ މަސައްކަތަށް ވެސް އަހުލުވެރި
ވެގެންދާނެއެވެ.
5-
ރެކޯޑިންގ އާއިގުޅިގެން ގެންދެވިދާނޭ މަސައްކަތެއް
ރެކޯޑިންގއިން އަޑު އިވިގެން
ދިޔަ ވާހަކައިން ދަސްވި އާ ބަސްތަކުގެ ލިސްޓެއް ގްރޫޕްގެ މަޝްވަރާ ކުރުމަށްފަހު
ލިޔުއްވި ދާނެއެވެ. އެއަށްފަހު ރެކޯޑިންގ
އިން އަޑު އިވުނު ވާހަކައިގައި މައިގަނޑު ފިކުރު ގެ މައްޗަށް ބިނާކޮށްގެން އެފަދަ
އެހެން ހާދިޘާއެއް ލިޔަން ގްރޫޕްތަކަށް ދެވިދާނެއެވެ.
ތިރީގައި މިވަނީ މިގޮތުން ދެވިދާނެ މަސައްކަތުގެ
ނަމޫނާ އެކެވެ.
އަޑު އިވިގެން ދިޔަ
ރެކޯޑިންގ އިން ދަސްވި ކޮންމެވެސް 7 ބަހެއް ލިސްޓް ކުރާށެވެ.
1. _____________________ 2. __________________3. ___________________________
4. _____________________ 5. _________________ 6. __________________________
7. ___________________________________
ތިރީގައިވާ މިސާލު
ބަސް ބޭނުން ކުރެވޭ ފަދަ ހާދިޘާއެއް (އަޑުއިވުނު ހާދިޘާ ނޫން) ލިޔާށެވެ. ހާދިޘާގެ
ދިގުމިން 5 ފޮޅުވަތާއި 7 ފޮޅުވަތާއި ދެމެދުގެ ދިގުމިނަށް ފައްތާށެވެ.
6-
މިއަޑު އަހެމަށް ދަރިވަރުން ޝައުޤުވެރިވާނޭކަމަށް ބެލެވޭ ސަބަބުތައް، މި މާއްދާއިން ލިބޭ ފިލާވަޅުތަކުގެ
އަލީގައި.
މި ރެކޯޑިންގައި ވާ
ވާހަކައަކީ ވަރަށްކުރީ ޒަމާނެއްގައި ދިވެހިންގެ ތެރޭގައި ކިޔައި އުޅުނު ފްލޯކް
ވާހަކައަކަށް ވެފައި ވާހަކައިގައި ހިނގާދިޔަ ހާދިޘާ ގައި ކަންވެގެންދިޔަ ގޮތުން މި
އަޑު އެހުމަށް ވަރަށް ބޮޑަށް ދަރިވަރުން ޝައުގުވެރި ވާނެއެވެ. އަދި ވާހަކައިގެ
އެކި ހިސާބު ތަކުން ދެންވާނޭ ގޮތަކާއި މެދު އެކި ކުދިންގެ އަޑުން ކޮށްފައިވާ ސުވާލު ތަކުންނާއި،
ވާހަކައިގެ އެކި މަންޒަރު ތަކުގައި އަޑަށް ގެނެސްފައިވާ ބަދަލު
ތަކުން ވެސް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރު ވެގެން ދާނެއެވެ.
އަދި ކެރެކްޓަރުންގެ ޝުޢޫރު ފާޅުކޮށްފައިވާ ގޮތުން ވާހަކައަށް ދިރުން ގެނެސްދޭ
ކަމީ ވެސް މިއަޑުއެހުމަށް ދަރިވަރުން ޝައުޤުވެރިވާނޭކަމެކެވެ. ހަމައެހެންމެ ވާހަކައިގެ
ޑައިލޮގް އެކި މަންޒަރުތަކާއި ގުޅުވާ ލެވިފައިވާ ގޮތާއި، ޑައިލޮގްގެ ނިމުން ގެނެސްފައިވާ
ގޮތުން ވެސް މިއަޑު އެހުމަށް ދަރިވަރުން ޝައުޤުވެރި ވާނޭ ކަމަށް ބެލެވެއެވެ.
މިނިކާދައިތަ މި ވާހަކައަކީ ހިސާބަކަށް ބިރުވެރި ވާހަކަށް ވުމަކީ ވެސް ދަރިވަރުން މި
ވާހަކަ އަޑުއެހުމަށް ބޮޑަށް ޝައުޤުވެރުވާނޭ ސަބަބެކެވެ.
7- މި
އަޑު އެހުމުގައި ހުރި ދަރިވަރު ފޫހިވެދާނޭ ކަންކަމާއި، ދަރިވަރަށްސް
ފަހަރެއްގައިވެސް ލިބިދާނޭ ގެއްލުމެއް އޮތްނަމަ އެވާހަކައެއް.
މި ރެކޯޑިންގ އަޑު
އަހަމުން ދިޔައިރު ވާހަކަ ކިޔައިދިން ކުއްޖާ ވާހަކައިގައި ބޭނުން ކޮށްފައިވާ ބަ
ސަބަބުން އެ ބަސް ދިވެހިބަހުގައި ބޭނުންކުރާ ރަނގަޅު ގޮތް ނޭގި ދަރިވަރުންނަށް
އޮޅުން އެރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ވާހަކަ ކިޔައިދިން ކުއްޖާ މިވާހަކައިގައި 'ތެލަބަޑި' ކިޔަންވާ ތަންތަނަށް
"ތެލްބަޑި" މި ގޮތަށް ބޭނުން ކޮށްފައިވާ އިރު ޑައިލޮގްގެ ތެރެއިން
އެހެންކުއްޖަކު ވާހަކަ ދެއްކުމުގެ ތެރޭގައި
"ތެލަބަޑި" މިގޮތަށް ރަނގަޅަށް ބޭނުންކޮށްފައި ވުމުން އެ
ދެގޮތުން ރަނގަޅު ގޮތަކީ ކޮބައިކަން ފަހަރެއްގައި ދަރިވަރުންނަށް ނޭގުމަކީ
ވެދާނޭކަމެކެވެ. މިއީ މީގެ ސަބަބުން ދަރިވަރުންނަށް ކޮންމެވެސް ވަރެއްގެ
ގެއްލުމެއް ލިބިދާނެ ކަމެއްކަމުގައި ދެކެމެވެ. އަދި ހަމަ އެހެންމެ އެ
ރެކޯޑިންގައިވާ ޑައިލޮގަށް ވާހަކަ ދެއްކި އިރު އަޑު ބަދަލުކޮށް ގެން ގެންދެވުނު
ނަމަ ދަރިވަރުން ބޮޑަށް ޝައުޤުވެރި ވާނެއެވެ. މިސާލަކަށް "
މިނިކާދައިތަ" ތެލަބަޑި ގަސްދޮށަށް ގޮސް ދެއްކި ވާހަކަ ދައިތަގެ އަޑުން
ބިރުވެރި އަމުރުވެރި ގޮތަކަށް ގެނެވުނު ނަމަ އެ އަޑުއެހުމަށް ދަރިވަރުން ވަރަށް
ޝައުޤުވެރި ވީހެވެ. ނަމަވެސް މިބައިތައް ( އަޑު ބަދަލު ކޮށްގެން ގެނެވިދާނެ
ބައިތައް) އަޑު ބަދަލު ނޮކޮށް ހުރުމުގެ ސަބަބުން ފަހަރެއްގައި މި އަޑު އަހަމުން
ދާއިރު ދަރިވަރުން ފޫހި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
No comments:
Post a Comment