އިނިޝިއަލް ސްޓޭޓްމެންޓް
ދިރާސާގެ ސުރުޚީ
ޝާމިލުކޮށްގެން ކިޔަވައިދިނުން – ބެލެނިވެރިންނާއި
މުދައްރިސުންގެ ނަޒަރުން.
ދިރާސާކުރެވޭ މައްސަލައިގެ ތަޢާރަފާއި ފަސްމަންޒަރު
ދިވެހިރާއްޖޭގެ
ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 36 ވަނަ މާއްދާގެ (ހ) އިން ނާއި ޑިސްއެބިލިޓީ
އެކްޓް (2010) އިން ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބުން
ލާޒިމުކޮށްފައިވެއެވެ (ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ، 2008). އެއަށްފަހު 2010 ވަނަ އަހަރު
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ޔުނިސެފް ގުޅިގެން ޗައިލްޑް ފްރެންޑްލީ ބަރާބަރު
ސްކޫލް އިންޑިކޭޓާސްގެ ތެރެއިން ދިވެހިރާއްޖޭގައި އިންލްކޫސިވިޓީ ވަނީ
ތަޢާރަފުކުރެވިފައެވެ (މިނިސްޓްރީ އޮފް
އެޑިޔުކޭޝަން، ޔުނައިޓޭޑް ނޭޝަނަލް ޗިލްޑްރެންސް ފަންޑް، 2010). މިނިސްޓްރީ އޮފް އެޑިޔުކޭޝަން ((2013
02/2013 ނަންބަރު ސާރކިއުލާއިންވަނީ ޝާމިލުކޮށްގެން ކިޔަވައިދިނުމަކީ އުނގެނުމުގައި
އެހީތެރިކަން ބޭނުންވާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، ޚާއްސަ
ޙާލަތްތައް ދިމާވެފައިވާ ކުދިންނަށް، ތަޢުލީމީ ނިޒާމުގެ ތެރެއިން ރަސްމީ ތަޢުލީމް
ފޯރުކޮށްދިނުމަށް އަންގާފައެވެ. ވުމާއެކު މިކަމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި
ވެސް ބަހުޘްކުރެވެމުން ދާކަމެކެވެ.
އެހެންކަމުން އަޅުގަނޑުގެ މި ދިރާސާ ބިނާކޮށްފައި
މި ވަނީ "ޝާމިލުކޮށްގެން ކިޔަވައިދިނުމާއި މެދު ބެލެނިވެރިންނާއި
މުދައްރިސުން ދެކޭގޮތާއި، އެކަމަށް ހުރި ގޮންޖެހުންތައް" ދެނެގަތުމުގެ މައްޗަށެވެ. ބަވަނަވަމުންދާ
ދުނިޔޭގައި ކުރިއަރައިގެންދާ ޝާމިލުކޮށްގެން ކިޔަވައި ދިނުމުގެ ގޮތްތަކާއި،
އެކަމަށްހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަތުމަކީ މިއަދު ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއްކަމުގައި
ދެކެމެވެ.
ޕްރޮބްލަމް ސްޓޭޓްމެންޓް
ޝާމިލްކޮށްގެން ކިޔަވައި
ދިނުމަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން މެއިންސްޓްރީމް ކުލާސްތަކުގައި
ނޯމަލްކުދިންނާއެކު އުނގެނުމުގެ ފުރުސަތު
ލިއްބައިދިނުމެވެ. ދިވެހިރާއްޖޭގެ ބައެއް
ސްކޫލްތަކުގައި ޝާމިލުކޮށްގެން
ކިޔަވައިދޭން ފެށުނުކަމުގައި ވިއަސް މިކަން އެންމެ އެދެވޭގޮތަށް ކުރިއަށް
ނުގެންދެވޭ ކަމީ ކަންބޮޑުވާން ޖެހިފައިވާ މައްސަލައެކެވެ. މިކަން
ކުރިއަށްގެންދިއުމަށް ގިނަ ގޮންޖެހުންތައް ހުރިކަމަށް ޓީޗަރުންނާއި ބެލެނިވެރިން
އަދި ސްކޫލްތަކުގެ ޕްރިންސިޕަލުން ވެސް ފާހަގަކުރައްވައެވެ. ޝާމިލުކޮށްގެން ކިޔަވައިދިނުން ސުކޫލްތަކުގައި ރަސްމީކޮށް
ފެށިފައި ވީ ނަމަވެސް މި ކަމާއިމެދު ޓީޗަރުންނާއި ބެލެނިވެރިން ދެކޭގޮތް އެންމެ
ރަގަނޅު ނޫންކަން ފާހަގަކުރެވިފައިވެއެވެ (މަރިޔަމް
މުޙައްމަދު، 2019). ޝާމިލުކޮށްގެން
ކިޔަވައިދިނުމުގައި މިހާބޮޑު ގޮންޖެހުންތައް ހުރި އިރުވެސް މި ދާއިރާއަށް އަމާޒުކޮށްގެން
ދިރާސާކުރެވި އެ ދިރާސާތައް ޢާންމުކުރެވިފައި ނުވާކަމީ ވެސް ފާހަގަކޮށްލަންޖެހޭ
ކަމެކެވެ. އެހެންކަމުން މިއީ ދިރާސާކުރަން ޖެހިފައިވާ އިޖުތިމާޢީ މުހިންމު މައްސަލައެއްކަމުގައި
އަޅުގަނޑު ދެކެމެވެ.
ދިރާސާގެ ސުވާލުތައް
ޝާމިލުކޮށްގެން އުނގަންނައި
ދިނުމާއިމެދު މުދައްރިސުންނާއި ބެލެނިވެރިން ދެކެނީ ކިހިނެއްހެއްޔެވެ؟
ޝާމިލުކޮށްގެން
ކިޔަވައިދުނުމުގައި ދިމާވާ ހުރަސްތަކާއި އެކަމަށް ހުރި ގޮންޖެހުންތަކަކީ
ކޮބައިހެއްޔެވެ؟
ދިރާސާގެ
މަޤުޞަދު
ޝާމިލުކޮށްގެން
ކިޔަވައިދިނުމާއި މެދު މުދައްރިސުންނާއި ބެލެނިވެރިން ދެކޭގޮތް ދެނެގަތުން.
ޝާމިލުކޮށްގެން
ކިޔަވައިދިނުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތައް ހޯދުން
ކޯޕްސް އޮފް ދަ ރިސާރޗް
މިދިރާސާގެ
އަމާޒަކީ ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ޝާމިލުކޮށްގެން ކިޔަވައިދިނުމުގައި
މުދައްރިސުންނާއި، ބެލެނިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ
އެކަމަށް އޮތް ޙައްލަކީ ކޮބައިތޯ ދެނެގަތުމެވެ. މި ކަންކަން ދެނެގަތުމަށް ޓަކައި މި
ދިރާސާކުރިއަށް ގެންދާނީ ގުޅުންހުރި ފަރާތްތަކާއި އިންޓަވިއުކޮށްގެންނާއި، ޝާމިލުކޮށްގެން
ކިޔަވައިދޭ މެއިންސްޓްރީމް ކުލާސްތައް އޮބްޒާވްކޮށްގެން " ކޮލިޓޭޓިވް ރިސާރޗް
ޕެރަޑައިމް" ގެތެރެއިން ދިރާސާއަށް ބޭނުންވާ ޑާޓާ އެއްކޮށްގެންނެވެ. މިގޮތުން
މި ދިރާސާގައި ބަލާނީ މާލޭ އޭރިއާގެ ސްކޫލެއްގެ ކީ ސްޓޭޖް 1 ގެ އަދި ކީސްޓޭޖް 2 ގެ ކުލާސްތަކުން މި ދިރާސާއަށް ކޮންވީނިއެންޓްކޮށް
ހޮވާލެވޭ ޓީޗަރުންނާއި، ބެލެނިވެރިންނެވެ.
މި ދިރާސާގެ
މަސައްކަތް ކުރިއަށް ގެންދާނީ ދިރާސާކުރުމުގެ ހުއްދަލިބުމަށްފަހު 2019 ވަނަ
އަހަރުގެ އެމް. އެން. ޔޫ ކަލަންޑަރުގެ 12 ވަނަ ފަހުތާގެ ނިޔަލަށެވެ.
ސިގްނިފިކެންސް
އޮފް ދަ ރިސާރޗް
އިންކްލޫސިވް
އެޑިއުކޭޝަންއަކީ ދިވެހިރާއްޖޭގެ އެޑިޔުކޭޝަން ނިޒާމުގެ އެއް އަސާސެވެ.
އެހެންކަމުން މި ޕްރޮސެސް ހިގަމުން ދާ ގޮތް ބަލާ ދިރާސާ ކުރުމަކީ ނުހަނު މުހިންމު
ކަމެކެވެ. ކަންމިހެން ހުރުމާއެކު ގުޅުންހުރި ދާއިރާއިން މުދައްރިސުންނަށް
ލިބިފައިވާ ތަމްރީނާއި ތަޖްރިބާ އާއި ޝާމިލްކުރުމާއި މެދު މުދައްރިސުން ދެކޭގޮތަކީ
އޭގެ ސަބަބުން އިންކުލޫސިވް އެޑިއުކޭޝަންއަށް އަސަރު ފޯރުވާނޭ ކަމެއްގެ ގޮތުގައި
ހަލިސް ސަކިޒް (2016) ފާހަގަކުރައްވައެވެ. ވުމާއެކެ، ޝާމިލްކޮށްގެން ކިޔަވައިދިނުމާއި
ގުޅުންހުރި މިފަދަ ކަންކަން ދިރާސާކުރުމަކީ މިހާރުން މިހާރަށް ވެސް ކުރަން
ޖެހިފައިވާ ކަމެކެވެ.
ރިފަރެންސް
ނޭޝަނަލް
އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން. (13/މާރޗް/2017). ސްޕެޝަލް އެޑިޔުކޭޝަން
ޓީޗަރުންގެ އެކްސްޗޭންޖް ޕްރޮގްރާމް ފެށިއްޖެ! ނެގީ https://www.nie.edu.mv:
https://www.nie.edu.mv/index.php/dv/news-information-dv/176-2017-03-13-08-29-14
މިނިސްޓްރީ
އޮފް އެޑިޔުކޭޝަ. (20/ޖެނުއަރީ/2013). ސާރކިއުލާ. ނެގީ
nie.edu.mv:
https://www.nie.edu.mv/index.php/en/resources/inclusive-education/documents/290-inclusive-education-policy-dhivehi-2013/file
މިނިސްޓްރީ އޮފް އެޑިޔުކޭޝަން،
ޔުނައިޓޭޑް ނޭޝަނަލް ޗިލްޑްރެންސް ފަންޑް. (2010, އޭޕްރީލް 1). އިންކްލޫސިވިޓީ، ކޮލިޓީ އިންޑިކޭޓާރސް، ޗައިލްޑް ފްރެންޑްލީ ބަރާބަރު
ސްކޫލް މޯލްޑިވްސް. Retrieved ނެގީ https://www.unicef.org:
https://www.unicef.org/maldives/inclusivity.pdf
މަރިޔަމް
މުޙައްމަދު. (31/އޯގަސްޓް/2019). އިންކުލޫސިވް އެޑިއުކޭޝަން. (ޖ. ނަޖީބް, Interviewer)
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީ. (2008). ޤާނޫނުތައް. Retrieved ނެގީ http://mvlaw.gov.mv: http://mvlaw.gov.mv/pdf/ganoon/QaanoonAsaasee/2008.pdf
No comments:
Post a Comment