ތިރީގައިވާ ދޭހަ ވިސްނައިގެން ކިޔުމަށްފަހު ސުވާލުތަކަށް
ޖަވާބު ދޭށެވެ.
އެއް ތުނޑި އެއްގައި
މާކަނައަކާއި ރާބޮންޖެއް އުޅުނެވެ. ރާބޮނދި ކޮންމެ ދުވަހަކު ވެސް މަސް އެއްކުރުމަށް
މަސައްކަތް ކުރަމުން ގެންދެއެވެ. އަދި ލިބޭމަހުން ބައެއް ފޮރުވައި ހަދައެވެ.
އެއްދުވަހަކު ރާބޮނދި
މަސްތަކެއް ރައްކާކުރަން އުޅެނިކޮށް މާކަނައަށް ފެނިގެން ބުންޏެވެ. ކަލޯ
ރާބޮންޖާއެވެ. ތިޔަ ރައްކާކުރާ މަސްތަކަކީ ކުނިކޮށްފާ އުކާލަން ރައްކާކުރާ
އެއްޗެއް ހެއްޔެވެ؟ ރާބޮނދި ބުންޏެވެ. ދެންއަންނާނީ ޖޫން ޖުލައިގެ ގަދަ
ދުވަސްވަރެވެ. ވީމާ ކުރިއަށް ވިސްނައިގެން އެދުވަހު ކާނޭ އެއްޗެހި ރައްކާ
ކުރަނީއެވެ. މާކަނާ މަލާމާތުގެ ރާގަށް ހީލާފައި ބުންޏެވެ. އާނ! އާނ! މަސް ރައްކާކޮށްގެން
ކުނި މަސްކާން ހުންނާށެވެ. އަހަރެން ކާނީ ތާޒާ މަހެވެ. އަހަންނަކީ ފައިދިގު،
ތުންދިގު،ކަރުދިގު މާކަނައެވެ. މިހެންކިޔާ ވަރަށް މަލާމާތްކޮށްފައި މާކަނާ
ހިގައްޖެއެވެ.
އޭގެ ދެތިންދުވަސް
ފަހުން ވިއްސާރަވެއްޖެއެވެ. ވާރޭވެހޭވަރުން ބޭރަށް ނިކުމެވޭ ވަރެއްނުވެއެވެ.
މާކަނާކަލޯ އިރު އެރީއްސުރެން ހޭޅީގައި އިނދެ އިނދެފައި އަސުރަށް ގޮވިފަހުން
އެއްގަމަށް އައިސް ދެރަވެލާފައި ރާބޮނދި ގާތުގައި ބުންޏެވެ. ކަލޯ ރާބޮންޖާއެވެ.
މަސްކޮޅެއްދޭށެވެ. މިއަދު މިއުޅެނީ ކާލާނެ މަހެއްހާ ހިސާބުވެސް ނުލިބިގެންނެވެ.
މޫދާ ކައިރިވެވޭ ވަރެއްވެސް ނުވެއެވެ. ރާޅު ބޮޑީއެވެ. ކަލޯ ރާބޮންޖާއެވެ.
އާދޭސްކޮށްފައި ބުނަމެވެ. މަސްކޮޅެއް ދޭށެވެ.
ރާބޮނދި ހީލާފައި
ބުންޏެވެ. ކުނިމަސްކާނެ ކަމެއްނެތެވެ. ކާންވާނީ ތާޒާމަހެވެ. ކަލޮއަކީ ފައިދިގު
ތުންދިގު ކަރުދިގު މާކަނައެވެ. ވީމާ އަވަހަށް ގޮސް މަހެއް ހިފާށެވެ. ކިތަންމެ ރާޅު
ބޮޑަސް ކަލެއަށް މަސްލިބޭނެއެވެ.
މާކަނާކަލޯ
ވީދެރައިން ހަމައެކައްޗެއްވެސް ނުބުނެ މޫދުގައި ކިރިޔާ ހިކޭ ނުހިކޭ ހިސާބުގައި
އޮތް ގަލެއްގެ މަތީގައި އިށީދެއްޖެއެވެ. މިހެން އިންދާ މޫދުތެރެއިން ހިޔަންޏެއް
ވެއްޖެއެވެ. މިހިޔަންޏާ ދިމާއަށް ކަރުދަމައިލައި ބަލަހައްޓައިގެން އިންދާ
ތަންކޮޅެއް ކައިރިއަށް އަތުވެއްޖެއެވެ. ހަމަ އައުމާއިއެކު ކަރު އަދި ވަކިންބޮޑަށް
ދަމާލައިފައި ކޮށްޖަހައިފިއެވެ. ކޮށް ޖެހުމާއިއެކު މާކަނާގެ ކަރުގައި އޮޅައިލީ ބޯވައެއްގެ ފައިތަކެވެ. މާކަނާ
ފެންގަނޑުގައި ފިޔަތަޅަތަޅާ އޮއްވާ ދަމައި އަޑިއަށް ގެންގޮސްފިއެވެ. މާކަނައަކަށް
އެއްވެސް ގަދައެއް ނުހެދުނެވެ. އެވަގުތު އެތަނަށް އައި މިޔަރެއް މާކަނާ
ކާލައިފިއެވެ.
ހ- ތިރީގައިވާ
ސުވާލުތަކުގެ ޖަވާބު ލިޔެދޭށެވެ.
1-
ކޮންމެ ދުވަހަކުވެސް ރާބޮންޖަ ކަލޯ އަށް ލިބޭ މަހުން ބައެއް ފޮރުވަނީ ކީއްވެ
ހެއްޔެވެ؟
2-
ރާބޮނދި މަސައްކަތް ކުރާތަން ފެނުމުން މާކަނާބުނީ ކީކޭހެއްޔެވެ؟
3- " އާނ! އާނ! މަސް
ރައްކާކޮށްގެން ކުނިމަސްކާން ހުރޭ" މަލާމާތުގެ ފާޑަކަށް މާކަނާ ބުނި
މިބުނުމުން ދޭހަވަނީ ކޮންކަމެއްކަން ބުނެދޭށެވެ!
4-
ވިއްސާރަ ވިޔަސް މާކަނައަށް މަސް ހިފޭނެކަމަށް މާކަނާ ހީކުރަނީ
ކީއްވެގެންހެއްޔެވެ؟
5-
ވިއްސާރަވި ދުވަހު މާކަނާއަށް މޫދާކައިރި ވެވޭގޮތް ނުވީ ކީއްވެގެންހެއްވެ؟
6-
ރާބޮނދި މަސައްކަތުގައި އުޅުނު ވަގުތު މާކަނާ ކުރި މަލާމާތުގެ ބަދަލު ރާބޮނދި
ހިފިއެވެ. އެއީ ކިހިނެއްހެއްޔެވެ؟
7-
މޫދުތެރެއިން މާކަނައަށް ފެނުނީ ކޮން ހިޔަންޏެއްހެއްޔެވެ؟
8-
ވާހަކައިން ވިއްސާރަ ދުވަހެއްގެ މޫސުމް އަންގައިދޭ 2 ކަމެއް ލިޔާށެވެ!
9-
މިވާހަކައިން ލިބިދޭ ޢިބުރަތަކީ ކޮބާ؟
10-
މާކަނާ މަރުވިގޮތް 4 ޖުމްލައަށްވުރެ ދިގުނުވާގޮތަށް އަމިއްލަ އިބާރާތުން
ލިޔާށެވެ!
ށ- ތިރީގައިވާ ބަސްތައް
ވާހަކައިގައި ބޭނުން ކޮށްފައިވާ މާނަ ދޭހަވާގޮތަށް ބުރެކެޓުގައި ނަމްބަރު
ޖަހާށެވެ.
1-
ތުނޑި ( )
އެޅޭ އައްޔެއްގެ ސަބަބުން އެއްޗެއްގައި ހުންނަ އަނދިރިފަށް
2-
ހިޔަނި ( ) ސަލާމަތްކަންމަތީ
ފަހުން ބޭނުންކުރަން ފޮރުވުން
3-
ހޭޅި ( )
މޫދުގެ ތެރެއިން ފެނުގެ މައްޗަށް ކުޑަކޮށް ފެންނަވަރުވުން
4-
ރައްކާކުރުން (
) ރަށްރަށުގެ ދެވެލި އެކުވާ
ބިންފަށުގައި ހެދިފައިވާ ގަސްތައް
5-
ހިކޭނުހިކޭ (
) ރަށްރަށުގެ ގޮނޑުދޮށުން ރަށާއި
ގުޅިގެން ދެމިފައިއޮންނަ ދޮންވެލިގަނޑު
No comments:
Post a Comment