އިސްބަސް
އެސެސްމެންޓަކީ
ނުވަތަ ފެންވަރު ވަޒަން ކުރުމަކީ ސްކޫލެއްގައި ހިންގޭ އުނގެނުމާއި އުނގަންނައި ދިނުމުގެ
އެންމެ މުހިންމު އެއް ޙަރަކާތެވެ. އަދި އެއީ ކިޔަވައި ދިނުމުގެ ބައެއް ވެސް
މެއެވެ. އެސެސްކުރުމުގެ މައިގަނޑު
މަޤްޞަދަކީ ކުދިން ކުރިއެރުވުމެވެ. ކުދިންނަށް އެހީވުމެވެ. އެހީތެރިވެދެންވީ
ދާއިރާތައް ހޯދައިގަތުމެވެ (އާދަމް ޝަރީފް އުމަރު، 2014).
އަޅުގަނޑުގެ މި
އެސައިންމެންޓަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ހިންގާ " ބެޗްލާރ
އޮފް އެޑިއުކޭޝަން ޕްރައިމަރީ ( ޤުރުއާން، އިސްލާމް، ދިވެހި) " ކޯހުގައި ކިޔަވަމުންދާ
މޮޑިއުލްއެއް ކަމަށްވާ " އެސެސްމެންޓް އެންޑް އިވެލުއޭޝަން EST207 " މި މޮޑިއުލްގެ ދަށުން
ހަދަން ޙަވާލު ކުރެވުނު އެސައިންމެންޓް1: " އެޕްލައިން އެސެސްމެންޓް" ގެ
މަސައްކަތެވެ.
މި އެސައިންމެންޓް
އަމާޒު ކޮށްފައިވަނީ މީގެ ކުރިން ސްކޫލެއްގައި ގެންގޮސްފައިވާ ޕާރފޯމެންސް ބޭސްޑް
އެސެސްމެންޓް ޓާސްކެއް ހޯދައި އޭގައި ހިމަނާފައިވާ ބައިތައް އެނަލައިޒްކޮށް އެ
ޓާސްކް “SCRAP”
ކްރައިޓީރިއާއަށް ފެތިފައިވަނީ ކިހާވަރަކަށްތޯ ބަލާލެވި އެއާއިމެދު ބިނާކުރަނިވި
ފާޑުކިޔުމުގެ މައްޗަށެވެ. އަދި އެ ޓާސްކް “SCRAP” ކްރައިޓީރިއާ
އަށް ފައްތައި ޕާފޯރމެންސް ބޭސްޑް އެސެސްމެންޓަކަށް ފެތޭގޮތަށް ރީ ޑިޒައިން ކުރުމަށްފަހު
ފާހަގަ ކުރެވުނު ކަންކަމުގެ މައްޗަށް ވެސް މި އެސައިންމެންޓްގައި ބަލާލެވިފައި ވާނެއެވެ.
މީގެ އިތުރުން މިފަދަ ޓާސްކްތައް ދަރިވަރުންނަށް ދިނުމާއިމެދު އަޅުގަނޑުގެ ޚިޔާލާއި ދެކޭގޮތް ވެސް ހާމަކޮށް
ވާހަކަ ދެކެވިފައިވާނެއެވެ.
SCRAP އަކީ އޮތެންޓިކް ޕާފޯރމެންސް ބޭސްޑް ޓާސްކު
އެކުލަވާލުމަށް ބޭނުންކުރާ ސްޓްރެޓެޖީ އެކެވެ. އޭގެ އަކުރުތައް
ރަމްޒުކޮށްދެނީ މި ފަދަ ޓާސްކް ހެދުމަށް ބޭނުންކުރާ ކްރައިޓީރިއާ ގެ
އަކުރުތަކަށެވެ. އެގޮތުން މިކްރައިޓީރިއާގައި
S- Situation, C- Challenge, R-
Role, A- Audience, P- product
= މިގޮތަށް ގެނެވިފައިވެއެވެ.
މި
އެސައިންމެންޓްގައި ބޭނުންކުރި އެސެސްމެންޓް ޓާސްކްތައް އެޕެންޑިކްސްގައި
ހިމަނާފައިވާނެއެވެ.
ކީސްޓޭޖް:1 ގްރޭޑް:3
ގެ ދިވެހި ސިލަބަހުގައި ހިމެނޭ " ގޮނޑުދޮށުގެ ދިރުން" މި ޔުނިޓަކީވެސް
ދަރިވަރުންނަށް ލިއްބައި ދޭންޖެހޭ ހުނަރާއި މަޢުލޫމާތު، ޚިޔާލާއި އިހުސާސް، ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޔުނިޓެކެވެ.
މި ޔުނިޓްގެ ތެރެއިން
ގޮނޑުދޮށުގެ ދިރުންތަކާއި މެދު ވާހަކަ ދައްކާ މަޝްވަރާ ކުރުމުގެ އިތުރުން ދިވެހި
އަދަބީ ބައެއް ލިޔުންތައް ކިޔުމުގެ ތެރެއިން ގޮނޑުދޮށުގެ ދިރުންތަކުގެ ނަންތައް
ދަސްވެ ދަރިވަރުންގެ ބަސްކޮށާރު މުއްސަދިވެގެން ދާނެއެވެ. އަދި ދައްކާ ވާހަކަ ތަކުގައާއި،
ލިޔާ ލިޔުންތަކުގައި އެ ބަސްތައް ބޭނުންކުރެވި ބަހުގެ ޛަރީޢާއިން ދަރިވަރުންގެ
ވިސްނުމުގެ ޤާބިލުކަން އިތުރު ވެގެން ދާނެއެވެ. ހަމައެހެންމެ ފެންނަ މަންޒަރުތައް
ސިފަކޮށްދިނުމަށް އަމިއްލަ ޚިޔާލާއި އިހުސާސް ފާޅުކުރުމާއި ލިޔުމެއްގައި ހިމެނޭ
ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ލިޔުމުގެ އޮނިގަނޑާއި ސިފަތައް ދެނެގަނެވޭނެއެވެ.
އަދި އެގޮތްތައް ބަލައިގެން މާނަ ދޭހަކުރުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް
ލިބިގެންދާނެއެވެ. ހަމަ އެއާއެކު ތިމާގެ އަމިއްލަރަށުގެ ތިމާވެއްޓާއިމެދު
ހޭލުންތެރިކަން އިތުރުވެ ދެމެހެއްޓެނިވި ގޮތަކަށް ތިމާ ދިރިއުޅޭ ވެށީގައި ހުރި
މިފަދަ މައްސަލަތައް ދެނެގަތުމުގެ ޝައުޤުވެރިކަން ވެސް މި
ޔުނިޓްގެ ތެރެއިން ދަރިވަރުންނަށް
ލިބިގެންދާނެއެވެ. އަދި މައުޟޫއާ ގުޅޭ މައިގަނޑު ޚިޔާލުތަކަށް، ބާރުދޭ ޚިޔާލުތައް ގުޅުވައި އޭގެ ތަފްޞީލު ހިމަނައިގެން އެހެންބަޔަކަށް މަޢުލޫމާތު ދިނުމަށް ލިޔުން
ވެސް މި ޔުނިޓްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ދިވެހި
ރާއްޖޭގެ ޤައުމީ މަންހަޖްގައި ކަނޑައަޅާފައިވާ މައިގަނޑު ޤާބިލިއްޔަތުގެ ތެރެއިން
ދެމެހެއްޓެވި ތަރައްޤީއަށް އުނގެނުމާއި، ބިނާކުރަނިވި އަދި އުފެއްދުންތެރި
ގޮތެއްގައި ވިސްނުން، އެހެންމީހުންނާއި ގުޅިގެން އުޅެން އެގުމާއި، ދޭހަވުމާއި
ދޭހަކޮށްދިނުމާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ތާއްޔާރުވާނެ ގޮތުގެ ޤާބިލިއްޔަތުތައް
ވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ. ހަމައެއާއެކު އަމިއްލަ ނަފުސާއިގުޅިގެން
އަންނަ އަގުތަކާއި، ދޭދޭމީހުންނާއި އޮންނަގުޅުމާއި، ބަވަނަވަމުން އަންނަ
ދުނިޔޭގައި ތިމާގެ އަމިއްލަ ޙިއްސާއެއް ވެސް ވާކަން އަމިއްލައަށް ޤަބޫލު ކުރެވޭނެއެވެ.
އޮރިޖިނަލް ޕާރފޯމެންސް ޓާސްކްގެ ސަމަރީ:
މި އެސައިންމެންޓްގެ
އޮރިޖިނަލް ޓާސްކެއްގެ ގޮތުގައި އަޅުގަނޑަށް ލިބިފައިވަނީ 2015 ވަނަ އަހަރު ދެވަނަ ޓާމްގައި މަޑަވެލީ ސްކޫލުގެ ގްރޭޑް:3
އަށް ގެންގޮސްފައިވާ އެސެސްމެންޓް ޓާސްކެކެވެ. މިއީ ކީސްޓޭޖް1ގެ ގްރޭޑް:3ގެ
ސިލަބަހުގައި ހިމެނޭ ޔުނިޓެއްކަމަށްވާ "ގޮނޑުދޮށުގެ ދިރުން" މިޔުނިޓްގެ
ދަށުން ދަރިވަރުންނަށް ދެވިފައިވާ އެސެސްމެންޓް ޓާސްކެކެވެ. މި ޓާސްކްގައި
ދަރިވަރުން ކުރަންޖެހޭ މަސައްކަތަކީ ގޮނޑުދޮށުން ފެންނަ ގަސްގަހާގެއްސާއި ބެހޭ
މަޢުލޫމާތާއި ފޮޓޯ ހިމަނައިގެން ލީފްލެޓެއް ހެދުމެވެ. މި ލީފްލެޓްގައި
ހިމަނަންޖެހޭ ބައިތަކާއި މަސައްކަތް ކުރާނެގޮތުގެ އިރުޝާދު ވެސް މި ޓާސްކްގައި
ހިމަނާފައިވެއެވެ. އަދި މަސައްކަތް ހަވާލުކުރެވޭ ތާރީޚާއި މަސައްކަތް ނިންމަން
ޖެހޭ ތާރީޚް ވެސް ވަނީ ހިމަނާފެއެވެ.
މި މަސައްކަތް
ކުރުމުގެ ތެރެއިން ވެސް ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްވެގެން ދާނެ
ކަމުގައި ބެލެވެއެވެ. އެގޮތުން ދިރިއުޅޭ ވެށީގައި ހުރި އިސްވެ ދެންނެވުނުފަދަ މައްސަތައް
ހޯދާބަލައި އެފަދަ މައްސަލަތައް ޙައްލު ކުރުމަށް ކުރެވިދާނެ މަސައްކަތްތައް މި
ޓާސްކްގެ ތެރެއިން ދަރިވަރުންނަށް ލިބިގެންދާނެއެވެ.
އޮރިޖިނަލް ޓާސްކް
އެނަލައިޒްކުރުމަށްފަހު ފާހަގަކުރެވުނު ކަންކަން
މި ޓާސްކް އެނަލައިޒު
ކުރުމުން އަޅުގަނޑަށް ފާހަގަކުރެވުނީ މި ޓާސްކްގައި ވެސް ގިނަ ރަނގަޅު
ކަންތައްތަކެއް ހިމެނިފައިވާކަމެވެ. އަދި
ހަމައެއާއެކު އިތުރަށް ރަނގަޅު ކުރެވިދާނެ ބައިތަކެއް ވެސް ހުރިކަމެވެ. އެގޮތުން މި
ޓާސްކުން ފާހަގަކުރެވުނު ރަނގަޅު ކަންކަމުގެ ތެރޭގައި:-
މާއްދާ، ޓޮޕިކް
(ސުރުޚީ) އަދި ގްރޭޑް (ކީސްޓޭޖް) އެގޭގޮތަށް ދީފައިވާކަމާއި، ޓާސްކުގެ މައިގަނޑު
މަޤުސަދު ކަނޑައަޅާފައިވުން ހިމެނެއެވެ. އަދި ދަރިވަރުންގެ ކުރަންޖެހޭ
މަސައްކަތަކީ ކޮބައިކަން އެގެން އޮތުމާއެކު މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު
ދީފައިވާކަން މިއީ މިޓާސްކުގެ ރަނގަޅު ކަންކަމުގެ ގޮތުގައި ހިމެނޭ ކަންކަމެވެ.
މީގެ އިތުރުން މަސައްކަތް ޙަވާލުކުރި ތާރީޚާއި، މަސައްކަތް ނިންމާ ހުށަހަޅަން ޖެހޭ
ތާރީޚް ވެސް ކަނޑައަޅައިފައި ވެއެވެ. އަދި މަސައްކަތްކުރާނެ ގޮތުގެ އިރުޝާދު ދީ
މަސައްކަތް މާކު ކުރާނެގޮތުގެ މާރކިންގ ކްރައިޓީރިއާއެއް ކަނޑައަޅިފައިވުން މިއީ
މި ޓާސްކުން ފާހަގަ ކުރެވުނު ރަގަޅު ކަންތައްތަކެވެ.
މަތީގައި ބަޔާންކޮށްފައިވާ
ބައިތައް ރަނގަޅު ނަމަވެސް އަޅުގަނޑު ބެލި ބެލުމުން މި ޓާސްކް
"ސްކްރެޕް" ކްރައިޓީރިއާގެ ހުރިހާބައިތަކަށް ނުފެތޭ ކަމުގައި ދަންނަވަން
ޖެހެއެވެ. އެހެންނަމަވެސް " ގޮނޑުދޮށުން ފެންނަތަކެއްޗާއި ތަންތަނާއިބެހޭ
ކުރުތަޢާރަފަކާއި، އެސަރަހައްދުން ފެންނަ ބައެއް ގަސްގަހާގެހީގެ ފޮޓޯއާއި،
ގޮނޑުދޮށުދައި ހެދޭ ގަސްގަހާގެއްސާއިބެހޭ މަޢުލޫމާތު ހިމަނަން" މިހެން ލިޔެފައި އޮތުމުން މިއީ ދަރިވަރުން
ކުރަންޖެހޭ މަސައްކަތްތައް ކަމަށްވާތީވެ
މިއީ މިޓާސްކްގެ ޗެލެންޖް ކަމުގައި ބެލެވެއެވެ. އަދި ހަމައެހެންމެ
މަޤުސަދުގައި ލިޔެފައިވާ "ގޮނޑުދޮށުން ފެންނަ ގަސްގަހާގެއްސާއި ބެހޭ މަޢުލޫމާތާއި ފޮޓޯ އާއި ލިޔުން ހިމަނައިގެން ލީފްލެޓެއް ހެދުން" މި
އިބާރާތުން ދަރިވަރުން މި ބައިތައް ހިމަނައިގެން "ލީފްލެޓެއް" އުފައްދަން ޖެހޭކަން ދޭހަވެއެވެ. އެހެންކަމުން މިއީ މި
ޓާސްކްގެ ޕްރޮޑަކްޓް ކަމުގައި ފާހަގަ ކުރަމެވެ. އެހެނަސް މި މަސައްކަތުގެ ތެރޭގައި ދަރިވަރުންގެ ރޯލް
ސާފުކޮށް އެނގޭކަށް ނެތެވެ. އަދި މި ޓާސްކްގައި ރިއަލް ވޯލްޑް ކޮންޓެކްސްޓް އެއް (ދުނިޔަވީ
ދިރިއުޅުމުގައި ކުރިމަތިވެފައިވާ ނުވަތަ ކުރިމަތިވަމުން އަންނަ މިހާރުގެ ޢާންމު ޙާލަތެއް)
ހިމަނާފައި ނުވާތީ މި ޓާސްކްގައި ސިޓުއޭޝަނެއް ގެނެވިފައިވާ ކަމަކަށް
ނުބެލެވެއެވެ. ހަމަ އެއާއެކު މި ޓާސްކްގެ އެއްވެސް ހިސާބެއްގައި އޯޑިއަންސަކީ
ކޮބައިކަން ވެސް އެގޭކަށް ނެތެވެ. އަދި މި މަސައްކަތް ކުރާނީ ގްރޫޕްގައި ކަމެއް
ނުވަތަ ވަކިވަކިން ކަމެއްވެސް ދީފައިވާ މަޢުލޫމާތްތަކުން ދޭހަނުވެއެވެ. މީގެ
އިތުރުން މަސައްކަތް ދޭހަވާފަދަ ސިނާރިއޯ އެއްވެސް މި ޓާސްކްގައި
ހިމެނިފައިނުވެއެވެ.
އެހެންކަމުން މި
ޓާސްކްގެ ހުރިހާ ބައެއް " ސްކްރެޕް"
ކްރައިޓީރިއާއަށް ނުފެތޭ ކަމުގައި ދަންނަވަމެވެ.
ރީޑީޒައިންކުރި ޕާރފޯރމެންސް ޓާސްކްގެ މައްޗަށް
ބަލައިލުން
ތަސްވީރު 2: ރިޑިޒައިން ކުރެވިފައި ވާ ޕާރފޯމެންސް ޓާސްކް ސްކްރެޕް
ކްރައިޓީރިއާ އަށް ފެތޭ ގޮތް ދައްކުވައި ދޭ މެޕެއް.
|
މިގޮތުން ކުރީގެ ޓާސްކުގައި ދީފައިވާ ސުރުޚީއާއި
ގްރޭޑް އަދި ކީސްޓޭޖް ހަމަ އެގޮތަށް ބޭއްވީއެވެ. ނަމަވެސް އަލުން ފަރުމާކުރި
ޓާސްކުގެ މަޤުސަދަށް ބަދަލު ގެނެވިފައި ވާނެއެވެ. މަޤުސަދު އަމާޒުކޮށްފައިވާނީ މަސައްކަތް
ޙަވާލުކުރެވޭ ދަރިވަރުންގެ އުމުރާއި ފެންވަރަށް ބަލައިގެން ކަނޑައެޅިފައިވާ
ޕާފޯމެންސް ޓާސްކުގެ މަސައްކަތް ޙާސިލު ކުރެވިއްޖެތޯ ބެލޭނެ ފަދަ މިންގަޑެއްގެ
މައްޗަށެވެ. އެއަށްފަހު "ސްކްރެޕް" ކްރައިޓީރިއާއަށް ފެތޭގޮތަށް
ދިރިއުޅުމުގައި ކުރިމަތިވަމުން އަންނަ މިހާރުގެ ޢާންމު ޙާލަތެއް (ރިއަލް ވޯލްޑް
ސިޓުއޭޝަނެއް) ކަނަޑައަޅައި އޭގެމައްޗަށް ބިނާކޮށް ސިނާރިއޯއަކަށް ވާގޮތަށް ޓާސްކް
ފަރުމާކުރީއެވެ. އެގޮތުން އެ ސިނާރިއޯގައި ހިމެނޭ ގޮނޑުދޮށް ގިރަމުންދާ މައްސަލަ
ވެގެންދާނީ ދާނީ މި ޓާސްކްގެ ރިއަލް ވޯލްޑް ސިޓުއޭޝަނަށެވެ.
އެއަށްފަހު އެ ޙާލަތުން ސަލާމަތްވެ ތިބުމަށް ޓަކައި ރަށު ފެންވަރުގައި
ކުރެވިދާނެ ކަންކަން ހޯދާބަލައި މަޝްވަރާކޮށް ގޮތްތައް ނިންމައި، ނިންމި ގޮތްތައް އެހެން
ބަޔަކަށް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތް
މި ޓާސްކްގައި ހިމެނިފައި ވާނެއެވެ.
އެހެންކަމުން އެ މަސައްކަތްތައް ވެގެންދާނީ ދަރިވަރުންނަށް ޗެލެންޖް
އެކުލެވޭ މަސައްކަތަކަށެވެ. މި މަސައްކަތަށް ބޭނުންވާ މަޢުލޫމާތު ހޯދާބަލާ، އެ މަޢުލޫމާތު އެއްކުރަމުން ދާނީ ތިން ކުދިންގެ މައްޗަށް
އެކުލެވޭ އެންވާރަމެންޓަލް ރިސާރޗާރ އިންގެ ކޮމިޓީއަކުންނެވެ. އެހެންކަމުން މި ޓާސްކު
ފުރިހަމަކުރާއިރު ދަރިވަރުންގެ ރޯލަކަށް
ވެގެންދާނީ ތިމާވެއްޓަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ތަފާތު
ދިރާސާތައްކޮށް ދިރާސާތަކުގެ ނަތީޖާ ޢާންމުކުރާ ރިސާރޗާއިންނެވެ. މި ކޮމިޓީއަށް އެއްކުރެވޭ މަޢުލޫމާތުގެ މައްޗަށް
ބިނާކޮށް ރިސާރޗް ކޮމިޓީއިން އެ މީހުންގެ ރިސާރޗްގެ ނަތީޖާ ލިޔެ ޝާއިޢުކުރާނެވެ.
މި ގޮތުން އެކޮމިޓީން ކުރި ދިރާސާގެ ނަތީޖާ ހުށަހަޅާނީ ލުއިފޮތެއްގައި ސިފައިގައެވެ. މިއީ މި އަލުން ފަރުމާކުރި
ޓާސްކްގެ ޕްރޮޑަކްޓެވެ. ނުވަތަ އުފެއްދުމެވެ. އެއަށްފަހު
ސިޓްއޭޝަންގައި ކަނޑައަޅާފައިވާ ޙާލަތާއި އެ ހާލަތުން ސަލާމަތްވެ ތިބުމަށް
ކުރެވިދާނެ ކަންކަން އެހެން ބަޔަކަށް ފޯރުކޮށް ދިނުން ވެގެންދަނީ އަލުން
ފަރުމާކުރެވިފައިވާ ޓާސްކުގެ އޯޑިއަންސް ކަމުގައެވެ.
އަދި މި ޓާސްކްގައި
ދަރިވަރުން މަސައްކަތް ކުރަންޖެހޭ ގޮތުގު އިރުޝާދު، އެއްވެސް އޮޅުމެއް ނާރާގޮތަށް ދެވިފައިވާނެއެވެ. އެ ގޮތުން
މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި ގްރޫޕްގައި ހިމެނޭނެ މެންބަރުންގެ
އަދަދާއި މަސައްކަތް ނިންމާ ހުށަހަޅަންޖެހޭނެ ތާރީޚް ވެސް ކަނޑައެޅުމަށް
ސަމާލުކަން ދީފައިވާނެއެވެ. ހަމައެއާއެކު ދަރިވަރުންގެ މަސައްކަތުގެ ފެންވަރު
ވަޒަން ކުރެވޭނެ ފަދަ "އެނަލިޓިކް" ރުބްރިކެއް ވެސް މި ޓާސްކާއި
އެކީގައި ވާނެއެވެ. އަދި ތައްޔާރު ކުރެވޭ ލުއިފޮތުގައި ހިމެނިދާނެ ބައިތައް ވެސް
ކަނޑައެޅިފައިވާނެއެވެ.
އަލަށް ފަރުމާކުރެވުނު ޕާރފޯމެންސް ބޭސްޑް އެސެސްމެންޓް
ޓާސްކުން ދަރިވަރުންގެ އުނގެނުމަށް އަސަރުފޯރުވާ ގޮތްތަކާއި އެކަމާއި ގުޅިގެން
އަޅުގަނޑުގެ ޚިޔާލު
ޕާރފޯމެންސް
އެސެސްމެންޓް ޓާސްކްތަކަކީ ދަރިވަރުންނަށް ދަސްވާ ހުނަރާއި މަޢުލޫމާތު ރަމްޒުކޮށް
ދައްކުވައި ދޭ މަސައްކަތްތަކެކެވެ. އަދި މި ފަދަ ޓާސްކްތަކަކީ އެ ދަރިވަރުން
އަމިއްލައަށް ކުރާ ނުވަތަ ހުށަހަޅާ މަސައްކަތްތެކެވެ. އަދި މި އެސެސްމެންޓް
ދިރިއުޅުމުގެ އާއްމު ޙާލަތާއި ގުޅުމުން އޮތެންޓިކް ޓާސްކްއަކަށް ވެގެން ދެއެވެ.
މި ޓާސްކްގެ ކޮންމެ
ބަޔަކުން ވެސް ދަރިވަރުންގެ އުނގެނުމަށް ރަނގަޅު ހެޔޮބަދަލެއް ގެނެވޭނެއެވެ.
އެހެނީ މި ޓާސްކްގައި ހިމެނޭ ކޮންމެ މަސައްކަތަކީ ވެސް ވަރަށް ބޮޑަށް އެކުވެރިވެ
އެއް ކުއްޖަކު އަނެއް ކުއްޖަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމުން
ދަރިވަރުން ވަރަށް ބޮޑަށް މަސައްކަތުގައި ބައިވެގެން އުޅުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
އަދި ކަންކަން ހޯދާބަލާ ތަޖުރިބާ ކުރުމުގެ އިތުރުން އެ ކުއްޖެއްގެ ކިބައިގައި ހުރި
ޤާބިލުކަމެއް ދައްކާލުމުގެ މަގު ތަނަވަސްވެގެން ދާނެއެވެ. ހަމައެއާއެކު
ފާޑުކިޔުމާއި އޮޅުންފިލުވައި ދިނުމާއި މަޝްވަރާ ކުރުމާއި ޚިޔާލު ބަދަލު ކުރުމުގެ
ތެރެއިން މަސައްކަތް އިތުރަށް ފުރިހަމަ ކުރެވިގެން ދާނެއެވެ. އަދި ކުރެވޭ
މަސައްކަތާއިމެދު ތިމާ އަމިއްލައަށް ދެކޭގޮތް ހާމަކުރުމުގެ ތެރެއިން ކުރެވޭ
މަސައްކަތުގެ އަގު ވަޒަންކުރެވި ބަދަލު ގެންނަން ފެނިއްޖެ ހިނދެއްގައި އެ ބަދަލެއް
ގެނައުމުގެ އިޚްތިޔާރު ލިބިގެންދެއެވެ. ހަމައެހެންމެ
މިނިވަންކަމާއެކު އުނގެނުމުގެ ފުރުސަތު ވެސް މި ފަދަ ޓާސްކެއްގެ ތެރެއިން
ދަރިވަރުންނަށް ލިބިގެންދާނެއެވެ.
އަޅުގަނޑު ދެކޭގޮތުގައި
މި މަސައްކަތް ޙަވާލުކުރެވުނީ " ދިވެހިބަސް" މި މާއްދާގެ ސިލަބަހުގައި
ހިމެނޭ ޔުނިޓަކަށް އަމާޒުކޮށްފައި ކަމުގައިވިޔަސް މިއީ ހަމަ މަލްޓިޕްލް
ޓާސްކެކެވެ. އެހެނީ މި މަސައްކަތުގެ ތެރެއިން އިންޓަރގްރޭޓެޑް ލާރނިންއަކަށް
ފުރުސަތު ލިބިގެންދެއެވެ. އެގޮތުން ދިވެހި ސިލަބަހުގައި ހިމެނޭ މައިގަނޑު ތިން ސްޓްރޭންޑް ކަމަށްވާ
އަޑުއެހުމާއި ވާހަކަދެއްކުން، ކިޔުމާއި ބެލުން، އަދި ލިޔުންތެރިކަމަށް ފުރުސަތު
ލިބިގެންދާއިރު ކަންކަން ހޯދާބަލާ ތަޖްރިބާ ކުރުމުގެ ފުރުސަތު ގޮސް ހުއްޓެނީ
އެކްސްޕްލޯރިންގ ސައިންސަށެވެ. އަދި ތިމާ ދިރިއުޅޭ ވެށީގެ ދިރުންތަކާއި އެކަންކަން
ޙިމާޔަތްކުރެވޭނެ ގޮތްތަށް ހިމެނިގެން ދަނީ ސޯޝަލް ސްޓަޑީޒްގެ ތެރެއިން ކަމާއިމެދު
ދެ ބަސް ނުވެވޭނެއެވެ. އަދި ތިމާގެ ވަށައިގެންވާ ވެށީގެ ދިރުންތަކަށް ސަމާލުކަން
ދެވެއެވެ. ހަމައެހެންމެ އެކަކު އަނެކަށް އިޙުތިރާމްކުރުމާއި، މަޝްވަރާކުރުމުގެ
ރިވެތި އާދަ ހިމެނިގެންދަނީ އިސްލާމްދީނާއި އެއްގޮތަށް އުޅުމުގެ ތެރެއިންނެވެ.
އަދި ސޯސިއަލް ކޮގްނިޓިވިސްޓުން ޤަބޫލުކުރާގޮތުގައި
"ކުދިން ޝައުޤުވެރިކުރުވޭނީ އިޖްތިމާޢީ ކަންކަމާއި ގުޅުވައިގެންނެވެ." ކޮންސްޓްރަކްޓިވިސްޓުން
ގަބޫލުކުރާގޮތުގައި "ފަރުދީ ތަރައްޤީ އަދި ދަސްކުރުން ބައްޓަންވަނީ
އިޖުތިމާޢީ ގުޅުމާއި، ސަގާފީ އާލާތްތަކާއި ޙަރަކާތްތަކުގެ މައްޗަށެވެ" (އާމިނަތު ޝާފިޔާ އާދަމް، 2011).މީގެ އިތުރުން އުނގެނުމުގެ ކޮންސްޓަރަކްޓިވިސްޓު ތިއަރީ އަމާޒުކުރެވިފައިވަނީ
ފަރުދުން އަމިއްލައަށް ކަންކަން ދެނެގަންނަ ގޮތުގެ މައްޗަށެވެ. މި ތިއަރީގެ
ޢިލްމުވެރިން ދެކޭގޮތުގައި އުނގެނުމަކީ އެ މީހަކު އުޅޭ މާޙައުލުންނާއި، ވިސްނުމުގެ
މަރުޙަލާތަކާއި ގުޅޭގޮތުން ކުރިއަރާ ބިނާވަމުން ދާ މަޢުލޫމާތުތަކެކެވެ (މުޙައްމަދު ޝިހާބް، 2015). މި ތަޢުރީފުތަކުގެ މައްޗަށް ބަލާއިރު ވެސް
ޕާފޯމެންސް ބޭސްޑް އެސެސްމެންޓަކީ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާ
މަރުޙަލާގެ ތެރެއިން ކުރިއަށް ގެންދެވިދާނެ
ފައިދާކުރަނިވި އެސެސްމެންޓްގެ ވައްތަރެއްކަމާ މެދެ ދެ ބަސްނުވެވޭނެއެވެ. އަދި
ހަމައެހެންމެ މި ފަދަ ޓާސްކުގައި މުދައްރިސާއި ދަރިވަރުން ތަޖްރިބާ ކުރަމުންދާނީ
އެއް މަސައްކަތެކެވެ. މަޢުލޫމާތު ބިނާކުރުމުގެ މި ފަދަ ޙަރަކާތްތަކުގައި ކުރިން ލިބިފައިވާ
މަޢުލޫމާތުތަކަށް އިތުރު ބައިތަކެއްގުޅުވައި މާނަ އިތުރަށް ފުޅާކޮށް ފުރިހަމަ ކުރާނެއެވެ.
އަދި އެ މަޢުލޫމާތުތައް އަޅައި ވަޒަންކުރަމުން ގެންދާނެއެވެ. މި ވައްތަރުގެ
އެސެސްމެންޓް ޓާސްކުގެ ތެރެއިން ދަރިވަރުންގެ ހައިލެވެލް ތިންކިންގ ސްކިލް
ތަރައްޤީ ވެއެވެ (މުޙައްމަދު ޝިހާބް، 2015).
މި ފަދަ ކޮންމެ ޓާސްކެއްގެ ތެރެއިން ދަރިވަރުންގެ ކްގޮނިޓިވް ޑޮމެއިންއާއި
އެފެކްޓިވް ޑޮމެއިން އަދި ސައިކޯމޯޓޯ ޑޮމެއިން ބޭނުންކުރެވޭ ކަމީ މީގެ ހެއްކެކެވެ.
މި ތިން ހުނަރު އެކުއެކީގައި ބޭނުންކުރުމުގެ ފުރުސަތު ވެސް މި ފަދަ ޓާސްކުތަކުގެ
އެހީގައި ދަރިވަރުންނަށް ފަހިކޮށް ދެވެއެވެ.
ވުމާއެކު މި ފަދަ ޕާރފޯމެންސް ބޭސްޑް އެސެސްމެންޓަކީ އުނގެނެމުންދާއިރު
ނުވަތަ އުނގެނުމުގެ ތެރެއިން އެސެސްމެންޓް
ފޯ ލާރނިންގެ ގޮތުގައި ބޭނުންކުރެވިދާނެ ނުހަނު ބޭނުންތެރި އެސެސްމެންޓް ޓޫލް އެއް
ކަމުގައި ދެކެމެވެ