ގުރޭޑޫ 5
ސިފަކުރާލިޔުން
އަލީގެ
މަސްފެންގަނޑު
ހެނދުނުގެ ހިތްގައިމު ވަގުތެވެ.
މަސްފެންގަނޑުގައިވާ މަސްތައް ޚިޔާލެއް ފިކުރެއްނެތި ފެންގަނޑުގެ އެއްކޮޅުން
އަނެއްކޮޅަށް ދުވެލަ ދުވެލާ އުޅެއެވެ. އެކި ވަރުވަރުގެ އެކި ކުލަކުލައިގެ
މަސްތަކެވެ. މިމަންޒަރުތައް ފެނުމުން ހިތްތަކަށް އުފާވެރިކަން ގެނެސްދެއެވެ.
މަސްފެންގަޑުގެ މެދުގައި
ހެދިފައިވާ ފައްވާރާގެ ސަބަބުން ފެންގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
އެ ފައްވާރާއިން އޮހިގެންދާ ފެނުގެ
ސަބަބުން މަސްފެންގަނޑުގައި ރާޅުބަނީގެ އަސަރު އުފެދިގެން ދެއެވެ. ފެންގަނޑުގައި
ކޮޅުކޮޅަށް ޙަރަކާތްތެރިވާ މަސްތައް ފައްވާރާގެ ވަށައިގެން ބުރުޖަހަމުން ދާއިރު،
އޭގެ ސަބަބުން އެހާމެ ހިތްގައިމު މިއުޒިކެއްގެ އަޑު އަބަދުމެ އިވިއިވި ހުރެއެވެ.
އަލީގެ މަސްފެންގަޑަށް
އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެ ފެންގަޑަށް އަލިކުރުމަށް ޓަކައި އެތާގެ ވަށއިގެން ހަރުކުރެވިފައިވާ ނިވިދިއްލޭ
ބޮކިތަކުގެ ސަބަބުންނެވެ. އެބޮކިތައް އެކިފަހަރު އެކިކުލަކުލައިގައި ދިއްލޭއިރު އެ
މަންޒަރުން ބަލާމީހުންގެ ހިތްތައް އުފަލުން ފުރިގެންދެއެވެ. އެހެންކަމުން އަލީގެ
މަސްފެންގަނޑަށް ޒިޔާކުރާ އެއްވެސް ކުއްޖަކު އެތަނުން އެނބުރި ދާކަށް ބޭނުމެއް
ނުވެއެވެ.
No comments:
Post a Comment