Sunday, October 1, 2023




އެންމެ ރަނގަޅު ޖަވާބުގައި ( ü ) ޖަހާށެވެ.

1- އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ ކޮލީ ނަންފުޅަކީ :

      (  )  ހ. ސިރީކުލަ ރަންމީބަ ކަތްތިރިބަވަނަ މަހާރަދުން

      (  )  ށ. ސިރީ ސަވާދީއްތަ މަހާރަދުން

      (  )  ނ. ސިރީއައުދަ ސިޔާދަ ކަތްތިރި މަހާރަދުން

2- ރަސްކަމަށް އިސްވެ ވަޑައިގެންނެވުމުގެކުރިން އުތީމު ރަދުންގެ ނަންފުޅަކީ:

      (  )  ހ. އުތީމު މުހައްމަދު ބޮޑުތަކުރުފާނު

      (  )  ށ. މުހައްމަދު ބޮޑުތަކުރުފާނު

      (  )  ނ. އުތީމު މަހާރަދުން

3- މުހައްމަދުތަކުރުފާނު ކިޔަވައި ވިދާޅުވީ:

      (  )  ހ. އުތީމުންނެވެ.

      (  )  ށ. މާލެއިންނެވެ.

      (  )  ނ. އިންޑިއާގެ ބޭދާޅިންނެވެ.

4- ޕޯޗްގީޒުން އަލިރަސްގެފާނު ޝަހީދުކޮށް ދިވެހިރާއްޖެ ހިފާފައިވަނީ:

      (  )  ހ. 1 ޝަޢުބާން 965ހ. ގައި

      (  )  ށ. 2 ޝައުބާން 956ހ ގައި

      (  )  ނ. 11 ޝަޢުބާން 596ހ.ގައި

5- މުހައްމަދުތަކުރުފާނުގެ ދަރިކަލުންގެ ނަންފުޅަކީ:-

      (  )  ހ. ކަލާފާނުއެވެ.

      (  )  ށ. އިބުރާހިމް ކަލާފާނުއެވެ.

      (  )  ނ. އިބުރާހިން އިސްކަންދަރުއެވެ.

6- ޕޯޗްގީޒުންގެ ވެރިއަކަށް ހުރީ:

      (  )  ހ. ވިޔަޒޯރު ނަމަކަށްކިޔާމީހެކެވެ.

      (  )  ށ. ރާޖާ ނަމަކަށް ކިޔާމީހެކެވެ.

      (  )  ނ. އަނދިރިއަނދިރިން ނަމަކަށްކިޔާމީހެކެވެ.

7- ދިވެހިރާއްޖެ ސަލާމްތަކުރުމަށް އުތީމު ތިންބޭން ދަތުރުކުރީ:

      (  )  ހ. ކަޅުއޮށްފުންމި ނަމަކަށް ކިޔާ އުޅަނދެއްގައެވެ

      (  )  ށ. ރަސްފަންނު ނަމަކަށް ކިޔާ އުޅަނދެއްގައެވެ.

      (  )  ނ. ކޮއިމަލާ ނަމަކަށް ކިޔާ އުޅަނދެއްގައެވެ.

8- އަލިތަކުރުފާނުގެ އިސްތަށިފުޅު ވަޅުފުޅުލެވިފައިވަނީ:-

      (  )  ހ. މާލޭކައިރީގައި އޮންނަ ފޮނަދޫގައެވެ.

      (  )  ށ. ހއ. ތަކަންދޫގައެވެ.

      (  )  ނ. ހއ. އުތީމުގައެވެ.

9- ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ:

      (  )  ހ. ރަބީއުލް އާޚިރާ މަހުގެ 2 ވަނަ ދުވަސް

      (  )  ށ. ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަސް

      (  )  ނ. ޝަޢުބާން މަހުގެ 1 ވަނަ ދުވަސް

10- ބޮޑުތަކުރުފާނު ފަސްދާނު ލެވިފައިވަނީ:-

      (  )  ހ. ގަލޮޅު ބިހުރޯޒު މިސްކިތުގެ ހަރިންމަ ތެރޭގައެވެ.

      (  )  ށ. މާލޭ މެދު ޒިޔާރަތުގައެވެ.

      (  )  ނ. މާލޭ ހުކުރު މިސްކިތުގެ ހަރިންމަތެރޭގައެވެ.

 

  

 

ގުރޭޑޫ 5

ސިފަކުރާލިޔުން

އަލީގެ މަސްފެންގަނޑު

 ހެނދުނުގެ ހިތްގައިމު ވަގުތެވެ. މަސްފެންގަނޑުގައިވާ މަސްތައް ޚިޔާލެއް ފިކުރެއްނެތި ފެންގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ދުވެލަ ދުވެލާ އުޅެއެވެ. އެކި ވަރުވަރުގެ އެކި ކުލަކުލައިގެ މަސްތަކެވެ. މިމަންޒަރުތައް ފެނުމުން ހިތްތަކަށް އުފާވެރިކަން ގެނެސްދެއެވެ.

މަސްފެންގަޑުގެ މެދުގައި ހެދިފައިވާ ފައްވާރާގެ ސަބަބުން ފެންގަނޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެ ފައްވާރާއިން  އޮހިގެންދާ ފެނުގެ ސަބަބުން މަސްފެންގަނޑުގައި ރާޅުބަނީގެ އަސަރު އުފެދިގެން ދެއެވެ. ފެންގަނޑުގައި ކޮޅުކޮޅަށް ޙަރަކާތްތެރިވާ މަސްތައް ފައްވާރާގެ ވަށައިގެން ބުރުޖަހަމުން ދާއިރު، އޭގެ ސަބަބުން އެހާމެ ހިތްގައިމު މިއުޒިކެއްގެ އަޑު އަބަދުމެ އިވިއިވި ހުރެއެވެ.

އަލީގެ މަސްފެންގަޑަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެ ފެންގަޑަށް އަލިކުރުމަށް ޓަކައި އެތާގެ  ވަށއިގެން ހަރުކުރެވިފައިވާ ނިވިދިއްލޭ ބޮކިތަކުގެ ސަބަބުންނެވެ. އެބޮކިތައް އެކިފަހަރު އެކިކުލަކުލައިގައި ދިއްލޭއިރު އެ މަންޒަރުން ބަލާމީހުންގެ ހިތްތައް އުފަލުން ފުރިގެންދެއެވެ. އެހެންކަމުން އަލީގެ މަސްފެންގަނޑަށް ޒިޔާކުރާ އެއްވެސް ކުއްޖަކު އެތަނުން އެނބުރި ދާކަށް ބޭނުމެއް ނުވެއެވެ.

 

- ކިޔުމުގެ ދޭހަ

ދޭހަކުޔުމަށްފަހު ތިރީގައިވާ ސުވާލުތަކަށް ޖަވާބުދޭށެވެ.

އެއް ގަހެއް، އެތައް ބޭނުމެއް!

(ލިޔުނީ: ފާޠިމަތު އަޙުލާމް)

1- ރުކަކީ ދިވެހިރާއްޖޭގެ ގައުމީ ގަހެވެ. ތެތް ހޫނު ގައުމުތަކުގައި ހެދޭ މިގަހަކީ އޭގެ މުލުން ފެށިގެން ގަހުގެ ފަތަށް ދަންދެން ބޭނުން ކޮށްގެން ބޭނުންތެރި އެތައް ކަމެއް ކުރެވޭ ފައިދާހުރި ގަހެކެވެ. އިހު ދިވެހިންގެ ދިރިއުޅުމުގައި މިއީ ފާހަގަކުރެވޭ ވަރުގެ ރޯލެއް ކުޅެފައިވާ ގަހެކެވެ. ކެއިނުބްއިމާއި ގެދޮރު އެޅުމުގައި ރުކުގެ ބޭނުން އާއްމުކޮށް ކޮށްފައިވާކަން ތާރީޚުން ފެންނަން އެބަ އޮތެވެ. މިހާރު މިގަހުން ކުރެވޭ އެހެން ބޭނުންތަކަށް ކުރު ގޮތަކަށް ބަލާލަމާތޯ އެވެ.

2- ރުކުގެ މުލަކީ ބޭސްވެރިކަމުގައި އާއްމުކޮށް ބޭނުން ކުރެވޭ އެއްޗެކެވެ. ޚާއްސަކޮށް ދިވެހި ބޭހުގައި ރުކުގެ މޫ ބޭނުންކޮށްގެން އެތައް ބައްޔަކަށް ފަރުވާ ކުރެ އެވެ. މީގެ އިތުރުން ވެސް ރުކުގެ މުލަކީ ގޭތެރޭގައި ބޭނުންކޮށް އުޅޭ ހިފާ ގެންގުޅޭ ސާމާނު ތައްޔާރުކުރުމަށް މުޙިއްމު އެއްޗެކެވެ. އަދި ހަމައެއާއެކު މޫތައް ފެލައިގެން ހަދާ ތެލަކީ މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި މަޤުބޫލް އެއްޗެކެވެ.

3- ރުކުގެ ފަތް ނުވަތަ ފަނަކީ އިހު ދިވެހިން ގެދޮރު އިމާރާތްކުރުމުގައި ބޭނުންކޮށް އުޅުން އެއްޗެކެވެ. ފަންތައް އެއްކޮށް އެއިން މުޅޯށިވިޔުމާއި ، ތޮށަލިވިޔުމާއި ފަންގިވިނުން ފަދަ އުފެއްދުންތަކަކީ އިހުގެ އަންހެނުން އާމްދަނީ ހޯދުމަށް ޓަކައި ކޮށް އުޅުނު މަސައްކަތްތަކެވެ. މިހާރު ފަން އެންމެ ގިނައިން ބޭނުން ކުރެވެނީ ހާއްސަ ހަފްލާތަކަށް ތަންތަން ޒީނަތްތެރިކުރުމަށެވެ.

4- ރުއް ލަކުޑިއަކީ ކަނޑައި ބުރިކޮށްގެން އިމާރާތް ކުރުމުގައާއި ކަނޑު އުޅަނދުފަހަރު ބަނުމުގައި ނުހަނު ބޭނުންތެރި އެއްޗެކެވެ.

5- ރުކުގައި އަޅާ މޭވާއަކީ އޭގެ އެކި އުމުރުގައި އެކި ބޭނުން ކުރެވޭ އެއްޗެކެވެ. އެންމެ ޅަ ގޮބޮޅިއާއި މިރިއަކީ ދިވެހިންގެ މެދުގައި  މަޤުބޫލް އެއްޗަކަށް ވީއިރު ކުރުނބަލަކީ އޭގެ ފެނާއި ހެވާ ބޭނުންކޮށް ރަހަމީރު ބުއިންތައް ތައްޔާރު ކުރެވޭ ސިއްޙަތަށް ފައިދާހުރި އެއްޗެކެވެ. މީގެއިތުރުން ގަބުޅިއާއި ކާށްޓާއި މުޑިކާއްޓަކީ ގާނައިގެންނާއި ކިރު ފެލައިގެން އެކި ވައްތަރުގެ ކާނާ ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ މުހިންމު ބާވަތެކެވެ. ހަމައެހެންމެ ކާށިކިރުން ދިވެހިން އުފައްދާ ކާށިތެލަކީ އެއިން ދިވެހިންގެ ދިރިއުޅުމުގެ އެތައް ބޭނުންތަކެއް ފޫބައްދައިދޭ އަގުބޮޑު އުފެއްދުމެކެވެ.

 

ހ. ތިރީގައިވާބަސްތަކާއިގުޅޭމާނަ ހޯދުމަށްފަހު މާނަޔާ އި ގުޅޭ ގޮޅީގައިނަމްބަރު ޖަހާށެވެ!  ( 5 މާކުސް)


1- ހޫނު                     އެއްޗެހި އެޅުމަށް ފަނުން ވިޔެފައި ހުންނަ އެއްޗެއް            


2- މޫ                      ގަސްގަހާގެއްސާއި ވެޔުވެލާވެލީގެ ބުޑުން ފަޅައިގެން ބިމުގެތެރެއަށް

                           ދެމިފައިހުންނަބައި   

3- މުޅޯށި                    ރުއްގަހުގެ ބައިތަކުން ވަޑާމަށް ކަމުދާބައި


4- ޒީނަތް                    ތަނެއް ނުވަތަ އެއްޗެއް ރީތިކޮށް ފުރިހަމަކުރުން


5- ލަކުޑި                    އަވީގައިހުރުމުން ހަށިގަނޑަށް ކުރާ އަސަރު

 

ށ. ޖުމުލަތައް ލިޔުމަށްފަހު އެންމެ ރަނގަޅު ޖުމުލައިގައި (ü) މިފާހަގަ ރަނގަޅުނޫން ޖުމުލައިގައި (û) މިފާހަގަ ޖަހާށެވެ.   ( 5 މާކުސް)


1-         ދިވެހިރާއްޖޭގެ ޤައުމީ ގަހަކީ ދިވެހިރުކެވެ.


2-         ކުރީޒަމާނުގައި ރުކުގެ ބޭނުންކޮށްފައިވާ ކަމަށް ތާރީޚުން އެނގޭކަށްނެތެވެ.


3-         ރުކުގެމުލަކީ ވަރަށް ގިނަ ބޭނުންތަކުގައި ބޭނުންކުރެވޭ އެއްޗެކެވެ.


4-         ފަންބޭނުންކުރެވެނީ ހަމައެކަނި ޚާއްސަ ހަފްލާތަކާއި ތަންތަން ޒީނަތްތެރިކުރުމަށެވެ.

5-         ރުކުގައި އަޅާ މޭވާއަކީ އޭގެ އެކި އުމުރުގައި އެކިގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ.

 

3- ސުވާލުތަކުގެ ޖަވާބުދޭށެވެ!

1- އެންމެ ރަނގަޅަށް ރުއް ހެއްދެނީ ކޮންކަހަލަ ޤައުމުތަކުގައި ހެއްޔެވެ؟    ( 2 މާކުސް)



2- ރުކުގެ މުލުން އުފައްދާ ތަކެތީގެ ތެރެއިން އެންމެ މަޤުބޫލު އުފެއްދުމަކީ ކޮބައިހެއްޔެވެ؟ ( 2 މާކުސް)


 

3- ކުރީޒަމާނުގައި އަންހެނުން އާމްދަނީ ހޯދުމަށް ކޮށްއުޅުނު 2 މަސައްކަތެއް ދޭހައިގެ އަލީގައި ބުނެދޭށެވެ. ( 2މާކުސް)



4- ރުކުގައިއަޅާ "މޭވާ" ކަމަށް ލިޔުންތެރިޔާ ފާހަގަކުރައްވާ މޭވާ ތަކަކީ ކޮބައިކަން ބަޔާންކުރާށެވެ! ( މާކުސް)


5- ރުކުގެބާވަތްތަކުގެ ތެރެއިން އިންސާނުންގެ ސިއްޙަތަށް ފައިދާހުރި އެއްޗެއްކަމަށް ލިޔުންތެރިޔާ ފާހަގަކޮށްފައިވާ އެންމެ ޚާއްސައެއްޗަކީ ކޮބައިހެއްޔެވެ؟ ( 2 މާކުސް)


2 ވަނަ ސުވާލު: ބަހުގެ ގަވާޢިދާއިހަމަ

ތިރީގައިވާ ޕެރެގްރާފު ކިޔުމަށް ފަހު  ބްރެކެޓް ގައިވާ ރަނގަޅު ލަފުޒު ބޭނުން ކޮށްގެން ހުސްތަން ފުރާށެވެ.

ޚާލިދު ގެއަށް އައީ އޭނަގެ ހަގު ދަރިފުޅު ފިހާރައިގެ ސޭޓަކަށް ______________ (ބައިންދާ، ބަހައްޓާފައި) ފައެވެ. އޭރު އާއިލާގެ ގިނަމީހުން ދިއުމަށް ހަމަޖެހިފައި ______________  (އޮތް، އިނީ) ފިލްމަށް ދާން ތައްޔާރުވަނީއެވެ. ހާލިދު ގެއަށްވަންއިރު ހުދާ ______________  (އިނީ، އޮތް)  ފެންޑާގައި

______________ (ބަހައްޓާފައި، ބޭއްވުން)  ހުރި ކުޑަ ގޮނޑިއެއްގައި ވަރަށް ދެރަވެފައި ______________ (އިނެވެ. ، އޮތެވެ.)