ސަރއަކީ
ބިނާކުރަނިވި ފާޑު ކިޔުމަށް ތާއިދުކުރައްވައި
އެކަމަށް ހިތްވަރުދެއްވާ، އަދި ފަނާކުރަނިވި އާޑައަށް ނަފުރަތު ކުރައްވާ ކުޅަދާނަ
އަހުރަވެތި މޭސްތިރިއެކެވެ.
މިންތީގެ ތަފާތުކުރުމެއް ގެންގުޅުއްވުމެއްނެތި މި
އޮޑިއާއިގެން ކުރިއަށް ގެންދަވާ ހިތްވަރުގަދަ އާރުކާޓީއެކެވެ. ދިމާވާ
ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލައްވާ ފަހުލަވާނެކެވެ. މި ދަތުރުގެ މަންޒިލް މަޤުޞޫދަށް ވާސިލުވުމަށް ޓަކައި
ސާރއާއެކު ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ
އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ. ހިތްހަމަޖެހުމެކެވެ.
މެދުކެނޑުމެއްނެތި އަބަދުމެ އަޅުގަނޑުމެންނަށް ދެއްވަމުން ތިޔަގެންދަވާ ހިތްވަރާއި
ވިދާޅުވާ އަގު ނުކުރެވޭފަދަ ހެޔޮބަސްތަކަށް ފަށްފަށުން ޝުކުރު ދަންނަވަމުން
މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން!
ތިޔައީ ހިތްހެޔޮ
ނިޔަނެތި ވަފާތެރި އެނދުރުންގެ އެނދުރެއް!
ހަމަހަމަ އުޞޫލެއް
ގެންގުޅުއްވާ ހަންހާރަވެތި މިތުރެއް!
ހިނިތުންވުމާއެކު
މުޚާޠަބުކުރައްވާ ހިންގުންތެރި ވެރިއެއް! ބިނާކުރަނިވި ފާޑުކިޔުއްވައި އިސްލާހަށް މަގުދައްކަވާ
ކުޅަދާނަ މޭސްތިރިއެއް!
އަޒުރާ މިސްއާއެކު މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ ސިނކުޑިއަށްލިބޭ
ފަރުވާއެއް!
އަޅުގަނޑުމެންނާމެދު ތިޔަބަހައްޓަވާ ގާތްކަމާއި
ހިތްހެޔޮކަމަށް ޓަކައި ހިތުގެ ލޯތްބާއި އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމުން މުދައްރިސުންގެ
ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން!
ކަތުރުގެ ތޫނުކަން
އެނގޭނީ އެއިން އެއްޗެއް ކެފީމައެވެ. ކަދުރުގެ މީރުކަން އެނގޭނީ އެއިން އެއްޗެއް
ކެއީމައެވެ."
މަރީ މެޑަމްގެ މާލިމީކަމުގެ
ދަށުން ޣާޒީސުކޫލުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް
ލިބޭ ޝަރަފެކެވެ. ފަޚުރެކެވެ. މިއަދު މެޑަމްގެ ހިތްވަރާއި މިންނެތް މަސައްކަތުން
އެކަން ސާބޮތުކޮށްދެއްވަފިއެވެ. އެކަމަށްޓަކައި
ޙައްޤުވާ ޝުކުރު ތަކުރާރުކޮށްލަމުން މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި
ތަހުނިޔާ އަރިސްކުރަން!
މިސްއަކީ ބިނާކުރަނިވި
ފާޑުކިޔުއްވާ ދަރިވަރުންދެކެ ވަރަށް ލޯބިވާ މުދައްރިސެކެވެ. މިއަދު އަޅުގަނޑުމެން
އެންމެންގެ ހިތުގައި މިވަނީ ނާދިޔާ މިސްއަށް
ޓަކައި ޚާއްޞަ ޤަދަރަކާއި ލޯތްބެއް އުފެދިފައެވެ. ތިޔައީ އަޅުގަނޑުމެންގެ
ޑިޕާޓުމެންޓް ބަދަހިކޮށް ދިރުން ގެނައުމަށް ޓަކައި މަސައްކަތްކޮށްދެއްވާ އިޚުލާޞްތެރި
މިތުރެކެވެ.
އަޅުގަނޑުމެންގެ އެދުމަކީ އަދި
ދުޢާއަކީ އަބަދު ވެސް މިސްއާއެކު މަސައްކުރުމުގެ ފުރުޞަތު ތަނަވަސް ވެގެންދިއުމެވެ.
މިއަހަރުގެ މުދައްރިސުންގެ
ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ކިޔަނީ ކެތްތެރިކަމާއެކު އުންމީދުންފުރިގެންވާ ހިތްތަކަކުންނެވެ.