ފަސްއޮށް
ފަސް އޮށް ކުޅުމަކީ އެވޭލާ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުޅެމުން އަންނަ ވަރަށް މަޤުބޫލުކުޅިވަރެކެވެ.
މިއީ ކުޑަކުދިންނާއި ބޮޑެތިމީހުން ވެސް ކުޅެމުން އައި ކުޅިވަރެކެވެ. ފަސްއޮށަކީ "5" އޮށް ބޭނުން ކޮށްގެން ކުޅޭ ކުޅިވަރެކެވެ. މިއީ ބިންމަތީގައި ނުވަތަ ދޮން ވެލިގަނޑުމަތީ ދެފައި ވަށްކޮށްލައިގެން އިށީނދެގެން ތިބެ ކުޅޭ ކުޅިވަރެކެވެ.
ދިވެހިން ފަސްއޮށް ކުޅެނީ ފަސްއޮށް ނުވަތަ ދިހަ އޮށް ބޭނުންކޮށްގެންނެވެ. ނުވަތަ އެއަށްވުރެން ގިނައިންވެސް ބޭނުން ކުރެވިދާނެއެވެ. އެއްމެ ފަސޭހަ ލެވެލް ގައި ކުޅުމަށް ބޭނުންކުރާނީ 5 އޮށެވެ. މި ކުޅިވަރު ބައިބަހައިގެން ބަޔަކަށް އެކަކު ލައިގެން (ސިންގަލްސް) ގޮތަށާއި އަދި ގިނަމީހުން ލައިގެން (ޑަބަލްސް) ކޮށް ވެސް ކުޅެވިދާނެ އެވެ.
ކުޅޭނެގޮތް
ފަސްއޮށް އެކިމަރުޙަލާގައި ކުޅޭނީ އެކިގޮތަށެވެ.
ފުރަތަމަ މަރުޙަލާ: ކުޅެން ފަށަން، އެންމެ ފުރަތަމަ އަތަށް ފަސްއޮށުގެ (އޮށްބައިގެ) 5 އޮށް ލާފައި ބިންމައްޗަށް އެއްލާށެވެ. އޮށްތަށް އެއްލާނީ ތަންކޮޅެއް ދުރުދުރަށް ފެތުރިގެންދާގޮތަށެވެ. އެއަށްފަހު އެއްއޮށް މައްޗަށް އެއްލައި އެ އޮށާއެކު ބިންމައްޗަށް އެއްލިއޮށުން އޮށެއްނަގާށެވެ. މިގޮތަށް ބިންމައްޗަށް އެއްލާފައި ހުރި ހުރިހާއޮށްތައް ނެގެންދެން ކުރިއަށް ގެންދާށެވެ.
ދެވަނަ މަރުޙަލާ:
ފުރަތަމަ މަރުޙަލާނިންމުމަށްފަހު ދެވަނަ މަރުޙަލާ ފަށާށެވެ. މިގޮތުން އަނެއްކާވެސް ފަސްއޮށް އެއްކޮށް މައްޗަށް އެއްލައި އަތުގެ މަތީފުށަށް އެއް އޮށް ލައިގެން، ބާކީ ހަތަރު އޮށް، ހަމަ އެ އަތުން ނަގާ، އަތުގެ ނުފުށުގައި އޮތް މައްޗަށް އެއްލާ އެ އޮށާއެކު އަނެއްހަތަރުއޮށް އެއްކޮށް ހިފާށެވެ.
ތިންވަނަ މަރުޙަލާ:
ދެވަނަ މަރުޙަލާ ނިމުމަށްފަހު ކުޅޭ ސަރަހައްދުގައި ކުޑަވަޅުކޮޅެއް ކޮނެލާށެވެ. އެއަށްފަހު އަނެއްކާ ވެސް ފަސްއޮށް އެއްކޮށް ކުޅޭތަނަށް ފެތުރިގެންދާ ގޮތަށް އެއްލާލާށެވެ. ދެން ވަޅުގެ މަތީގައި އަތުގެ ކާވަތް އަޅާ،( ވަޅުނިވާވާގޮތަށް) އެއްއޮށް މައްޗަށް އެއްލަމުން ބިންމަތީގައިހުރި އޮށްތައް ފަހަރަކު އޮށެއްކަމަށް އަތުން ގެނެސް ވަޅުކޮޅަށް ވައްޓާލާށެވެ.
މި ކުޅިވަރު އެކި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު ގޮތްގޮތަށް ކުޅެއެވެ. މިއީ އަތުގެ މަސްތައް ( ގްރޮސްމޯޓޯ) ވަރުގަކޮށްދޭ ހަރަކާތެއްހެ ގޮތުގައި ގެންދެވިދާނެ ކުޅިވަރެކެވެ.
Thursday, May 8, 2025
Subscribe to:
Posts (Atom)