ހިންޏަކީ މިސާލެކޭ
ހިންޏަކީ މިސާލެކޭ ހިންޏަކީ މިސާލެކޭ
ގިންޏަށާއި ފިންޏަށާއި ހިންޏަކީ މިސާލެކޭ
ދުއްތުރާތަކުން ރެކެން ކެތްކުރާ މިސާލެކޭ
އެއްމަގުން އެކީހިނގާ ނެތް އެފަދަ މިސާލެކޭ
ފަސްނުޖެހި ދުރަށް ބަލާ ވިސްނުމަށް މިސާލެކޭ
ހުސްނުވާނެހެން ތަކެތި އެއްކުރާ މިސާލެކޭ
ވާރެޔާ ފެނަށް ބަލާ އާރުލާ މިސާލެކޭ
ފާރަވާ ދެމޫސުމަށް ބާރުހުރި މިސާލެކޭ
އަޒުމް
ޢަޒުމް
ވަރުގަދަކުރުމަކީ ކޮންމެ ދަރިވަރެއްގެ ވެސް
ކާމިޔާބީގެ ފެށުން. އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމްދީނުގާ ވެސް އަޒުމް ވަރުގަދަކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވޭ.
އަޅުގަނޑުމެންގެ
ކޮންމެ ކާމިޔާބީއެއް ގުޅިފައިވާނީ އަޅުގަނޑުމެންގެ ނުގުޑާފަދަ ޢަޒުމާ ހިތްވަރާ!
މިސާލަކަށް ކިޔެވުމުގައި އެންމެ މޮޅުކުއްޖަކަށް ވުމަށް ވެސް އެކަމަށް ޢަޒުމް
ކަނޑައަޅަންވާނެ.
ތިޔަކުދިންނަށް
އެނގޭތަ! ޢަޒުމް ވަރުގަދަކުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަމަކީ
ކޮބައިކަން. އެންމެފުރަތަމަ ފަސް ނަމާދުކުރުން. ގުރުއާންކިޔެވުން.
މައިންބަފައިންނާއި މުދައްރިސުން ގެ ބަސްއެހުން. މިކަންކަން ކުރެވިއްޖެ ނަމަ
އަޅުގަނޑުމެން ވާނީ އަޒުމް ވަރުގަދަ ހިތްވަރުގަދަ ކާމިޔާބު ދަރިވަރުންނަށް.