ފެން ތިކި ވާހަކައިގައި އުޅޭ ޝަޚްސިއްޔަތުތައް:
ü
ނެރޭޓަރ
ü
ފެންތިކި: 1،2،3،4،5
ü
އިރު،
ނެރޭޓަރ: އެއްދުވަސް
ވަރެއްގައި ފެންގަނޑެއްގެ ކައިރީގައި ވަރަށް އެކުވެރި ފެންތިކި ތަކެއް ދިރިއުއުޅެމުން
ދިޔަ. މިއީ ވަރަށް
ގާތްކޮށް އުޅޭ ރަޙުމަތް ތެރިން ތަކެއް. މިހެން އުޅެމުން ދަނިކޮށް މި
އެކުވެރިންތައް ދިމާނުވާތާ
ގިނަދުވަސްތައްވެ އެކަކު އަނެކަކަށް ބައްދަލުވެލާ އެއްތަންވެލާ ހިތްވެއްޖެ.
މިހެންވެ އެންމެން ބައްދަލުވެގެން ދައްކާ ވާހަކަ އަޑުއަހާލަމާ ހިނގާ ދޯ.
މަންޒަރު:1
ފެންތިކި1: ހިނގާ ބަލަ
ފެންގަޑުގެ ވަށައިގެން ބުރެއް އަޅާލަން ދާން!
ފެންތިކި2: އާނދޯ! ތިއީ ވަރަށް
ރަނގަޅުކަމެއް. ހިނގާ އަވަހަށް ދާން އުޅެމާ! މިއީތާ އަހަރެމެނެގެ ދިރިއުޅުމަކީ.
( ފެންތިކި 1 އަދި ފެންތިކި 2 ސްޓޭޖްމަތީގައި ވަށްބުރަކަށް ހިނގާލުން)
މަންޒަރު2 ( ފެންތިކި 3 ވަރަށް އުފަލުން ފުންމަމުން ސްޓޭޖަށް އެރުން)
ބޭނުންވާނެ ތަކެތި: ކަފާފައިވާ ބޮޑު ވިލާގަނޑެއް، އިރު
ބޮޑުކޮށް ކަފާފައި)
ފެންތިކި3: ވިލާގަނޑު ދައްކަމުން އޭއި އޯއި ބަލާލަބަލަ މިތާގައި މި
ވިލާގަނޑުގެ ފަހަތުގައި ފިލަފިލައިގެން
މިހިރަ އުޅެނީ ކާކު؟
ފެންތިކި
4 އަދި 5: (އެއް ފަހަރާ) ވާވް! އެހެރަ އުޅެނީ އަހަރެމެންގެ ރައްޓެހި
އިރު، ސްޓޭޖްގެ އެއްކަނެއްގައި ހުރި އިރަށް އިޝާރާތްކުރަމުން) ބަލާބަލަ އެނބުރި
އެނބުރިފައި އުޅޭލެއް، ވަރަށް ލޯބި ދޯ.
( ސްޓޭޖްގެ އެއްކޮޅުގައި އިރު ހިފައްޓައިގެން އިރުގެ ބައިކުޅޭކުއްޖާ
އެބުރިއެބުރި ހުރުން)
( ހުރިހާ ފެންތިކިތައް ސްޓޭޖްމަތީ ދުރުދުރުގައި ސަފަކަށް އެތުރިލުން)
އިރު: ( މަޑުމަޑުން ސްޓޭޖްގެ މެދަށް ވާގޮތަށް އެރުން) އޭއި ރަޙުމަތްތެރިންތަކާ. އަހަރެން ބުނީމެއްނު ދޯ! ތިޔަ
އެކުވެރިންނާއި ބައްދަލުކުރަން އަހަރެން ވަރަށް އަވަހަށް އަންނާނަމޭ. އެހެންވެ
މިއައީ. އެންމެން ވެސް އެބައުޅެން ދޯ! އެންމެން
މިތާގަ. ކީއްތިކުރަނީ. ކޮން މަސައްކަތްތަކެއް މިދުވަސްކޮޅު އެންމެން ތިޔަ ކުރަނީ.
ފެންތިކި:1 ( ކުރިއަށް ޖެހިލާފައި އިރަށް ބަލަމުން) އަހަރެން މި ދަނީ ފެންގަނޑުގެ ވަށައިގެން ބުރެއް އަޅާލުމަށްފަހު މޫދަށް އެރި ރާޅާ
އަޅާލާ އެތާގެ ރީތިކަމާއި ހިތްގައިމުކަން ދެކިލަން.
ފެންތިކި:2 ( ކުރިއަށް ޖެހިލާފައި) އަހަރެން އުޅެނީ މިތާގެ ގަސްތަކުގައި ނުކުންނަ މޭވާތަކުގަ. އެއީ މި
ދުވަސްކޮޅު ހޫނު ގަދަވުމުން މޭވާތަކަށް ގެއްލުން ލިބޭނެތީ އަހަރެންގެ ސަބަބުން މޭވާތަކަށް
އާރޯކަމާއި ތާޒާކަން ހޯދައިދިނުމަށް.
ފެންތިކި:3 ( ކުރިއަށް ޖެހިލާފައި) އަހަރެން އުޅެނީ މިފެންގަނޑުގެ ވަށައިގެން ހެދިފައިވާ ފެހިކުލައިގެ
މާމެލާމެލި އަޅާ ގަސްތަކުގަ މާލެލާމެއްޔަށް އެހީވާން. ހޫނު ގަދަވުމުގެ ސަބަބުން
މާމެލާމެލި މިލާ މޯޅިވަމުން ދާތީ. އެހަރެން އެހީވުމުން މާމެލާމެލި ފަރިނުވެ
ގިނަދުވަހަށް ރީތިކޮށް ހުންނާނެތީ.
ފެންތިކި:4 ( ކުރިއަށް ޖެހިލާފައި) އަހަރެން މި ދުވަސްކޮޅު މި އުޅެނީ ކުޑަ ޗުއްޓީއެއްގައި. އެހެންވެ ރާޅާއެޅެން
މޫދަށް ވެސް ނުދެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ.
ފެންތިކި: 5
(ކުރިއަށްޖެހިލާފައި) އަހަރެން ކުރަނީ ޑައިވިން. ފަރުތަކަށް ލިބޭ ގެއްލުން
ކުޑަކުރުމަށާއި. މުރަކަ އިންދާ އާލާކުރުމުގެ މަސައްކަތުގަ. އެކަމަކު މި ދުވަސްކޮޅު
ކުޑަކޮށް ބަލިވެ އުޅެތީ މިއުޅެނީ ގޭގައި.
އިރު:
( ކުޑަކޮށް އެނބުރިލާފައި) އާނ! އާނ.
އެންމެ ރަގަޅު. ކަލޭމެން ހުރިހާކުދިން ވެސް ތިޔަކުރަނީ ވަރަށް ރަނގަޅު
މަސައްކަތްތައް. ތިޔަމަސައްކަތްތަކުގެ
ސަބަބުން އިންސާނުން ދިރިއުޅޭ ވެށްޓަށް އެކި ސަބަބުތަކާހުރެ ލިބެމުންދާ ގެއްލުން
ކުޑަކުރެވޭނެ. ހޫނު މޫސުމުގައި އަހަރެންގެ ސަބަބުން ވެސް އިންސާނުން ދިރިއުޅޭ
ވެށްޓަށް ބައެއްފަހަރަށް ގެއްލުންވޭ. ނަމަވެސް އެއީ އަހަރެންގެ
ބާރުފޯރާކަމެއްނޫން. އެއީ އަހަރެމެން ހެއްދެވި ﷲ ސުބުޙާނަހޫ ވަތޢާލާގެ
ކުޅަދުންވަންތަކަމުގެ ހެކި. ތިޔަ އެންމެހާ އެކުވެރިން ތިޔަކުރާ މަސައްކަތަށް
ސާބަސްދެން. އެކުވެރިންނޭ ތިޔަ އެންމެހާ އެކުވެރިންނާއި ބައްދަލުވީމާ
ވަރަށް އުފާވެއްޖެ. ދެން މިވަގުތު ގޮސްލާނަން. އަދި އެހެން ފަހަރަކުން
ބައްދަލުވެލަންވާނެ. ( މިހެންބުނެފައި ޓާ ޓާ ކިޔާގޮތަށް އަތް ހޫރާލުން)
ވުމާއެކު އަހަރެމްނެ ކޮންމެ ކުއްޖަކީ ވެސް
ދިރިއުޅޭ ވެށި ޙިމާޔަތްކުރަން މަސައްކަތްކުރާ ކުއްޖަކަށް ވަމާތޯ؟
އައްސަލާމް ޢަލައިކުމް ވަރަޙުމަތުﷲ
ވަބަރަކާތުހު.