Friday, November 8, 2019


         
             އައި.ސީ.ޓީ އިން އެޑިޔުކޭޝަން - އީ.އެސް.ޓީ. 535 
   މާސްޓާރ އޮފޮ އެޑިއުކޭޝަން ދިވިެހި ލޭންގްއޭޖް ޓީޗިންގ
ދެވަނަ ސެމެސްޓާރ 2019

          ____________________________________

             އެސައިންމެންޓް -1  ލާރނިންގ ޓާސްކް ޕޯޓްފޯލިއޯ
    ______________________________________

    




   ދަރިވަރު: ޖުވައިރާ ނަޖީބު   2163              ލެކްޗަރާ : އާމިނަތު ޝާފިޔާ އާދަމް

___________________________________________________

ފިހުރިސްތު:

1- އިސްބަސް
2- ޓާސްކު 1 - ކިޔަވައިދިނުމުގައި އައި ސީ.ޓީ ބޭނުންކުރުމުން ލިބޭ ފައިދާތައް
3- ޓާސްކް 2 - ކްރިޓިކަލް ހުށަހެޅުން
4- ޓާސްކު 3 - އެސެސްމެންޓް ފޯރ ލާރނިންގ އެކްޓިވިޓީ
5- ޓާސްކު 4 - ކުއިޒު
          - މާކުޝީޓް
6- ނިންމުން
7- އެޕެންޑިކްސް
___________________________________________________

1- އިސްބަސް


ފެންވަރު ވަޒަންކުރުމަށް ބޭނުންކުރާ ގޮތްތަކާއި އުސޫލުތައް ބިނާވެފައިވަނީ ފެންވަރުބެލޭ ބޭނުމުގެ މައްޗަށެވެ. މިގޮތުން ފެންވަރު ވަޒަންކުރުމަށް ބޭނުންކުރެވޭ ގޮތްތަކުގެ ތެރޭގައި  ޕޯޓްފޯލިއޯ ވެސް ހިމެނެއެވެ. މިފަދަ ޕޯޓްފޯލިއޯއެއް ބިނާވެގެން ދަނީ އެއްކުރެވިފައިވާ، ދަރިވަރުންގެ މަސައްކަތްތަކެކެވެ. އޭގެތެރޭގައި ހަގީގީ މާހައުލުގައި ކުރެވޭ މަސައްކަތްތަކާއި އުނގަންނައިދިން އެއްޗެއް، ހާސިލުވިތޯބެލުމަށް ދެވޭ ވަޒަންކުރުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ. 

އަޅުގަނޑުގެ މި މަސައްކަތަކީ ވެސް މިފަދަ މަސައްކަތެކެވެ. މިއީ އަޅުގަނޑު ކިޔަވަމުންދާ އައި. ސީ. ޓީ އިން އެޑިއުކޭޝަން (EST 535)  މާއްދާއިން، ހަތަރު ފިޔަވައްސަކަށް ބަހާލެވިގެން ހާވަލު ކުރެވުނު މަސައްކަތް އެއްތަނަކުން ފެންނާނޭހެން ތަރުތީބުކޮށް ތައްޔާރުކޮށްފައިވާ ލާރނިންގ ޓާސްކް ޕޯޓްފޯލިއޯއެކެވެ. 

4 ބޮލޮކްގެ ޓާސްކުތައް ހިމެނޭގޮތަށް ހުށަހަޅާ މި ޕޯޓްފޯލިއޯގައި ހިމެނިފައިވާނީ ޓާސްކް 1 ގެ މަސައްކަތް؛ "ކިޔވައިދިނުމުގައި އައިސީޓީ ބޭނުންކުރުމުން ލިބޭފައިދާތައް" މި މަޢުޟޫއަށް ތައްޔާރުކޮށްފައިވާ ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނަކާއި، ޓާސްކް 2 ގައި ހަވާލުކުރެވުނު " ތަފާތު ލާރނިން އެންވާރަމެންޓްގައި އައިސީޓީ ބޭޏުންކުރެވިދާނެ ގޮތްތައް" މި މަޢުޟޫޢަށް ލިޔެފައިވާ ކްރިޓިކަލް ހުށަހެޅުމެކެވެ. އަދި ބްލޮކް ޓާސްކް 3 ގައި ހުށަހަޅާފައި މި ވަނީ ކުރިން ނުދަންނަ އާޓޫލެއް ބޭނުންކޮށްގެން އެސެސްމަންޓްފޯރ ލާރނިންއަށް ތައްޔާރު ކޮށްފައިވާ އެކްޓިވިޓީއެކެވެ. މި ޕޯޓްފޯލިއޯގެ އެންމެ ފަހު މަސައްކަތެއްގެ ގޮތުގައި ހުށަހޅާފައިވާނީ ކޮމިއުނިކޭޓިވް ޓޫލްއެއް ބޭނުންކޮށްގެން  ތައްޔާރު ކޮށްފައިވާ އޮންލައިން ކްއިޒަކާއި އެކުއިޒުގެ ނަތީޖާއަށް ބަލައިގެން ތައްޔާރުކޮށްފައިވާ މާކުޝީޓެވެ. މީގެއިތުރުން ކޮންމެ ޓާސްކެއް ނިމުމުން އެޓާސްކަކާއި ބެހޭގޮތުން ލިޔެފައިވާ ކުރު ރިފްލެކްޝަނެއް ވެސް ހިމެނިފައިވަނެއެވެ.

އަޅުގަނޑު އެދެނީ ކުރިމަގުގައިވެސް މިފަދަ އަގުހުރި މަސައްކަތްތަކެއް ކުރުމުގެ ފަހި ފުރުސަތުތައް ހުޅުވިގެން ދިއުމެވެ.

2 - ޓާސްކް: 1 

ކިޔަވައިދިނުމުގައި އައިސީޓީ ބޭނުންކުރުމުން ލިބޭ ފައިދާތައް







 ފުރަތަމަ ޓާސްކުގެ ރިފެލެކްޝަން


ބްލޮކޮ1 ގައި ހެދި މި ޕްރެޒެންޓޭޝަނުގެ ސަބަބުން މައުޟޫޢާއި ގުޅޭގޮތުން ވަރަށް ގިނަމަޢުލޫމާތު ލިބިގެންދިޔައެވެ. އެގޮތުން އައިސީޓީއަކީ ކޮބައިކަމާއި އުނގެނުމާއި އުނގަންނައިދިނުމުގައި އައިސީޓީ ބޭނުންކުރުމުން ދަރިވަރުންނަށް ލިބިގެންދާނެ ފައިދާތަކާއި މުދައްރިސުންނަށް ލިބޭނެ ފަސޭހަތަށް ވަރަށް ބޮޑަށް އެނގިގެންދިޔައެވެ. އައިސީޓީ ބޭނުންކޮށްގެން އުނގަންނައިދިނުމުން ދަރިވަރުންނަށް ލިބޭފައިދާތަކުގެތެރޭގައި ދަރިވަރުންގެ ވިސްނުންތަރައްޤީވުމާއި ޝާއުގުވެރިކަން ދެމެހެއްޓުމުގެ އިތުރުން މިނިވަންކަމާއެކު އުނގެނުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދެވެއެވެ. އަދި ކިޔުމާއި ލިޔުމާއި އަޑުއެހުމުގެ ހުނަރު ތަރައްޤީވެ ތަފާތުތަޖުރިބާތަކުގެ ތެރެއިން ދަސްކޮށް އަމިއްލަނފުސަށް އޮންނަ އިތުބާރާއި ޔަގީންކަން ލިއްބައިދެއެވެ. ހަމައެހެންމެ މުދައްރިސުންނަށް ދަރިވަރުންގެ މަސައްކަތްތައް ފަސޭހައިން ވަޒަންކުރެވުމާއި، ދަރިވަރުންނަށް ފޯރޮކޮށްދޭ ފީޑުބެކްތައް ދިނުމާއި މުދައްރިސުންގެ ވަގުތު ސަލާމަތްވުމުގެ އިތުރުން އުނގަންނައިދިނުމަށް ބޭނުންކުރާ މަޢުލޫމާތު ރައްކާތެރިކޮށް ގެންގުޅުމުގެ ފުރުސަތު ލިބިގެންދެއެވެ. އެހެންކަމުން މިއީ އަޅުގަނޑަށް އައިސީޓީއާއިބެހޭގޮތުން ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ މަސައްކަތެއްކަން ފާހަގަކޮށްލަމެވެ.
_____________________________________________________________

   3-   ޓާސްކް: 2 
         
                  ކްރިޓިކަލް ހުށަހެޅުން


ތަފާތުލާރނިންގ އެންވާރަމެންޓްތަކުގައި އައި ސީ ޓީ ބޭނުންކުރެވޭގޮތްތައް


އެސައިންމެންޓްގެ ތަޢާރަފު

އުނގަންނައި ދިނުމުގައި ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަކީ 21 ވަނަ ގަރުނުގެ ތަޢުލީމުގައި ހިމެނިފައިވާ މުހިންމު ކީ ކޮންޕިޓެންސީއެކެވެ. އެހެންކަމުން އެކަމަށް މުދައްރިސުން އަހުލުވެރި ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.  އެހެނީ ޓެކުނޮލޮޖީގެ ވަޞީލަތްތައް އުނގަންނައި ދިނުމުގައި ބޭނުންކުރާ މިންވަރު ބިނާވެފައި އޮންނަނީ މުދައްރިސް އެކަމަށް އަހުލުވެރިވެފައިވާ މިންވަރާއި، ބޭނުންކުރާ ވަސީލަތްތަކުގެ މައްޗަށެވެ.

އަޅުގަނޑު މި މަސައްކަތަކީ " ތަފާތު ލާރނިންގ އެންވާރަމެންޓްގައި އައިސީޓީ ބޭނުންކުރެވިދާނެ ގޮތްތައް" މި މަޢުޟޫޢުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ "ކްރިޓިކަލް" ހުށަހެޅުމެކެވެ.  " މި މަޢުޟޫއަށް މަޢުލޫމާތު އެއްކުރުމުގެ ގޮތުން ދެވިފައިވާ އިރުޝާދާއި އެއްގޮތަށް  ޔޫޓިއުބު ވީޑިއޯބަލައި، ސްލައިޑް ޝެއަރއިން ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ބެލުމުގެ އިތުރުން މަޢުޟޫއާއިބެހޭގޮތުން ލިޔެފައިވާ ޖާނަލް އާޓިކަލްތައް ކިޔައިގެން މަޢުލޫމާތު އެއްކޮށްފައިވާނެއެވެ.
މި އެއްކުރެވުނު މަޢުލޫމާތުތަކުގެ އަލީގައި އުނގަންނައިދިނުމުގައި އައި.ސީ.ޓީ ބޭނުންކުރެވިދާނެ ލާރނިންގ އެންވާރަމެންޓްތަކާއި އެތަންތާގައި އައިސީޓީ ބޭނުންކުރެވިގެންދާ ތަފާތުގޮތްތަކުގެ މައްޗަށް ބަލާލެވިފައިވާނެއެވެ.  އަދި ކުލާސްރޫމްގެ ކިޔަވއިދިނުމާއި ގުޅުވައިގެން  އެމަޢުލޫމާތު ބޭނުން ކުރެވިދާނެގޮތްތަކާއި އެހެނިހެން ގޮތްގޮތުން އެމަޢުލޫމާތަށް ރިޢާޔަތް ކޮށްގެން އުނގެނުމާއި އުގަންނައިދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމުގެ މައްޗަށް ވެސް އަލި އަޅުވާލެވިފައިވާނެއެވެ. މީގެއިތުރުން އެ މާހައުލުތަކުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމާއި ބެހޭގޮތުން ކަމުގެ ދެކޮޅަށް ބަލައި ވާހަކަދެކެވިފައި ވާނެއެވެ. ހަމައެއާއެކު މި މަސައްކަތުގެ ސަބަބުން އަޅުގަނޑުގެ އަމިއްލަ އުނގެނުމަށްކުރި ފައިދާއާއި މަޢުޟޫޢުން ދަސްވިއެއްޗެއް ވެސް ޚުލާސާކޮށްދެވިފައި ވާނެއެވެ.

މައުޟޫޢޫގެ ތަޢާރަފު

އައި. ސީ.ޓީ ނުވަތަ އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީއަކީ ޒަމާނީ ޓެކްނޮލޮޖީގެ ތަފާތު ވަޞީލަތްތައް އެކި ޙާލަތްތަކުގައާއި އެކި މާޙައުލުތަކުގައި ބޭނުންކުރުމެވެ. ސީދާ މިބަހަށް އަމާޒުކޮށްގެން ހެދިފައިވާ ތަޢާރަފެއް ނެތަސް މި މާނައިގެތެރޭގައި އައި. ސީ.ޓީގެ ގޮތުގައި ބޭނުންކުރާ އާލާތްތަކާއި، އިންޓަރނެޓާއި ގުޅިފައިވާ، އިޖުތިމާޢީ ވިއުގަތަކާއި، ޕްރޮގްރާމުސްތަކާއި، އެޕްލިކޭޝަންތައް ވެސް މި މާނައިގައި ހިމެނޭކަމަށް ކަމާއިބެހޭ މާހިރުން އެއްބަސްވެލައްވައެވެ.
ތަފާތު ލާރނިންގ އެންވާރަމެންޓްތަކުގައި އައިސީޓީ ބޭނުންކުރެވޭ ގޮތްތަކަށްބަލާއިރު އަދުގެ ދުނިޔޭގައި އައިސީޓީ ބޭނުންކުރެވޭ އުނގެނުމުގެ މާޙައުލުތައް މިވަނީ ޢާންމުވެފައެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައިދިނުމުގެ މަޢުލޫމާތުތައް އެމާޙައުލެއްގައި ޙިއްސާކުރެވޭ ކޮންމެ މާހައުލަކީ ވެސް އުނގެނުމުގެ ވެއްޓެއްކަމުގައި ބެލެވެއެވެ. އޭގެތެރޭގައި ވައިބާރގުރޫޕްތަކާއި، ވަޓްސްއަޕާއި، ފޭސްބުކު ޕޭޖްފަދަ އިޖުތިމާޢީ ވިއުގަވެސް ހިމެނިގެންދަނީ ލާރނިންގ އެންވާރަމެންޓްގެ ތެރޭގައެވެ. އުނގެނުމުގައި އައިސީޓީ ބޭނުންކުރެވެނީ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާ ޓޫލްއެއްގެގޮތުގައި ލާރލިންގ އެންވާރަމެންޓް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށެވެ. މިގޮތުން އައިސީޓީ ބޭނުންކުރެވޭގޮތް ދައްކުވައިދޭގޮތަށް ގުޅިފައިވާ ތިންމަފުޙޫމެއް ކަމާއިބެހޭ މާހިރުން ފާހަގަކުރައްވާފައިވެއެވެ. އެއީ " ލާރިންގ އެބައުޓް އައިސީޓީ. ލާރނިންގ ވިތު އައިސީޓީ. އަދި ލާރނިންގ ތްރޫ އައިސީޓީއެވެ.
މި މަފުޙޫމުތަކުގެ މާނައަށްބަލާއިރު ލާރނިންގ އެބައުޓް އައިސީޓީއަކީ އުނގަންނައިދިނުމަށް މަގުފަހިކޮށްދޭ އައިސީޓީ ޓޫލްސްތައް ބޭނުންކުރުމުގެ ހުނަރާއި ގާބިލުކަން ތަރައްގީކޮށް މުދައްރިސުންނާއި ދަރިވަރުންނަށް ލިއްބައިދުނުމެވެ.
ލާރިނިންގ ވިތު އައިސީޓީއަކީ އައިސީޓީ ރިސޯސްތައް ކުލާސްރޫމް ކަރިކިއުލަމްގެ ތެރެއިން މުދައްރިސުންނާއި ދަރިވަރުން ބޭނުންކުރުމެވެ.
ލާރނިންގ ތްރޫ އައިސީޓީއަކީ އުނގެނުމާއި އުނގަންނައިދިނުމުގައި ކުރީގައިބޭނުންކުރަމުން އައިގޮތްތަކުގެ ބަދަލުގައި އައިސީޓީ ގެ ތެރއިން އުނގަންނައިދެވޭނެ އާގޮތްތަކެއް ފޯރުކޮށްދިނުމެވެ.

މަޢުޟޫޢުގެ ފަސްމަންޒަރު

އުންގަންނައިދިނުމުގެ އެހާރާއި މިހާރަށް ބަލާއިރު އުނގެނުމާއި އުނގަންނައިދިނުމުގެ ވައްޓަފާޅި ބަވަނަ ވަމުންމިދާ އަދުގެދުނިޔޭގައި މިވަނީ ވަރަށްބޮޑަށް ކުރިއަރައި ތަރައްޤީވެފައި ކަމުގައި ދަންނަވަންޖެހެއެވެ. މާޒީގައި ވޮށިފިލައާއި އެނދުރުގެތަކުން ފެށިތަޢުލީމު މިއަދު މިވަނީ 21 ވަނަ ޤަރުނުގެ ތަޢުލީމަށް މިސްރާބުޖަހައި އެމަގަށް އަމާޒުހިފާފައެވެ. މުދައްރިސަށް ބަރޯސާވެގެން ކިޔަވައިދެމުން އައި އުނގަންނައިދިނުމުގެ ވެށި މިހާރު މިވަނީ ދަރިވަރުންނަށް ބަރޯސާވާ އުނގެނުމުގެ ވެއްޓަކަށް ބަދަލުވެފައެވެ. ކުލާސްރޫމުގެ ހަތަރުފާރުގެ ތެރޭގައި ތާށިވެގެންތިބެ ފޫހިކަމާއެކު އުނގެނެމުން ދިޔަ އުނގެނުން މިއަދު މިވަނީ ކުލާސްރޫމުން ބޭރުވެ އައުޓްސޯސް ކުރެވިފައެވެ. ޗޯކާއި ބޯޑުގެ ބަދަލުގައި މިހާރު އުނގެނުމުގެ ވެށިތަކުގައި ބޭނުންކުރެވެނީ ޒާމާނީ ޓެކޮނޮލޮޖީގެ ވަސީލަތްތެކެވެ.
އުނގަންނައިދިނުމުގެ އެހާރާއި މިހާރަށްބާލާއިރު ދިވެހިރާއްޖޭގައި އެންމެފުރަތަމަ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ތަޢުލީމް ފޯރުކޮށްދޭން ފެށިފައިވަނީ 1989ގެ އަހަރުތަކުގައި ދުރުންދޭ ތަޢުލީމުގެ ނިޒާމުގެ ތެރެއިންނެވެ. މިނިޒާމުގެ ދަށުން ނުރަސްމީ ތަޢުލީމްދޭ މަރުކަޒެއް ރާއްޖޭގައި ގާއިމުކުރެވި ފުތަރަމަ ފަހަރަށް 3 ކޯހެއް އެމަރުކަޒުން ވަނީހިންގާފައެވެ  (އިސްމާޢީލް ޙާބީބު 2013).
ދުރުންދޭ ތަޢުލީމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި، ދުނިޔޭގެ ޤައުމުތަކުގައި ހިންގާފައިވަނީ، ތަޢުލީމު އުނގެނުމުގެ ފުރުޞަތު ގިނަޢަދަދެއްގެ ބަޔަކަށް ފޯރުކޮށްދިނުމަށެވެ. ދުރުންދޭ ތަޢުލީމުގެ ކާމިޔާބީގެ ގޮތުގައި، ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ވަޒީފާގައި ތިބެގެން ކިޔެވުމަށާއި، މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މި ނިޒާމުން ފަހިކޮށްދޭކަމެވެ. ދުރުންދޭ ތަޢުލީމުގެ ޒަރީއާއިން ކިޔެވުމަކީ، ވަޒީފާގައި ދެމިތިބުމަށްޓަކައި ބޭނުންވާ މުވައްޒަފުންނަށާއި، އެއްތަނުން އަނެއް ތަނަށް ދިޔުމުގައި އެކިސަބަބުތަކާއިހުރެ ރަށުން ބޭރަށްދާން އުޒުރުވެރިވާ ފަރާތްތަކަށް، ކިޔެވުމުގެ ފުރުޞަތު ލިބިދޭ ކަމެކެވެ. އަދި ހަމަ އެހެންމެ، ޕާޓްޓައިމްކޮށް މަތީތަޢުލީމު އުނގެނެންބޭނުންވާ މީހުންނަށް ވެސް މިކަންވެގެންދިޔައީ ރަނުގެ ފުރުޞަތަކަށެވެ. މިނިޒާމުގެ ތެރެއިން އޭރު ތަޢުލީމް ފޯރުކޮށްދޭން ފެށިފައިވަނީ ރޭޑިއޯ ޓޭޕާއި، ކެސެޓްރޭޑިއޯފަދަ ވަސީލަތްތައް މެދުވެރޮކޮށްގެން ކަމަށްވިއަސް މިއަދު މިވަނީ މަންޒަރު ބަދަލުވެފައެވެ. ހަލުވިކަމާއެކު ތަރައްޤީވަމުން އައި ޓެކޮނޮލޮޖީގެ ވަސީލަތްތަކުގެ ސަބަބުން ދުރުންދެމުންއައި ތަޢުލީމް މިހާރުވަނީ ކައިރިވެފައެވެ.
 މިނިވަންކަމާއެކު ބޭނުން ވަގުތަކު ބޭނުންތަނެއްގައި ޝައުގުވެރިކަމާއެކު އުނގެނުމުގެ ފުރުސަތު މިހާރު މިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ކަށަވަރުވެފައެވެ.  ބޭނުންވާ ހުރިހާ މަޢުލޫމާތެއް ދަތިކަމެއްނެތި ލިބިގަތުމުގެ ފުރުސަތު އަދުވަނީ ފަހިވެފައެވެ. އަހަރުގެ ފަހު އިމްތިޙާނުން ފާސްނުވެދާނެކަމުގެ ބިރުވެރިކަން ފިލައިގޮސް ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރާނޭ ތަފާތުގޮތްތައް މިއަދުގެ ދަރިވަރުން ދަސްކުރަމުން ދަނީ އިވެންޓް ބޭސްޑް ނުވަތަ ޕްރޮޖެކްޓް ބޭސްޑް ލާރނިންގެ ތެރެއިންން އައި.ސީ.ޓީގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ހޯދުންތަކުގެ އަލީގައި އައި. ސީ.ޓީ ބޭނުންކުރުން.

ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ތަރައްޤީވެ ކުރިއަރާފައިވާ މި ޒަމާނުގައި އުނގެނުމާއި އުނގަންނައި ދިނުމުގެ ތަފާތު އެންވާރަމެންޓްތަކުގައި ޓެކްނޮލޮޖީގެ ބޭނުން ދަނީ ކުރަމުންނެވެ. ދިރިއުޅުމުގެ ހުރިހާ މުހުތާދުތައް ފުއްދުމަށްޓަކައި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަމުން އަންނައިރު އައި.ސީ.ޓީގެ ވަސީލަތްތައް ވެސް މިވަނީ ތާޢުލީމީ ދާއިރާއާއި ވަރަށްބޮޑަށްގުޅި ލާމެހިފައެވެ. އެންމެ މިޒަމާނުގެ ޑިޖިޓަލް ސާމާނާއެކު އުނގެނުމާއި އުނގަންނައިދިނުމުގެ މާހައުލުތައް ދަނީ  އިތުރުވަމުންނެވެ. އެހެންކަމުން ކިޔަވައިދޭ ފަރާތްތައް ޓެކްނޮލޮޖީއަށް އަހުލުވެރިވެ، އުނގަންނައި ދިނުމުގައި އައިސީޓީ ބޭނުންކުރެވޭ ތަފާތުގޮތްތައް ދަސްކުރަންޖެހެއެވެ. އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން ކުރުމުން، ކިޔަވއިދިނުމަށް ފަސޭހަވެ، ކިޔަވައިދޭ އެއްޗެއް ދަރިވަރުންނަށް ފަސޭހަކަމާއެކު އޮޅުންފިލައެވެ. އެގޮތުން ކިޔަވައި ދިނުމާއި ގުޅޭ ތަފާތު މަޢުލޫމާތު ހޯދުމާއި، ކިޔަވައިދޭން ބޭނުންވާ ފިލާވަޅުތައް ތައްޔާރުކޮށް އޮޅުންފިލުވައިދިނުމާއި، ކިޔައިވައިދިނުމާއި ގުޅޭ މަޢުލޫމާތުތައް ބަދަލުކުރުމާއި، ދަރިވަރުންނާއިގުޅޭ ރެކޯޑްސްތައް ރައްކާކޮށް ބެލެހެއްޓޭނެގޮތްތަކާއި އުނގެނުމާއި އުނގަނައި ދިނުމުގައި އެކިކަންކަން ރާވާހިންގުމުގައި އައ.ސީ.ޓީގެ  ބޭނުންދަނީ ކުރަމުންނެވެ. އެހެންކަމުން އައި.ސީ.ޓީ ބޭނުންކުރެވޭ ތަފާތުގޮތްތައް ދެނެގަތުމަކީ ނުހަނުބޭނުންތެރިކަމެކެވެ.
އިންގްލިޝް، ޔުނައިޓެޑް ސްޓޭޓްސް (2018)، ހާމަކުރައްވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަރިވަރުންނަށް ފައިދާހުރި  އެޑިޔުކޭޝަނެއް ފޯރުކޮށްދެވޭކަމަށެވެ. މިހާރުގެ ކުލާސްރޫމުގެ މާހައުލަކީ ދަރިވަރުންނަށް ޕާސަނަލައިޒް ލާރނިންގ ތަޖުރިބާ ކުރެވޭގޮތަށް ތައްޔާރުކުރެވިފައިވާ މާހައުލަކަށް ހެދުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. އެގޮތުން ޒަމާނީ ކުލާސްރޫމުގެ މާހައުލު ވާންޖެހެނީ ދަރިވަރުންގެ ކިބައިގައިވާ އިންޑިވިޖުއަލް ޑިފަރެންސަށް ބަލައިގެން ޒަމާނީ ޓެކްނޮލޮޖީގެ އާލަތްތައް ވެސް ބޭނުންކުރެވޭފަދަ ވެއްޓަކަށެވެ. 
ޒަމާނީކުލާސްރޫމް ޓެކްނޮލޮޖީއަކީ ހަމައެކަނި ކުލާހުގައި ބެނުންކުރެވޭ ޓެކްނޮލޮޖީގެ ވަސީލަތްތަކެއްނޫނެވެ. މި މަފުހޫމުގެ މުޅިޖުމުލަ މާނައަށް ވިސްނާލުމުން އަޅުގަނޑަށް ފަހުމްވެގެންދަނީ ޒަމާނީ ކުލާސްރޫމްގެ ޓެކްނޮޖީގައި ވަރަށްގިނަ އާލާތްތައް ހިމެނިގެން ދާކަމެވެ. އެގޮތުން އައި.ސީ.ޓީ ޓޫލްސްތައް ބޭނުންކޮށްގެން ކުލާހާއި ކުލާހުންބޭރުގައި ގެންދެވޭ އުނގެނުމުގެ ކޮންމެ ޙަރަކާތަކީ ވެސް ޒަމާނީ ޓެކްނޮލޮޖީ ކަމުގައި ބެލެވެއެވެ. މިސާލަކަށް ކުލާސްރޫމުން ބޭރުގައި އެހެން މާހައުލެއްގައި ނަމަވެސް  އިންޓަރނެޓްގެ ސްފޮޓެއާރ ތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން ކުރިއަށްގެންދާ އުނގެނުމާއި ގުޅުންހުރި ކޮންމެކަމެއް ވެސް ޒަމާނީ ޓެކްނޮލޮޖީ އެޑިއުކޭޝަންގެ ތެރެއަށްވަދެއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެންވާރަމެންޓެއްގެ ސިފަތަކަށްބަލާއިރު އައި.ޓީ.ސީ ބޭނުންކޮށްގެން އުނގެނުމުގެ ޙަރަކާތް ގެންދެވޭ ވެއްޓެއްގައި 21ވަނަ ގަރުނުގެ ތަޢުލީމުގެ ހަރުފަތްތައް ހިމެނެންޖެހޭކަމަށް، (ބޮއެ ޓަމޭންގް 2016)،  ހާމަކުރައްވައެވެ. އެގޮތުން އުނގެނުމާއި އުނގަންނައިދިނުމަށް ބޭނުންކުރާ ސްޓްރެޓެޖީސްތަކުގެ ތެރޭގައި "ޓީޕެކް" ހިމެނެން ޖެހޭކަން ވެސް ފާހަގަކުރައްވައެވެ. އަދި އުނގެނުމާއި އުނގަންނައިދިނުން ބައްޓަންވެގެންދާނީ ޕެޑަގޮޖިކަލް އެންގޭޖްމެންޓް އެންޑް ކޮންޓެންޓް ނޮލެޖްގެ އެކަތި އަނެކައްކާއި ގުޅިގެންދާ ގޮތަށް ކަމަށްވެސް ފާހަގަކުރައްވައެވެ. މިގޮތަށް ކިޔަވައިދިނުމުން އެން. ސީ. ބީ. ޓީ. އެސް އަށް މަގުފަހިވެ ދަރިވަރުންނަށް ޙާސިލުކޮށްދޭން ބޭނުންވާ ވަކިވަކި ގޯލްތައް ހާސިލުކުރުމަށް ވެސް މަގުފަހިކުރުވައެވެ. އެހެނީ މީގެތެރޭގައި ތަފާތު ވައްތަރު ތަކުގެ އުނގެނުމުގެ ތަޖުރިބާތައްކުރުމާއި، ކަންކަމާއިމެދު ސުވާލުއުފައްދައި އެކަމެއް މެދުވެރިވާން ދިމާވިސަބަބުތައް ދެނެގަތުމަށް ސުވާލުކުރުމުގެ ގާބިލުކަން ދަރިވަރުންނަށް ލިއްބައިދެއެވެ.

އައިސީޓީ ބޭނުންކޮށްގެން އުންގަންނައިދެވޭ ތަފާތު ޙާލަތްތައް.

އައި. ސީ . ޓީ ބޭނުންކޮށްގެން އުންގަންނައިދެވޭ ތަފާތު އެންވާރުމެންޓްތައް ދެނެގަތުމަށް ތަފާތު ރިސޯސްތަކުން ހޯދުނުނު މަޢުލޫމާތުން އައި.ސީޓީގެ ބޭނުންކުރެވޭ ވަރަށްގިނަ ހާލަތްތަކެއް ވާކަންވަނީ އެނގިފައެވެ. މިއިންކޮންމެ ޙާލަތެއްގައި ވެސް އުނގަންނައިދުނުމުގައި އައި.ސީ.ޓީ ބޭނުންކުރެވިގެންދާނެގޮތް ވަރަށް ރަނގަޅަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން ކޮންމެ މާހައުލެއްގައި ބޭނުންކުރަން އެންމެ އެކަށޭނަ އައި.ސީ.ޓީ ޓޫލްސްތަކާއި، އެޓޫލްސްތައް ބޭނުންކުރެވޭނެ ގޮތްތަކާއި ހާލަތްތައް ބަޔާންކުރުމުގެ އިތުރުން އޭގެސަބަބުން އުނގެނުމަށް ކުރާއަސަރުތައް ވެސް ބަޔާން ކުރައްވާފައިވެއެވެ.
ޑރ. ބްރެންޑާ. ބީ ކޯޕަޒް (2017)، ހާމަކުރައްވަނީ އައި.ސީ.ޓީއަކީ މަންފާކުރަނިވި އެއްޗެއްގެ ގޮތުގައެވެ. އަދި އެއީ ފަރުދުންގެ ގުޅުންދަމަހައްޓައިދޭ ވަރަށްއެކަށޭނަ އުނގެނުމުގެ ގޮތެއްކަމަށެވެ. އައި. ސީ.ޓީ ބޭނުންކުރުމުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަކަންކަން ހާސިލުކުރެވިގެން ދާކަމަށެވެ. "ބްރެންޑާ" އިތުރަށް ހާމަކުރައްވަނީ އައި. ސީ. ޓީ ބޭނުންކުރުމުގެ ސަބަބުން އިންސާނުންގެ ހަމަލޮލަށް ނުފެންނަ އެތައްކަމެއް ބަލައި ދަސްކުރުމުގެ ޤާބިލުކަން ލިބިގެންދާކަމަށާއި، ކާއިނާތުގައިވާ ކަންކަން ހޯދާބަލައި ދެނެގަތުމުގެ ކުޅަދާނަކަން ލިބިގެންދާކަމަށެވެ. މިސާލަކަށް އިންސާނުންގެ ހަމަލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމްފަދަ އެއްޗެހި، މައިކްރޮސްކޯޕްފަދަ އައި.ސީ.ޓީ ވަސީލަތްތައް ބޭނުންކޮށްގެން ދެނެގަނެވޭކަމަށެވެ. އެހެންކަމުން އުނގަންނައިދިނުމުގެ ކޮންމެ ވެއްޓަކީ ވެސް ޒަމާނާއި ގުޅޭގޮތަށް 

ތަފާތު ލާރނިންގ އެންވާރަމެންޓްތަކާއި އެތަންތާގައި އައިސީޓީ ބޭނުންކުރެވިދާނެ ގޮތްތައް

 ހާފުލެބް ލާރނިންގ އެންވާރަމެންޓް

ހާފު ލެބް ލާރނިންގ އެންވާރަމެންޓްގައި ދަރިވަރުން  އުނގެނޭނީ ގުޅިފައިވާ މާހައުލެއްގައި އެކަކު އަނެކާކާއި ގުޅިގެންނެވެ. މި މާޙައުލުގައި އުނގެނޭއިރު އެއްކުއްޖަކު އަނެއްކުއްޖަކަށް މަޢުލޫމާތު ހިއްސާކުރަމުން ގެންދާނެއެވެ. މަސައްކަތް ކުރަނީ 3 ކުދިން ނުވަތަ 4 ކުދިންގެ ގްރޫޕްތަކުގައި ލެޕްޓޮޕެއް ނުވަތަ ކޮމްޕިއުޓަރެއްގެ އެހީގައެވެ. މަޝްވަރާކުރުމާއި، ޚިޔާލު، ބަދަލުކުރުމުގެ ގޮތްތައް ބޭނުންކޮށްގެންނެވެ. އެހެންކަމުން މި މާހައުލުގައި ކޮންމެ ވެއްޓަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމުވެފައިވާ ވެށްޓަކަން ހަދަންޖެހެއެވެ. 
ކުލާސްރޫމުގެ މާހައުލުގައި  އައިސީ.ޓީގެ ވަސީލަތްތައް ބޭނުންކުރުމުން މައުލޫމާތާއި އެހެނިހެން މުހިއްމު ވަޞީލަތްތައް ބޭނުންކުރުމަށް ދަރިވަރުންނަށް ފަސޭހަވެގެންދެއެވެ. މިގޮތުން އިންޓަރނެޓްގެ ވަޞީލަތް ތައާރަފް ކުރެވުމާއިއެކު ކުދިންނަށް ލިބގެންދިޔަ ފުރުޞަތުތަކުގެ ތެރެއިން އެކިއެކި ފަރާތްތަކުން ކޮށްފައިވާ ރިސަރޗްތަކާއި ކިވަޔާ މާއްދާތަކާއި ގުޅުންހުރި އެހެނިހެން ކަންކަން  ދަސްކުރުމަށް ފުރުޞަތު ލިބިގެން ދެއެވެ (ބޮސްޓޮން ޔުނިވާރސިޓީ އިންފޯމޭޝަން ސާރވިސް އެންޑް ޓެކްނޮލޮޖީ, n.d.)،. މިގޮތުން ސެކަންޑަރީ އެޑިއުކޭޝަންގައި އެކުދިން ކިޔަވާނެ ދާއިރާއެއް ކަނޑައެޅުމަށާއި ދުނިޔޭގެ އެހެންޤައުމުތަކުގައި ކިޔަވާކުދިންނާއި ބައްދަލުވެ ވާހަކަދައްކުމުގެ ފުރުޞަތު ލިބިގެންދެއެވެ. 
ތަފާތު ލާރނިންގ އެންވާރަމެންޓްސް ތަކަށް ބަލާއިރު ބްލެންޑެޑް ލާރނިންގ އެންވާރަމެންޓްސް ތަކާއި ފްލިޕްޑް ކުލާސްރޫމުތައް ވެސް ފާހަގަކޮށްލެވެއެވެ. އަދި ހަމަ އެހެންމެ އޮންލައިން ލާރނިންގެ ތެރެއިން ވާރޗްއަލް ލާރނިންގ އެންވާރަމެންޓަކީ ވެސް އުނގެނުމާއި އުނގަންނައި ދިނުމުގައި އައި.ސީ.ޓީ ބޭނުންކުރެވޭ ފާހަގަކޮށްލެވޭ ބޮޑެތިކުރިއެރުން ތަކެއް ހޯދާފައިވާ އަދި މިހާރުވެސް ބޭނުންކުރަމުން އަންނަ ގޮތެކެވެ. މިގޮތުން ޒަމާނީ ވަސީލަތްތައް ބޭނުންކުރެވޭ ވަރަށް ގިނަ ލާރނިންގ އެންވާރަމެންޓްސްތައް އުފެދިފައިވާކަން މިއެއްކުރެވުނު މަޢުލޫމާތު ތަކުން އެގިގެން ދިޔައެވެ. އެހެން ނަމަވެސް މިލިބުނު މަޢުލޫމާތުގެ މައްޗަށް ބިނަކޮށް މީގެތެރެއިން މި އެސައިންމެންޓްގައި މިބަލާލަނީ އައިސީޓީ ބޭނުންކޮށްގެން އުނގަންނައިދެވޭ ތަފާތު 7 (ހަތެއް) ހާލަތެއްގެ މައްޗަށެވެ. 
ޖަކަށް އައިސީޓީގެ ވަކި ޓޫލްއެއް ބޭނުމެއްނުވާނެއެވެ (ޕޮވް ޓޫން 2015)،.

ފުލްލެބް ލާރނިންގ އެންވާރަމެންޓް

މި އެންވާރމެންޓްގައި ދަރިވަރުން ދަސްކުރާނީ ހުޅުވިފައިވާ މާހައުލެއްގައެވެ. މި މާޙައުލުގައި ކޮންމެ ދަރިވަރަކަށް ވަކި ޑިވައިސްއެއް (ކޮމްޕިއުޓަރެއް/ލެބްޓޮޕެއް) ބޭނުންކުރާނެއެވެ. އެހެންކަމުން މިޕްލެޓްފޯމްގައި ދަރިވަރުން މަސައްކަތްކުރާނީ އަމިއްލައަށް ކަންކަން އެކްސްޕްލޯރކޮށްގެން އިންޑިވިޖުއަލްކޮށް މިނިވަން މާޙައުލެއްގައެވެ. ދަސްކުރުމަކީ ނުވަތަ އުނގެނުމަކީ އެކުއްޖެއްގެ އަމިއްލަ ޒިންމާއެއްކަމުގައި ދެކިގެންނެވެ(ޕޮވް ޓޫން 2015)،

ލާރނިންގ ސެންޓަރ

މި ޕްލެޓްފޯމުގައި ދަރިވަރުން އުނގެނޭނީ  ގުރޫޕްކޮށްނާއި ވަކިވަކިންނެވެ. ތަފާތު ސްޓްރެޓެޖީސްތައް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ މި އެންވާރަމެންޓްގައި ކުދިން އުނގެނޭނީ ތަފާތު ލާރނިންގ ސްޓޭޝަންތަކުގައެވެ. މިގޮތުން އެކިސްޓޭޝަންތަކުގައި ކުރިއަށްދާނީ އެކިމަސައްކަތްތަކެވެ. ލާރނިން ސެންޓަރ އެންވާރމެންޓްގައި ދަރިވަރުންގެ ޕްރޮޖެކްޓް މަސައްކަތްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައްފަދަ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދެވެއެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެސިސްޓިވް ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ އައިސީޓީ ޓޫލްސްތައް ވެސް މި އެންވާރަމެންޓްގައި ކުރިއަށްގެންދެވެއެވެ. މިގޮތަށް ދަރިވަރުންގެ އަމިއްލަ އިޚުތިޔާރުގެ މައްޗަށް ބިނާކޮށް އުނގެނުމުގެ ފުރުސަތުދިނުމުން އަމިއްލަނަފުސު ތަރައްޤީވުމާއެކު ދިރިއުޅުމަށް ބޭނުންވާ ތަފާތުހުނަރުތައް ދަސްވެގެންދާނެއެވެ.

ވާރޗްއަލް ލާރނިންގ އެންވާރަމެންޓް

ވާރޗްއަލް ލާރނިންގ އެންވާރަމެންޓަކީ އޮންލައިންކޮށް އުނގެނުމާއި އުނގަންނައިދިނުން އިންތިޒާމްކުރެވިފައިވާ މާހައުލެކެވެ. މިއީ ގެއާއި މަދަރުސާއާއި ބެލެނިވެރިންގެ ގުޅުން ބަދަހިކޮށްދޭ އުނގެނުމުގެ ޚާއްސަ ވެއްޓެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ތަފާތު އޮންލައިން ކޯސްތައް ހިންގެއެވެ.  މިވައްތަރުގެ ލާރނިންގ އެންވާރަމެންޓް ކުރިއަށްގެންދަނީ ޚާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ދަރިވަރުންނަށް ބޭނުންވާ މަސައްކަތްތައް ފޯރުކޮށްދީގެންނެވެ. މިގޮތަށް ބޭނުންކުރެވޭ ވަރަށް ގިނައެޕްލިކޭޝަންތައް މިހާރު ވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ތެރޭގައި ޢާންމުފެވައެވެ. އެގޭތެރއިން ވެސް މޫޑްލްއާއި ކެންވާސް ފަދަ އެޕްލިކޭޝަންތައް ފާހަގަކޮށްލެވެއެވެ. މި އެޕްލިކޭޝަންތައް މެދުވެރިކޮށް ދަރިވަރުން އުނގެނޭއިރު ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން މިވެށީގެ ތެރެއިން ފޯރުކޮށްދެވެއެވެ. އެގޮތުން ޑިސްކަޝަން ފޯރަމްތަކާއި އޮންލައިން ޓާސްކުތަކާއި އެސައިންމެންޓްފަދަ މަސައްކަތްތައް ކުރިއަށް ގެންދެވެއެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންނަށް އަންގަންޖެހޭ ހުރިހާ އެނގުންތަކާއި ދަރިވަރުންގެ މަސައްކަތްތަކުގެ ފިޑުބެކް ވެސް މި އެންވާރަމެންޓް މެދުވެރިކޮށް ދަރިވަރުންނަށް ފޯރުކޮށްދެވެއެވެ. (Martin Dougiamas, 2003)

ވަން ކޮމްޕިއުޓަރ ކުލާސްރޫމް


ވަންކޮމްޕިއުޓާރ ކުލާސްރޫމް އެންވާރަމެންޓްގައި ބޭނުންކުރަނީ އެންމެ ކޮންޕިއުޓަރެކެވެ. މި ފަދަކުލާސްރޫމްތަކުގައި ގެންދެވޭނީ ދަރިވަރުން ބައިވެރިކޮށްގެން ގެންދެވޭފަދަ ޙަރކާތްތަކެވެ. މިސާލަކަށް ގްރޫޕް ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އަދި ޕްރޮޖެކް ފަދަ މަސައްކަތްތައް ހުށަހެޅުންފަދަ ކަންކަމަށް މިފަދަ ކުލާސްރޫމްތައް ބޭނުންކުރެވެއެވެ. މި މާހައުލުގައި މަސައްކަތްކުރެވޭނީ ފަހަރަކު ދަރިވަރަކަށެވެ. ފިލާވަޅާއިގުޅޭ ވިޑިއޯދެއްކުމާއި އެކު ހުރިހާދަރިވަރުން އެއް އެކްޓިވިޓީއެއްގައި އެންގޭޖުކުރެވޭފަދަ އެކްޓިވިޓީސްތައް ވެސް މިވައްތަރުގެ މާހައުލުގައި ކުރިއަށް ގެންދެވެއެވެ.

މޮބައިލް ލާރނިންގ އެންވާރަމެންޓް

މިއީ އެންމެފަހުގެ އައިސީޓީ ގޮތްތައް ބޭނުންކޮށްގެން އުނގަންނައިދެވޭ  ލާރނިންގ އެންވާރަމެންޓެކެވެ. މި އެންވާރަމެންޓްގައި އުނގަންނައިދޭއިރު ކަރުދާހާއި ޓެކްސްޓްފޮތް ބޭނުންކުރާކަށް ނުޖެހޭނެއެވެ. މި ޕްލެޓްފޯމްގައި އުނގެނުން ކުރިއަށްދާނީ އެންމެ ފަހުގެ އައި.ސީ.ޓީ ޓޫލްސްތައް ބޭނުންކޮށްގެންނެވެ. އެގޮތުން ސްމާރޓްފޯނާއި، ޓެބްލެޓާއި އައިޕެޓްގެ އިތުރުން އެންޑްރޮއިޑްގެ ހުރިހާ ޑިވައިސްތައް މި މާހައުލުގައި ބޭނުންކުރެވިގެން ދާނެއެވެ. މީގެއިތުރުން ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށްގެން ވެސް މި އެންވާރަމެންޓްގައި އުނގެނުން ކުރިއަށްގެންދެވޭނެއެވެ. އަދި މިއީ ކުލާސްރޫމުގެ އިތރުން އައުޓް ޑޯ ލާރނިންގ އެކްޓިވީސްތައް ގެންދެވޭ މިނިވަންކަމާއެކު ބޭނުންވަގުތަކު ބޭނުންތަނެއްގައި އުނގެނި ދަސްކުރާ މާހައުލެކެވެ. އިޖުތިމާއީ ވިއުގަތަތަކަކުން ގުޅިފައިވާ މި މާޙައުލުގައި އުނގެނުމުގެ އެންމެ ފަހުގެ ގޮތްތައް ބޭނުންކުރެވިގެންދެއެވެ (ޕޮވް ޓޫން 2015).

ތަފާތު ވައްތަރުގެ ލާރނިންގ އެންވާރަމެންޓްސް ތަކުގައި އައިސީޓީ ބޭނުންކުރުމުގެ ފައިދާތަކާއި ގެއްލުންތައް.


އައިސީޓީއަކީ އުނގެނުމާއި އުނގަންނައިދިނުމަށް ފަސޭހަ ވަސީލަތެކެވެ. މުދައްރިސުން ފިލާވަޅު ނަގައިދިނުމުގައި މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ދަރިވަރުން ޝައުޤުވެރިވާ ގޮތަށް ފިލާވަޅު ތައްޔާރު ކުރެވެއެވެ. ޓީޗަރުންގެ ހުނަރު ބޭނުން ކޮށްގެން ދަރިވަރުން ފިލާވަޅު ފަސޭހައިން ނަގައިގަންނަ ގޮތަށް އަދި އެކުދިންގެ ބައިވެރިވުން ވެސް ހިމެނޭގޮތަށް ފިލާވަޅު ކުރިއަށް ގެންދެވެއެވެ. މިގޮތަށް ހެދުމުގެ ސަބަބުން ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް ފުރުޞަތު ލިބުމުގެ އިތުރުން ކުދިން ކިޔަވާ މާޙައުލަކީ އުފާވެރި އަދި ފައިދާކުރުވަނިވި މާހައުލަކަށްވެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި އުނގެނި ދަސްކުރުމުގެ 3 ގޮތެއްވެއެވެ. އެއީ އަޑުއަހައިގެން ދަސްކުރާކުދިންނާއި ބަލައިގެން ދަސްކުރަކުދިންނާއި އެކަމެއްކޮށްގެން ދަސްވާކުދިނެވެ. މި ތިންބަޔަށް ހަމަގޮތެއްގައި ތަޢުލީމުފޯރުކޮށްދިނުމަށް އައިސީޓީގެ ބޭނުންހިފަންޖެހެއެވެ. ހަމައެފަދައިން ޚާއްސައެހީއަށް ބޭނުންވާކުދިންނާއި، އުނގެނުމުގައި ޚާއްސަހާލަތްތައް ދިމާވެފައިވާ ކުދިންތައްވެސް އުނގަންނައިދޭ މާޙައުލުގައި ޝާމިލުވެގެންދާތީވެ އައި.ސީ.ޓީގެ ވަސީލަތްތައް ކިޔަވައިދޭ މާހައުލުތަކުގައި ބޭނުންކުރުމަކީ ނުހަނު ފައިދާހުރިކަމެކެވެ. 
އުނގަންނައިދިނުމުގައި އައިސީޓީ ބޭނުންކުރުމުން އުނގެނުމަކީ މާނަހުރުއެއްޗެއްކަމުގައި ދެކިގެން އުނގެނުމުގެ ޒިންމާ އަމިއްލައަށް ނަގައެވެ. އަދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ގިނަކަންކަން ޙާސިލުކުރެވިގެންދިއުމުގެ އިތުރުން އިންސާނުންގެ ހަމަލޮލަށް ނުފެންނަ ކިތަންމެކަމެއް ދެނެގަނެވެއެވެ. ހަމައެހެންމެ މިކަމުގެ ސަބަބުން ދަރިވަރުންގެ ވިސްނުންތަރައްގީވެ ދިމާވަ އެކިކަހަލަ މައްސަލަ ތައް ހައްލުކުރުމުގެ ޤާބިލުކަން ލިއްބައިދިނުމާއެކު، ދަރިވަރުންގެ ކްރިއޭޓިވް އެންޑް ކްރިޓިކަލް ތިންކިންގސްކިލް ތަރައްޤީވެ ކުރިއަރައިގެންދެއެވެ.

އައި.ސީ.ޓީ ބޭނުންކުރުމުގެ ސަބަބުން ލިބޭގެއްލުންތައް

އައިސީޓީގެ ސަބަބުންލިބޭގެއްލުންތައް ހާމަކޮށްދެއްވުމަށް ނަސްރުﷲ މުސްޠަފާ (2018)، ވިދާޅުވެފައިވަނީ "އައިސީޓީގެ ވަސީލަތަކީ ދެމިޔަލީ ކަނޑިއެކެވެ. ހެޔޮގޮތުގައި އައި.ސީ.ޓީގެ ބޭނުންހިފަން ދަސްކޮށް ނުދެވިއްޖެނަމަ ދަރިފުޅުގެ އަތަށް އެދެވެނީ ވަރަށް ތޫނު ކަނޑިއެކެވެ." އެހެންކަމުން މިއީކިތަންމެ ފައިދާހުރި ކަމަކަށްވިއަސް މިކަމާއިމެދު ސަމާލު ނުވެވިއްޖެނަމަ ލިބޭފައިދާތަކަށް ވުރެ ގެއްލުން މާބޮޑުކަމަށެވެ.

ނުރަނގަޅުގޮތުގައި އައިސީޓީ ބޭނުންކުރުމުން ލިބޭ ގެއްލުންތަކުގެތެރޭގައި އެހެންމީހުންގެ ފިކުރީ މުދަލަށް ރައްކާތެރި ނުވެވުން ހިމެނެއެވެ. އަދި އަމިއްލަ އަބުރާއި ކަރާމަތަށް އަސަރުފޯރުވާފަދަ މަންޒަރުތައް ސިފަކުރެވޭ ކަންކަންބެލުމާއި ދިރިއުޅުމުގެ އަގުހުރި ވަގުތުތައް ކުޅިވަރާއި މަޖަލުގައި ހޭދަވުމުގެ އިތުރުން ދީނީގޮތުންނާއި، އަޚުލާގީގޮތުން ހިފަހައްޓަންޖެހޭ އުސޫލުތަކަށް ބުރޫއެރުން ހިމެނެއެވެ. އަދި ކަންކަމުގައި އެންމެ އެކަށޭނަ ތެދު ޚަބަރާއި މަޢުލޫމާތު ދެނެގަންނަން އުނދަގޫވުމާއި، އުމުރާއިނުގުޅޭ ތަސްވީރާއި ވީޑިއޯފަދަ ތަކެއްޗަށް އެކްސެސް ދެވިފައިވުމުގެ ސަބަބުން ދަރިވަރުންގެ އަޚުލާގަށް ނޭދެވޭ އަސަރުފޯރުވައެވެ. ހަމައެހެންމެ ޙަރކާތްތެރިވެ އުޅުމަށް ލިބޭވަގުތު މަދުވެ ސްކްރީން ޓައިމް ގިނަވުމުގެ ސަބަބުން އެންޒައިޓީއަށް މަގުފަހިވެ ތަފާތު ޑިސްއޯޑަރތައް ގިނަވެގެންދެއެވެ. އަދި އަގަބަހުން ކުރެވޭ މުޢާމަލާތު މަދުވުމުގެ ސަބަބުން ވާހަކަދެއްކުމުގެ ހުނަރު ދަށްވެ، އެކަކުއަނެކާއޮންނަ އިޖުތިމާއީ ގުޅުންކުޑަވެގެން ދިއުން ހިމެނެއެވެ. އަދި ގިނަވަގުތު އެއްކަމެއްގައި އެންގޭޖުވެގެން އުޅުމުގެ ސަބަބުން ސިއްހަތަށް ނޭދޭވޭ އަސަރުކުރެއެވެ. އަދި މިނޫނަސް މިފަދަ އެތައް ގެއްލުމެއް އައިސީޓިގެ ސަބަބުން އިންސާނުންނަށް ލިބިގެންދެއެވެ.

އުނގެނުމާއި އުނގަންނައިދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމާއި ބެހޭގޮތުގެ މަޝްވަރާ

އުނގަންނައިދިނުމުގައި އައި.ސީ.ޓީގެ ވަސީލަތްތައް ބޭނުންކުރުމުން ކުލާސްރޫމުގެ ޓިޗިންގ ފަހިވެގެންދާވަރު  މަތީގައިބަޔާންކުރެވިގެން ދިޔަ ވާހަކަތަކުން ވަރަށް ސާފުކޮށް އެގެއެވެ. އެހެނީ އުންގަނައިދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުން ދަރިވަރުން ކިޔެވުމުގައި ޝާމިލުވެގެންދާވަރާއި އެކަމުގެ ސަބަބުން ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވެ ހުނަރުތައް ތަރައްގީވާކަން އެބައެގެއެވެ. ކުރީޒަމާނުގައި އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަނީ ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ހަދައިގެން ގޮސް ހަމައެކަނި އެދައްކާލުމުން އައި.ސ.ޓީ ބޭނުންކުރެވުނީކަމުގައެވެ. ނަމަވެސް އެޒަމާން މާޒީއާއިއެކުވެ މިހާރު މިވަނީ ޓެކްނޮލޮޖީގެ ވަރަށްގިނަ އާލަތްތައް ތަޢާރަފުވެފައެވެ. އެގޮތުން ވަން ލެބް އެންވާރަމެންޓުންފެށިގެން މޮބައިލް ލާރނިންގ އެންވާރަމެންޓާއި ހަމައަށް މިވަނީ އެންމެފަހުގެ ވަސީލަތްތައް ތަޢާރަފުވެފައެވެ. އެހެންކަމުން މިއަދު އަތުގައި ގެންގުޅޭ ސްމާޓްފޯން ބޭނުންކޮށްގެން ވެސް ކުލާސްރޫމް ޓީޗިންގ ގެންދިއުމަކީ އުނދަގޫކަމެއްނޫނެވެ. ހަމައެހެންމެ ގޫގްލް ކުލާސްރޫމާއި. މެންޓިމީޓާރ، ސްލައިޑޯފަދަ އެޕްލިކޭޝަންތައް  މެދުވެރިކޮށްވެސް ތަފާތު ވައްތަރުގެ އުނގަންނައިދިނުން ކުރިއަށް ގެންދެވެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ މިފަދަ އެއްވެސް ވަސީލަތެއް އިންޓަރެނެޓާއިނުލައި ކުރިއަށް ނުގެންދޭވޭކަމެކެވެ.
ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އުނގަންނައިދިނުމަކީ ކިތަންމެ ފައިދާހުރިކަމަކަށް ވިއަސް އެކަމަކީ އޭގެސަބަބުން ވަރަށްގިނަ ނުރައްކާތަކާއިވެސް ކުރިމަތިލާންޖެހޭ ކަމެއްކަން އިސްވެދިޔަ ވާހަކަތަކުން އެގިގެންދެއެވެ. އެހެނީ މީގެ ސަބަބުން ލިބޭފައިދާއަށްވުރެ ލިބޭގެއްލުން ވެސް މަދުނޫންކަމެވެ. އެހެންކަމުން ކޮންމެގޮތަކަށް އައިސީޓީ ބޭނުންކުރިކަމުގައި ވިއަސް އޭގައި ސަމާލުކަން ދޭނެޖެހޭކަންކަން ވެސް ހުރިކަން ފާހަގަކޮށްލަންޖެއެވެ. އެގޮތުން އިންޓަރނެޓުން މަޢުލޫމާތު ހޯދުމުގައި އެންމެ އެކަށޭނަމަޢުލޫމާތު ހޯދުމަށާއި، ވަގުލުނުކުރުމަށް ސަމާލުކަން ދިނުމަށް ބާރުއެޅުމުގެ އިތުރުން ދީނީގޮތުންނާއި އަޚުލާގީގޮތުން ގެންގުޅެންޖެހޭ އުސޫލުތަކަށް ވެސް ސަމާލުވާންޖެހެއެވެ. އަދި ބޭކާރުގޮތުގައި އިންޓަނެޓް ބޭނުން ނުކުރުމަށާއި، ތިމާއާއި އެހެންމީހުންގެ ކަރާމަތަށް ރައްތެރިވާނޭގޮތް ވެސް ދަސްކޮށްދޭންޖެހެއެވެ. އެހެންކަމުން ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ދަރިވަރުން އުނގެނެމުންދާއިރު މުދައްރިސުންނާއި، ބެލެނިވެރިން ވެސް މިކަންކަން ރަނގަޅަށް ދެނެތިބެ މި ގެއްލުންތަކުން ދަރިވަރުން ރައްކާތެރި ކުރުވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. އިންޓަރނެޓް ބޭނުންކުރުމުގައި މިދެންނެވި ކަންތައްތަކަށް ސަމާލުކަން ނުދެވިއްޖެނަމަ ދަރިވަރުންނަށް ދާންވީ ރަނގަޅުމަގުއޮޅިގެން ދިއުމަކީ ދުރުގައިވާ ކަމެއްނޫނެވެ.
2015 ވަނައަހަރުން ފެށިގެން ދިވެހިރާއްޖޭގައި ތަންފީޒުކުރަމުން އަންނަ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ މައިގަނޑު 8 ޤާބިލިއްޔަތުގެ ތެރޭގައި ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން ހިމެނިފައިވީ ހިނދު ޓެކްނޮލޮޖީގެ ވަސީލަތްތައް އުނގަންނައިދޭ ކޮންމެ މާހައުލެއްގައި ވެސް ބޭނުންކުރަން ޖެހެއެވެ. ސަބަބަކީ ހަލުވިކަމާއެކު ބަވަނަވަމުންދާ ދުނިޔޭގައި އުނގެނުމާއި މުޢާމަލާތުކުރުމުގެ ވަސީލަތެއްގެ ގޮތުން ތަފާތު ޓެކްނޮލޮޖީ ބޭނުންކުރުމުގެ ކުޅަދާނަކަން ދަރިވަރުންނަށް ލިއްބައިދިނުމަށެވެ. އެހެންކަމުން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން މާއުލޫމާތު ހޯދާނޭގޮތާއި އެމަޢުލޫމާތުތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރެވޭނެގޮތްތައް ދަސްކޮށްދިނުމަކީ މިއަދު ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފާރާތްތަކެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ މަގުފަހިކޮށްދީ މުދައްރިސުންނާއި ދަރިވަރުން އެއަށް އަހުލުވެރި ކުރުވުމަކީ މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލުކަމުގައި ދެކެމެވެ.
ދަރިވަރުން އިންޓަރނެޓްގެ ވަސީލަތްތައް ބޭނުންކުރާނެ ރަނގަޅު މަގު ނުދެއްކިއްޖެނަމަ އެކުދިން މުސްތަގުބަލު ބަނަވުމާއި، ޢަގީދާ ބަލިކަށިވުން ފަދަ ނުރައްކާތެރި އެތައްކަމަކާއި ކުރިމަތިލާންޖެހުމަކީ ދުރުގައިވާ ކަމެއްނޫނެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތުކުރުމުގައި ޙިއްސާވާ އެންމެހާ ފަރާތްތައް މިކަމަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ނިންމުން.

އެސައިންމެންޓް 1 ގެ ލާރނިންގ ޓާސްކް ޕޯޓްފޯލިއޯގެ ދެވަނަ މަސައްކަތަށް އަޅުގަނޑަށްލިބިވާ މާއުޟޫއު، "ތަފާތު ލާރނިންގ އެންވާރަމެންޓްގައި އައިސީޓީ ބޭނުންކުރެވިދާނެ ގޮތްތައް" ދެނެގަންނަން ކުރިމަސައްކަތުން މި މަޢުޟޫޢާއި ގުޅޭގޮތުން ވަރަށްގިނަ އެއްޗެހި އަޅުގަނޑަށް ދަސްވެގެންދިޔައެވެ. އެގޮތުން އެމާޙައުލެއްގައި އައި.ސީ.ޓީ ބޭނުންކުރެވިދާނެ ތަފާތު ވައްތަރުގެ ލާރނިންގ އެންވާރަމެންޓުތައް އެނގިގެން ގެންދިޔައެވެ. އަދި އޭގެކޮންމެ ލާރނިންގ އެންވާރަމެންޓެއްގައި އައި.ސީ.ޓީ ބޭނުންކުރެވޭނީ ކިހިނެއްކަމާއި،އެކަމުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް ކުރާނެ އަސަރުތައް ވެސް އެނގިގެންދިޔައެވެ. އުނގަންނައިދިނުމުގައި އައިސީޓީ ބޭނުންކުރުމުން ދަރިވަރުންގެ އުނގެނުމަށްކުރާ ރަނގަޅުއަސަރުގެ ތެރޭގައި އުނގެނުމަކީ މާނަހުރިއެއްޗެއްކަމުގައި ދެކިގެން އުނގެނުމުގެ ޒިންމާއަމިއްލައަށް ނަގަންދަސްވުމާއި، ދަރިވަރުންގެ ކިބައިގައިވާ އިންޑިވިޖުއަލްހުނަރު ކުރިއެރުވުމަށް ފުރުސަތުލިބުމުގެ އިތުރުން ބަވަނަވަމުންދާ ދުނިޔެއަށް ދަރިވަރުން ލޯހުޅުވިގެންދާނެ ތާފަތުގޮތްތައް އެގިގެންދިޔައެވެ. ހަމައެހެންމެ ދަރިވަރުން އައި.ސީ.ޓީ ބޭނުންކުރުމުގައި ރައްކާތެރިވާންޖެހޭ ކަންކަމުގެ ތެރޭގައި އެހެންމީހުންގެ ޙައްގުތަކަށް އަރައިނުގަތުމަށާއި، ތިމާގެ އަމިއްލަ އަބުރާކާރާމަތް ރައްކާތެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ވެސް އެގިގެންދިޔައެވެ.
މިއެސައިންމެންޓަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އަޅުގަނޑު ކުރިމަސައްކަތުން އައި.ސީ.ޓީއާއިބެހޭގޮތުން ކުރިން އަޅުގަނޑަށް އެނގިފައިނެތް އާއެއްޗެހިތައް ވެސް ދަސްވެގެންދިޔައެވެ. އެގޮތުން ޕެޑްލެޓް ވޯލްއާއި، މެންޓިމީޓާރއާއި، ޒުނާލް. ކޮމްފަދަ ފަހުގެ އެޕްލިކޭޝަންތައް ކިޔަވައިދިނުމާއި ގުޅުވާލާނޭގޮތް ދަސްވިއެވެ. މިސާލަކަށް ޒުނާލް.ކޮމްގެ އައިޑީއެއްހެދުމަށްފަހު ދަރިވަރުންނަށް ދޭންބޭނުންވާ ޕްރޮޖެކްޓް މަސައްކަތްތައް އަޕްލޯޑްކުރުމަށްފަހު މަސައްކަތާއިބެހޭގޮތުން ދަރިވަރުންނަށް ދޭންޖެހޭ ހުރިހާ އިރުޝާދެއް އައިސީޓީގެ ތެރެއިން ދިނުމަށްފަހު ހަރުފަތަކަށްފަހު ހަރުފަތެއް ކުރިއަށްގެންދާނެގޮތާއި މާރކިންގ ރުބުރިކްވެސް އޭގައި ބޭނުންކުރެވި ދަރިވަރުންނަށް ފީޑްބެކް ދޭނެގޮތް ދަސްވެގެންދިޔައެވެ. އަދި ވިކީ. އީ. ޕޯޓްފޯލިއޯގައި ވެސް މިގޮތަށް ދަރިވަރުންގެ މަސައްކަތްތައް ގެންގޮސް އަމިއްލައަށް ކުރާ މަސައްކަތްތައް ކޮމްޕައިލްކޮށްގެން ރައްކާތެރިކޮށް ބެލެހެއްޓޭނެކަން ދަސްވެގެންދިޔައެވެ. މީގެއިތުރުން ޕެޑްލެޓް ވޯލްފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ވެސް އައިސީޓީ ބޭސްކޮށް ދަރިވަރުން ލައްވައި މަސައްކަތް ކުރުވާނޭގޮތް ދަސްކުރެވުނެވެ. މި މަސައްކަތުގެ ތެރެއިން އަޅުގަނޑަށް އެންމެބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ އުނގަންނައިދިނުމުގައި އައި.ސީޓީގެ ވަސީލަތްތައް ބޭނުންކުރެވެނީ ހަމައެކަނީ ކުލާސްރޫމުގެ މާހައުލުގައި ނޫންކަމެވެ. އެގޮތުން އެންމެފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކޮންމެތަނެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް އުނގެނުން ކުރިއަށް ގެންދެވިދާނެކަމެވެ.

އެހެންކަމުން މިއީ އަޅުގަނޑަށް ވަރަށްގިނައެއްޗެހިތަކެއް ދަސްވެގެންދިޔަ ފައިދާކުރަނިވި މަސައްކަތެއްކަމުގައި ދެކެމެވެ.

 ރިފެލެކްޝަން

 ބްލޮކް 2 ގެ މިޓާސްކު ފުރިހަކުރުމަށް ކުރި މަސައްކަތްތަކުން އަޅުގަނޑަށް ވަރަށްގިނަ އެއްޗެހި ދަސްވެގެންދިޔައެވެ. އެގޮތުން އެމާޙައުލެއްގައި އައި.ސީ.ޓީ ބޭނުންކުރެވިދާނެ ތަފާތު ވައްތަރުގެ ލާރނިންގ އެންވާރަމެންޓުތައް އެނގިގެން ގެންދިޔައެވެ. ހަމައެހެންމެ ދަރިވަރުން އައި.ސީ.ޓީ ބޭނުންކުރުމުގައި ރައްކާތެރިވާންޖެހޭ ކަންކަމުގެ ތެރޭގައި އެހެންމީހުންގެ ޙައްގުތަކަށް އަރައިނުގަތުމަށާއި، ތިމާގެ އަމިއްލަ އަބުރާކާރާމަތް ރައްކާތެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ވެސް އެގިގެންދިޔައެވެ.
މިމަސައްކަތް ކުރުމުގެ ތެރެއިން މައުޟޫއާއި ބެހޭގޮތުން ކުރިން އަޅުގަނޑަށް ނޭގޭ އާއެއްޗެހިތައް ވެސް ދަސްވެގެންދިޔައެވެ. އެގޮތުން މެންޓިމީޓާރއާއި، ޒުނާލް. ކޮމްފަދަ ފަހުގެ އެޕްލިކޭޝަންތައް ކިޔަވައިދިނުމާއި ގުޅުވާލާނޭގޮތް ދަސްވިއެވެ. މީގެއިތުރުން އުނގަންނައިދިނުމުގައި އައި.ސީޓީގެ ވަސީލަތްތައް ބޭނުންކުރެވެނީ ހަމައެކަނީ ކުލާސްރޫމުގެ މާހައުލުގައި ނޫންކަމާއި، އެންމެފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ކޮންމެތަނެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް އުނގެނުން ކުރިއަށް ގެންދެވިދާނެކަން ވެސް އެގިގެންދިޔައެވެ. 

އެހެންކަމުން މިއީ އައިސީޓީއާއި ބެހޭގޮތުން އަޅުގަނޑަށް ވަރަށް ގިނަ އެއްޗެހި ދަސްވެގެންދިޔަ ފައިދާކުރުވަނިވި މަސައްކަތެއްކަމުގައި ދެކެމެވެ. 

ރިފަރެންސް


(n.d.).
Boie Tumaneng . (12/September/2016). Educational Technology-competencies and standards. ނެގީ https://www.slideshare.net: https://www.slideshare.net/elsonbtumaneng/competencies-of-integrating-technology-and-pedagogy-in-varying?qid=7db1368d-2698-4331-8918-facedf60ac1e&v=&b=&ނެގީ_search=1
Dr. Brenda B. Corpuz. (3/July/2017). ICT in the Learning Environment. ނެގީ https://www.youtube.com: https://www.youtube.com/watch?v=-k9tZS-kTnw
Martin Dougiamas. (2003). World Conference on Educational Media and Technology. Moodle: Using Learning Communities to Create an Open Source Course Management System, pp. 171–178.
ނަސްރުﷲ މުސްޠަފާ. (22/ޑިސެމްބަރ/2018). އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އަކީ ރާއްޖެއަށް ކިހާ ފައިދާ ހުރި އެއްޗެއްބާ؟. ނެގީ https://halinews.com: https://halinews.com/14351/#_ftn1
ބޮސްޓޮން ޔުނިވާރސިޓީ އިންފޯމޭޝަން ސާރވިސް އެންޑް ޓެކްނޮލޮޖީ. (n.d.). ކްލާސްރޫމް ޓެކްނޮލޮޖީ އޯވަރވިޔު. Retrievedނެގީ http://www.bu.edu: http://www.bu.edu/tech/services/teaching/classroom/technologies/
އިންގްލިޝް؛ ޔުނައިޓެޑް ސްޓޭޓްސް. (28/ފެބުރުއަރީ/2018). އެންހޭންސިން އޭޝިޢަސް ލާރނިނގް އެންވާރަމެންޓްސް ވިތު ޓެކްނޮލޮޖީީ. ނެގީ https://news.microsoft.com: https://news.microsoft.com/apac/2018/02/28/enhancing-learning-environments-technology
އިސްމާޢީލް ޙާބީބު. (2013). ދިވެހިރާއްޖޭގައި ދުރުންދޭ ތަޢުލީމުގެ ތަޖުރިބާ:މައްސލަތަކާއި ކާމިޔާބީތައް. The Maldives National Journal of Research, Vol. 1, No. 1, June 2013, pp. 74-96. ނެގީ http://saruna.mnu.edu.mv/jspui/bitstream/123456789/216/1/Distance-education-experiences-mnjrv1n1%2025%20correct%20version.pdf
ޕޮވް ޓޫން. (4/ޖޫން/2015). އައި.ސީ.ޓީ އެންވާރަމެންޓް. From https://www.youtube.com: https://www.youtube.com/watch?v=MNpqZd-dt8M



_________________________________________________________

  4 - ޓާސްކު 3: 

އެސެސްމެންޓް ފޯރލާނިންގ އެކްޓިވިޓީ 


__________________________________________________________

މަސައްކަތުގެ ތަޢާރަފު
ޕޯޓްފޯލިއޯ ޓާސްކް3 ގައި މިވަނީ ހަވާލުކުރެވޭ މަޢުޟޫއަކަށް ކުރިން ނުދަންނަ އާ ޓޫލްއެއް ބޭނުންކޮށްގެން އެސެސްމެންޓް ފޯރލާރނިންގއަށް އެކްޓީވީޓީއެއް ތައްޔާރުކޮށްގެން ކުލާހުގައި ގެންދިއުމުގެ ގޮތުން ތައްޔާރުކުރެވުނު ކުއިޒެކެވެ.  މި މަސައްކަތަކީ ދެކުދިންގެ ގުރޫޕްގައި ކުރަންޖެހޭ މަސައްކަތެއްކަމުން އަޅުގނަޑުގެ ގުރޫޕްގެ އަނެއްބައިވެރިއަކީ އަޅުގަނޑާއެކު މިކުލާހުގައި ކިޔަވާ ދަރިވަރު ފާޠުމަތު ޝާމިލާއެވެ. މިމަސައްކަތްކުރުމަށް އަޅުގަނޑުމެން ގުރޫޕަށް ލިބިފައިވާ މަޢުޟޫއަކީ

" ދިވެހިރާއްޖޭގެ ކަރިކިއުލަމްގައި އައިސީޓީއާއިގުޅޭ ކީ ކޮމްޕިޓެންސީ ތަންފީޒުކުރުމަށް ކުރެވިދާނެކަންތައް" މި މަޢުޟޫއެވެ. މި މަސައްކަތް ކުރުމަށްޓަކައި ދެކުދިންގެ މަޝަވަރާއާއިއެކު ކުރިން ނުދަންނަ އާޓޫލްއަކަށް އަޅުގަނޑުމެން އިޚުތިޔާރު ކޮށްފައިމިވަނީ  www.gofomative.com އެވެ. ތިރީގައި މިވަނީ މި ޓޫލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެސެސްމެންޓް ފޯރ ލާރނިންގ އެކްޓިވިޓީއެއްގެ ގޮތުގައި ގެންދަން އަޅުގަނޑުމެން ތައްޔާރުކޮށްފައިވާ އެކްޓިވިޓީއެވެ. 




ކްއިޒްގެ ޔޫ .އާރު. އެލް

މިކުރެވުނު މަސައްކަތާއިމެދު ކުރުކޮށް.....
ކުރިން ނުދަންނަ އާޓޫލްއެއް ބޭނުންކޮށްގެން 3 ވަނަ ބޮލޮކްގައި މިކުރެވުނު މަސައްކަތަކީ އައިސީޓީގެ ތެރެއިން ކުރިންނޭގޭ ވަރަށް ގިނައެއްޗެހި ދަސްވެގެން ދިޔަ މަސައްކަތެކެވެ. ގޯފޯމެޓިވް ބޭނެނުންކޮށްގެން ދަރިވަރުންނަށް ތަފާތުފެންވަރުގެ މަސައްކަތްތައް ފޯރުކޮށްދެވެއެވެ. އެގޮތުން އިމޭޖް، ޓެކްސްޓް ބްލޮކްސް، ވީޑިއޯ އަދި ވައިޓްބޯޑުފަދަ ބައިތައް ވެސް ކިޔަވައިދިނުމުގައި ބޭނުންކުރެވެއެވެ. ހަމައެހެންމެ ދަރިވަރުންގެ މަސައްކަތް ވަޒަންކުރުމަށް ހުރިހާވައްތަރެއްގެ ސުވާލުތައް ހިމަނައިގެން  ކުއިޒު ތައްޔާރުކުރުމުގެ އިތުރުން މަޒުމޫންލިޔުންފަދަ މަސައްކަތްތައް ވެސް މިޕްލެޓްފޯމުގައި ކުރިއަށް ގެންދެވޭނެގޮތް ދަސްވެގެންދިޔައެވެ.  ކޯޑު ހިއްސާކޮށްގެންނާއި އީމެއިލް މެދުވެރިކޮށްގެންވެސް ދަރިވަރުންނަށް މަސައްކަތް ހިއްސާކުރެވޭ މި ޕްލެޓް ފޯމަކީ ކޮލަބްރޭޓިވްކޮށް ދަރިވަރުންނަށް މަސައްކަތް ކުރެވިދާނެ ޕްލެޓްފޯމެއްކަން އެގުނެވެ.
 މިމަސައްކަތް ކުރުމަށް ޓޫލްއެއް އިޚުތިޔާރުކުރުމަށް ވަރަށް ގިނަ ޓޫލްސްތައް ތަޖުރިބާކުރަން ޖެހުނެވެ. އެގޮތުން ކޮމިޔުނިކޭޓިވް ޓޫލްސްތަކާއި، ޕްރެޒެންޓޭޝަން ޓޫލްސްތަކުގެ އިތުރުން ކްއިޒިންގ، ޓެސްޓިންގ. އަދި ގޭމްސްގެ ގޮތުގައި ބޭނުންކުރެވޭނެ ގިނަ ޓޫލްސްތަކެއް ހުރިކަން ފާހަގަކުރެވުނެވެ. ދެކުދިންގެ ގުރޫޕްގައި މިކުރެވުނު މަސައްކަތުގެ ތެރެއިން އެކަކަށް އެގޭ އެއްޗެއް އަނެކަކަށް ހިއްސާކޮށް އުޅުމުގެ ފުރުސަތު ވެސް ލިބުމާއެކު މިއީ ކުރިއަށް އޮތްތާގައި އަޅުގަނޑުގެ ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ މަސައްކަތެއްގެ ގޮތުގައި ދެކެމެވެ.


_____________________________________________________


                5-  ޓާސްކު 4:  ކުއިޒް


_________________________________________________________
ތަޢާރަފު

މިއީ ލެކްޗަރާ ޙަވާލުކުރާ މަޢުޟޫއަކަށް 20 ސުވާލުހިމެނޭގޮތަށް ކުރުޖަވާބު ދޭ ކުއިޒެއް ތައްޔާރުކުރުމަށް ޙަވާލުކުރެވުނު މަސައްކަތެކެވެ. މި ކުއިޒުގައި އެމް.ސީކިޔުގެ 5 ސުވާލާއި، ކުރުޖަވާބުދޭ 5 ސުވާލަކާއި، ރަނގަޅުނުބައި ކަނޑައަޅަން ތައްޔާރުކޮށްފައިވާ 5 ސުވަލެއްގެ އިތުރުން ހުސްތަންފުރަން ވެސް 5 ސުވާލެއް ހިމެނިފައިވާނެއެވެ. އެންމެ ފަހު ބްލޮކުގައި ޙަވާލުކުރެވުނު މި މަސައްކަތަކީ ކޮންމެ ދަރިވަރަކުވެސް ވަކިވަކިން ކުރަންޖެހުނު މަސައްކަތެކެވެ.

މި މަސައްކަތް ކުރުމަށް އަޅުގަނޑަށް ލިބިފައިވާ މަޢުޟޫއަކީ " ކޮމިޔުނިކޭޓިވް ޓޫލްސް" އެވެ. މިމަސައްކަތް ކުރުމަށް އިރުޝާދުދެވިފައިވާ ފަދައިން މި މަޢުޟޫއަށް އަޅުގަނޑު ކުއިޒު ތައްޔާރުކޮށްފައި މިވަނީ ޓިޖިޓަލް ޓޫލްސް ތަކުގެ ތެރޭގައި ހިމެނޭ ގޫގްލް ފޯމެއް ބޭނުންކޮށްގެންނެވެ. އެއަށްފަހު އެ ކުއިޒު އީމެއިލް މެދުވެރިކޮށްގެންނާއި ވައިބާފަދަ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްގެން ކުލާހުގެ 10 ކުއްޖަކު ލައްވައި މިކުއިޒު ހައްދާފައިވާނެއެވެ. އަދި ދަރިވަރުންގެ ނަތީޖާ އެނަލައިޒު ކޮށް އޭގެތެރެއިން 6 ކުއްޖެއްގެ ނަތީޖާ ހިމަނައިގެން މާރކުޝީޓް ވެސް ތައްޔާރުކުރެވިފައިވާނެއެވެ.

ތިރީގައި މިހިމަނާލަނީ މި މަސައްކަތަށް އަޅުގަނޑު ތައްޔާރުކޮށްފައިވާ ކުއިޒާއި ކުއިޒުގެ ނަތީޖާތަކުގެ މައްޗަށް ބަލައި ތައްޔާރުކުރެވިފައވާ މާކުޝީޓެވެ.









ކުއިޒްގެ ލިންކު
https://docs.google.com/forms/d/1bihZlGeeGrfuGwOC6HAEdS3IPutYo0BXO-L3dcfX4JA/edit

މާކްޝީޓް


މާކުޝީޓްގެ ލިންކް
https://docs.google.com/spreadsheets/d/1hcTcg4Jx5NWOzaq7Jgt4xyXrwWt5j7Ow/edit?dls=true#gid=212378407

ޕޯޓްފޯލިއޯގެ 4 ވަނަ ޓާސްކުގެ ރިފެލްކްޝަން
ލާރނިންގ ޓާސްކް ޕޯޓްފޯލިއޯ 4 ގައި ކުރެވުނު މި މަސައްކަތުން ވެސް މާއްދާއާއި ގުޅުންހުރި ގިނަ އެއްޗެހިތަކެއް ދަސްވެގެންދިޔައެވެ. އެގޮތުން މި މަސައްކަތަކީ އައިސީޓީގެ ތެރެއިން ދަރިވަރުން އުނގެނެމުންދާއިރު އެސެސްމެންޓް ފޯރލާރނިންގެ ތެރެއިން އުނގެނުން ވަޒަންކުރެވޭ ތަފާތު ގޮތްތައް ދަސްވެގެން ދިޔަ މަސައްކަތެކެވެ. އަދި ގޫގްލް ފޯމުގައި މިފަދަ ގޮތަކަށް ކުއިޒެއް ތައްޔާރުކޮށް ޑިޖިޓަލް ޓޫލްއެއްގެ އެހީގައި ދަރިވަރުންގެ ފެންވަރުން ވަޒަންކުރެވޭނެ ފަސޭހަގޮތްތަކެއް އެގިގެން ދިޔައެވެ. އަދި ޖަވާބުދޭ ދަރިވަރުންގެ ރެސްޕޯންޑްތަކަށް ބަލައި ޓީޗަރަށް ފަސޭހަ ވަގުތެއްގައި އެދަރިވަރުންނަށް ބޭނުންވާ ފީޑުބެކް ފޯރުކޮށްދޭނެ ގޮތާއި ދަރިވަރުންގެ ނަތީޖާއަށް ބަލައި ގޫގްލް ޝީޓްގައި މާރކްޝީޓް ހަދާނޭގޮތާއި އެ ރައްކާކޮށްފައި ބެހެއްޓޭނެ ގޮތްތަކާއި އެހެންމީހަކަށް ޝެއަރކުރާނެ ގޮތްތައް ވެސް ދަސްވެގެން ދިޔައެވެ. އެހެން ކަމުން މިއީވެސް މިމާއްދާއިން އެނގެނުނެމުންދާ ބައިތަކަށް އިތުރު ތާޒާކަމެއް ގެނުވައިދިން މަސައްކަތެއް ކަމުގައިދެކެމެވެ.
ނިންމުން.
ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނަފަދައިން އެސައިންމެންޓް 1 " ލާރނިންގ ޓާސްކް ޕޯޓްފޯލިއޯ" ގެ މަސައްކަތް ވެސް މިހާހިސާބުން ނިންމާލަން ގަސްތުކުރަމެވެ. ޝައުގުވެރިކަމާއެކު ކުރެވުނު މި މަސައްކަތުގެ ތެރެއިން އަޅުގަނޑަށް ވަރަށް ގިނަ އާ އެއްޗެހިތަކެއް ދަސްވެގެން ދިޔައެވެ. އެގޮތުން މި ޕޯޓްފޯލިއޯގައި ހިމަނާފައި އެކިއެކި ޓާސްކްތަކުގެ މަސައްކަތްތަކުގެ ތެރެއިން ތަފާތު ލާރނިންގ އެންވާރަމެންޓް ތަކުގައިގައި އައިސީޓީ ބޭނުންކުރެވިދާނެ ގޮތްތަކާއި. ތަފާތު ޑިޖިޓަލް ޓޫލްސް ބޭނުންކޮށްގެން ފޯމެޓިވް އެސެސް މެންޓް ގެންދެވޭނެ ގޮތްތައް ދަސްވެގެން ދިޔައެވެ. އަދި އުނގެނުމާއި އުންގަންނައިދިނުމުގައި އައިސީޓީގެ ދައުރަކީ ކޮބައިކަމާއި 21 ވަނަ ގަރުނުގެ ތަޢުލީމުގައި އައި.ސީ.ޓީ ހިމެނުމުގެ މަގުސަދާއި ބޭނުން ވެސް އެގިގެންދިޔައެވެ.
މިހާރުގެ އާ ކަރިކިއުލަމްގައި ފާހަގަކޮށްފައި މީޑިއާ އެންޑް ޓެކްނޮލޮޖީ ކީކޮންޕިޓެންސީ އެހެނިހެން މާއްދާތަކާއި ގުޅިގެންދާގޮތަށް އައި.ސީ.ޓީ ބޭނުންކުރާނެ ގޮތް ވެސް އެގިގެންދިޔައެވެ.
މިއީ ގުޅިގެން ގެންދެވުނު އުނގެނުމުގެ މަސައްކަތެއްކަމުން އެކަކުއަނެކަކާއި މަޝްވަރާކުރުމާއި، އެކަކަށް އެގޭއެއްޗެއް އަނެކަކަށް ހިއްސާކުރުމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރުސަތު ލިބިގެންދިޔަ މި މަސައްކަތަކީ އުނގެނުމާއި އުނގަންނައިދިނުމުގައި އެސެސްމެންޓް ފޯލާރނިން ގެންދެވޭނެ ތަފާތު އުކުޅުތައް ދަސްވެގެންދިޔަ މަސައްކަތެކެވެ.

ޚާއްސަކޮށް ޕޯޓްފޯލިއޯ ހުށަހެޅުމަށްޓަކައި ބްލޮގްގެ މަސައްކަތް ކުރިއަށް ގެންދާނޭގޮތް ދަސްކުރުމުގެ ތެރެއިން މި މާއްދާއިން އިތުރު ބައިތައް އަޅުގަނޑަށް ދަސްވެގެން ދިޔަކަން ފާހަގަކޮށްލަމެވެ. އަދި މާއްދާގެ ލެކްޗަރާއާއި އެކު ކުރެވުނު މުޢާމަލާތުތަކުން މަސައްކަތް އިތުރަށް ތަރައްޤީކޮށް ރަނގަޅުކުރާނެ ވިސްނުމާއި އާ ޚިޔާލުތައް އަޅުގަނޑަށް ލިބިގެން ދިޔައެވެ.  އެހެންކަމުން މިއީ އަޅުގަނޑުގެ ކިޔަވައިދިނުމުގެ މަސައްކަތައް އިތުރު ފުރިހަމަކަމެއް ގެނެސްދެވޭނެ މަސައްކަތެއްކަމުގައި ދެކެމެވެ. 

އެޕެންޑިކްސް

މުދައްރިސް ސޮއިކޮށްފައިވާ މަސައްކަތްތަކުގެ ލިސްޓް



ޓާސްކް1 ގައިވާ ހުށަހަޅާފައިވާ ޕްރެޒެންޓޭޝަނާއިބެހޭގޮތުން ގުރޫޕްގެ އަނެއްބައިވެރިޔާގެ ޚިޔާލު ( ރިފްލެކްޝަން)