Thursday, May 8, 2025

ފަސްއޮށް

ފަސް އޮށް ކުޅުމަކީ އެވޭލާ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުޅެމުން އަންނަ ވަރަށް މަޤުބޫލުކުޅިވަރެކެވެ.

މިއީ ކުޑަކުދިންނާއި ބޮޑެތިމީހުން ވެސް ކުޅެމުން އައި ކުޅިވަރެކެވެ. ފަސްއޮށަކީ "5" އޮށް ބޭނުން ކޮށްގެން ކުޅޭ ކުޅިވަރެކެވެ. މިއީ ބިންމަތީގައި ނުވަތަ ދޮން ވެލިގަނޑުމަތީ ދެފައި ވަށްކޮށްލައިގެން އިށީނދެގެން ތިބެ ކުޅޭ ކުޅިވަރެކެވެ.

ދިވެހިން ފަސްއޮށް ކުޅެނީ ފަސްއޮށް ނުވަތަ ދިހަ އޮށް ބޭނުންކޮށްގެންނެވެ. ނުވަތަ އެއަށްވުރެން ގިނައިންވެސް ބޭނުން ކުރެވިދާނެއެވެ. އެއްމެ ފަސޭހަ ލެވެލް ގައި ކުޅުމަށް ބޭނުންކުރާނީ 5 އޮށެވެ. މި ކުޅިވަރު ބައިބަހައިގެން ބަޔަކަށް އެކަކު ލައިގެން (ސިންގަލްސް) ގޮތަށާއި އަދި ގިނަމީހުން ލައިގެން (ޑަބަލްސް) ކޮށް ވެސް ކުޅެވިދާނެ އެވެ.

ކުޅޭނެގޮތް

ފަސްއޮށް އެކިމަރުޙަލާގައި ކުޅޭނީ އެކިގޮތަށެވެ.

ފުރަތަމަ މަރުޙަލާ: ކުޅެން ފަށަން، އެންމެ ފުރަތަމަ އަތަށް ފަސްއޮށުގެ (އޮށްބައިގެ) 5 އޮށް ލާފައި ބިންމައްޗަށް އެއްލާށެވެ. އޮށްތަށް އެއްލާނީ ތަންކޮޅެއް ދުރުދުރަށް ފެތުރިގެންދާގޮތަށެވެ. އެއަށްފަހު އެއްއޮށް މައްޗަށް އެއްލައި  އެ އޮށާއެކު ބިންމައްޗަށް އެއްލިއޮށުން އޮށެއްނަގާށެވެ. މިގޮތަށް ބިންމައްޗަށް އެއްލާފައި ހުރި ހުރިހާއޮށްތައް ނެގެންދެން ކުރިއަށް ގެންދާށެވެ.

ދެވަނަ މަރުޙަލާ:

ފުރަތަމަ މަރުޙަލާނިންމުމަށްފަހު ދެވަނަ މަރުޙަލާ ފަށާށެވެ. މިގޮތުން އަނެއްކާވެސް ފަސްއޮށް އެއްކޮށް މައްޗަށް އެއްލައި އަތުގެ މަތީފުށަށް އެއް އޮށް ލައިގެން، ބާކީ ހަތަރު އޮށް، ހަމަ އެ އަތުން ނަގާ، އަތުގެ ނުފުށުގައި އޮތް މައްޗަށް އެއްލާ އެ އޮށާއެކު އަނެއްހަތަރުއޮށް އެއްކޮށް ހިފާށެވެ.

ތިންވަނަ މަރުޙަލާ:

ދެވަނަ މަރުޙަލާ ނިމުމަށްފަހު ކުޅޭ ސަރަހައްދުގައި ކުޑަވަޅުކޮޅެއް ކޮނެލާށެވެ. އެއަށްފަހު އަނެއްކާ ވެސް ފަސްއޮށް އެއްކޮށް ކުޅޭތަނަށް ފެތުރިގެންދާ ގޮތަށް އެއްލާލާށެވެ. ދެން  ވަޅުގެ މަތީގައި އަތުގެ ކާވަތް އަޅާ،( ވަޅުނިވާވާގޮތަށް) އެއްއޮށް މައްޗަށް އެއްލަމުން ބިންމަތީގައިހުރި އޮށްތައް ފަހަރަކު އޮށެއްކަމަށް އަތުން ގެނެސް ވަޅުކޮޅަށް ވައްޓާލާށެވެ.

މި ކުޅިވަރު އެކި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު ގޮތްގޮތަށް ކުޅެއެވެ. މިއީ އަތުގެ މަސްތައް ( ގްރޮސްމޯޓޯ) ވަރުގަކޮށްދޭ ހަރަކާތެއްހެ ގޮތުގައި ގެންދެވިދާނެ ކުޅިވަރެކެވެ.

Thursday, April 24, 2025

އެންމެހާ ޙަމްދުސަނާއާއި ތަޢުރީފު ޙައްޤުވެގެންވަނީ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް، ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް. މިސަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ސަހާބީން ޝާމިލުކުރަން.

އާދެ، ޝައްކެއްވެސް ނެތް. ޤައުމެއް މިނިވަންކަމާއެކު ގައުމެއް ގައުމެއްގެ ގޮތުގައި ބިނާކުރެވޭނީ އެތަނެއްގައި ދިރިއުޅޭ މީހުން ކިބައިގައި ޤައުމިއްޔަތުގެ ރޫހާއި ވަޠަނިއްޔަތުގެ ސިފަތައް ހުރެގެން. ގައުމިއްޔަތުގެ ވާހަކަ ދައްކާއިރު  އެންމެފުރަތަމަ ވެސް ޤައުމިއްޔަތަކީ ކޮބައިތޯ ބަލާލަންޖެހޭ. އާދެ، ޤައުމިއްޔަތުގެ މާނަ އެއް ޖުމުލައިން ތިޔަކުދިންނަށް ބުނެދޭނަމަ ބުނެދެވޭނީ ޤައުމިއްޔަތަކީ ޤައުމީ ވަންތަކަމޭ. ނުވަތަ ޤައުމުގެ މައްޗަށް އަޅުގަނޑުމެންގެ ހިތުގައި އުފެދިފައި އޮންނަ ޤަދަރާއި ލޯބި.

ޤައުމިއްޔަތު ބިނާވެގެންވަނީ މައިގަނޑު ހަތަރުބަހާއެއްގެ މައްޗަށް. އެއީ މާތްވެގެންވާ އިސްލާމްދީން، ދިވެހިންގެ ޘަޤާފަތާއި އާދަކާދަ، އަދި ދިވެހިންގެ އެންމެބޮޑު ފަޚުރު ކަމުގައިވާ ދިވެހިބަހާއި ދިވެހިންގެ މިނިވަންކަން. މީގެތެރެއިން މިއަދު މިސް އަލިއަޅުވާލާނީ  މިދެންނެވި ބަހާތަކުގެ ތެރެއިން ދިވެހިންގެ ބަހާއި މިނިވަންކަމުގެ މައްޗަށް. އަމިއްލަ ބަހެއް އޮތުމަކީ އެބައެއްގެ މިނިވަންކަން ހާމަކޮށްދޭކަމުގެ އަލިގަދަ ހެއްކެއް. އެގޮތުން ބަހަކީ އެތަނެއްގައި ދިރިއުޅޭ ބަޔަކު އެއްބައިވަންތަ ކުރުވައި އެއްބައެއްގެ ގޮތުގައި ހިފަހައްޓައިދޭ ބިންގާ. އަމިއްލަ ބަސްދެކެ ލޯބިވުމަކީ ޤައުމުދެކެ ލޯބިވުން، އެބަހުން ސާފުސީދާކޮށް މުޢާމަލާތު ކުރުމީ ޤައުމިއްޔަތު އިސްކުރުން.

ދިވެހި ޤައުމިއްޔަތަށް އާރޯކަމާއި ތާޒާކަން ގެނުވައިދެނީ ދިވެހިބަހުން. މިފަދަ ޚާއްސަ ލަފުޒުތަކެއް ދިވެހި ބަސްކޮށާރުގައި ހިމެނޭކަމީ އަޅުގަނޑުމެން ފަޚުރުވެރިވާކަމެއް. އެގޮތުން ބޭނުންކުރެވޭ ބައެއް ލަފުޒުތަކުގެ ތެރޭގައި ހިތްހެޔޮވުމާއި ހިތްތިރިވުން ހިނިތުންވުމާއި ހީވާގިވުން ހެޔޮވިސްނުމާއި ހަމަހަމަކަން، ޚުލްގުވެރިކަމާއި، ޝުކުރުވެރިވުން އެކުވެރިކަމާއި އޯގާތެރިކަން އަގުހިފެހެއްޓުމާއި، އަގުވަޒަންކުރުން ފަދަ ލަފުޒު ތަކަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ބޭނުންކުރެވޭ ވަރަށް މުހިންމު ލަފުޒުތަކެއް. އަދި މި ރީތި ހިތްގައިމު ލަފުޒުތައް އެހެނިހެން ބަސްބަހާ މަސްހުނިކޮށް، އެބަހަށް އިހާނާތްތެރިވުމަކީ ޤައުމިއްޔަތަށް ގޮންޖަހާލުން.

އެހެންކަމުން މިނިވަން ޤައުމެއް ބިނާކޮށް އެގޮތުގައި ދެމިތިބުމަށްޓަކައި ދިވެހިންގެ ބަސް އާދެ ދިވެހިބަސް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޤައުމިއްޔަތު ދިރުވައި އާލާކުރަން މިއަދު ކޮންމެހެން ވެސް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއް. އަދި އެއީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ވެސް ފަރުދީ ޒިންމާއެއް.

އާދެ، ދެންއޮތީ ޤައުމިއްޔަތުގެ އެއްބަހާ ކަމުގައިހިމެނޭ ޤައުމުގެ މިނިވަންކަން. އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމު މިނިވަންކަންމަތީ އަބަދަށް ދެމިއޮތުމަކީ ނާރުތަކުގައި ދިވެހިލޭހިނގާ ކޮންމެ ދިވެއްސެއްގެ އުންމީދު. އަޅުގަނޑުމެންނަކީ ފެއްސާ ރަތާއި ހުދު ރަމްޒުކޮށްދޭ މިނިވަން ދިދައެއްގެ ހިޔަލުގައި މިނިވަންކަމާއެކު ދިރިއުޅެމުންދާ މުސްތަގިއްލުބައެއް. ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ކާބަފައިން އަޅުގަނޑުމެންނަށް ދެއްކެވި ނަމޫނާއިން ޢިބުރަތް ލިބިގަނެ މިޤައުމު މިނިވަންކަންމަތީ ދެމެހެއްޓުމަށް ޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތިޔަކުދިން ތައްޔާރަށް ތިބެންޖެހޭނެ. ފުރާނަ އަތްމަށްޗަށް ލައިގެން އަލިރަސްގެފާނު ފަދައިން، އުތީމު މަހާރަދުން ފަދައިން އަދި ކީއްތޯ؟ ޝަހީދު ހުސައިން އާދަމްފަދަ ޤައުމީ ބަޠަލުން ޤައުމަށްޓަކައި އެބޭބޭފުޅުންގެ ލެއާއި ފުރާނައިން ޤުރުބާންވިފަދައިން ތިޔަކުދިން ވެސް މިނިވަން ޤައުމެއް ބިނާކުރުމަށްޓަކައި ޤައުމީވަންތަކަން ކުރިއަށްނެރެ، ޤައުމީ ރޫޙު އިސްކުރަންޖެހޭ.

ކޮންމެއަކަސް ޤައުމިއްޔަތާއިބެހޭގޮތުން ކިތަންމެ ދިގުކޮށް ވެސް ވާހަކަ ދެއްކިދާނެ. އެހެން ނަމަވެސް ވަގުތުގެ ދަތިކަމާއެކު އަޅުގަނޑުގެ ވާހަކަ ނިންމާލާނަން. އަޅުގަނޑުގެ އެދުމަކީ އަދި ދުޢާއަކީ ވެސް މިދިވެހި ޤައުމު މިނިވަންކަން މަތީ އަބަދުމެ ލެހެއްޓެވުން. ދިވެހިބަހަށް އާރޯކަމާއި ތާޒާކަން ލިބި އެބަސް ދިރިގެންދިއުން.

        މާޒީގެ އުޖާލާ މަންޒަރުތައް    މާރީތި އުފާވެރި ކުރެހުންތައް

       ދާތީއަދު ހާމަވަމުން ކުލަތައް   ތާރީޚުއަލު މިއިޢާދަވަނީ

ވައްސަލާމް ޢަލައިކުމް ވަރާހުމަތުﷲ ވަބަރަކާތުހ

Monday, October 21, 2024

Friday, August 23, 2024

                   ހިންޏަކީ މިސާލެކޭ

ހިންޏަކީ މިސާލެކޭ   ހިންޏަކީ މިސާލެކޭ

         ގިންޏަށާއި ފިންޏަށާއި ހިންޏަކީ މިސާލެކޭ

ދުއްތުރާތަކުން ރެކެން   ކެތްކުރާ މިސާލެކޭ

             އެއްމަގުން އެކީހިނގާ   ނެތް އެފަދަ މިސާލެކޭ

ފަސްނުޖެހި ދުރަށް ބަލާ  ވިސްނުމަށް މިސާލެކޭ

          ހުސްނުވާނެހެން ތަކެތި  އެއްކުރާ މިސާލެކޭ

ވާރެޔާ ފެނަށް ބަލާ    އާރުލާ މިސާލެކޭ

       ފާރަވާ ދެމޫސުމަށް ބާރުހުރި މިސާލެކޭ

އަޒުމް

ޢަޒުމް ވަރުގަދަކުރުމަކީ ކޮންމެ ދަރިވަރެއްގެ ވެސް ކާމިޔާބީގެ ފެށުން. އަޅުގަނޑުމެންގެ މާތް ވެގެންވާ  އިސްލާމްދީނުގާ ވެސް އަޒުމް ވަރުގަދަކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވޭ.

އަޅުގަނޑުމެންގެ ކޮންމެ ކާމިޔާބީއެއް ގުޅިފައިވާނީ އަޅުގަނޑުމެންގެ ނުގުޑާފަދަ ޢަޒުމާ ހިތްވަރާ! މިސާލަކަށް ކިޔެވުމުގައި އެންމެ މޮޅުކުއްޖަކަށް ވުމަށް ވެސް އެކަމަށް ޢަޒުމް ކަނޑައަޅަންވާނެ.

ތިޔަކުދިންނަށް އެނގޭތަ! ޢަޒުމް ވަރުގަދަކުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަމަކީ ކޮބައިކަން. އެންމެފުރަތަމަ ފަސް ނަމާދުކުރުން. ގުރުއާންކިޔެވުން. މައިންބަފައިންނާއި މުދައްރިސުން ގެ ބަސްއެހުން. މިކަންކަން ކުރެވިއްޖެ ނަމަ އަޅުގަނޑުމެން ވާނީ އަޒުމް ވަރުގަދަ ހިތްވަރުގަދަ ކާމިޔާބު ދަރިވަރުންނަށް.

Saturday, February 10, 2024

ޗުއްޓީ ދަތުރު

ޗުއްޓީ ދަތުރު

2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ މެދު ޗުއްޓީއެވެ. އަހަރެންނާއި އަހަރެންގެ އާއިލާ ރ. އުނގޫފާރަށް ދިއުމަށް ރޭވީމެވެ. އެދަތުރުގައި އަހަރެންނާއި އަހަރެންގެ އާއިލާގެ ދެމެންބަރަކު ވެސް ބައިވެރިވިއެވެ. އުނގޫފާރަށް ދިއުމަށް ޓަކައި އަހަރެމެން ފުރީ ހުކުރު ދުވަހުގެ ރޭ 11:45 ގައި މޯލްޑިވިއަން Q2288 ގެ  ފްލައިޓުންނެވެ. އަހަރެމެން ދަތުރުކުރި ފްލައިޓް އިފުރު އެއާޕޯޓަށް ޖެއްސީ އެރޭ 12:25 އެހައިކަށްހާއިރުގައެވެ.

އަހަރެމެން ބަލައި އެއާޕޯޓަށްދިއުމަށް ހަމަޖެހިފައިވާ ލޯންޗް އައުން ލަސްވެގެން އިފުރު އެއާޕޯޓުގެ ގިމަތައިގައި އިރުކޮޅަކު އަހަރެން މަޑުކޮށްލަންޖެހުނެވެ. ނަމަވެސް މާގިނައިރެއްނުވެ އެއަރޕޯޓުގެ ބަގީއެއްގައި އަހަރެމެންގެ ފޮށިތަންމަތި ޖެޓީއަށް ގެންދިޔައެވެ.

އަހަރެންނަށް އުނގޫފާރަށް ދެވުނީ އެރޭގެ 12:50 އެހައިކަށް ހައިއިރުކަމުން އެންމެފުރަތަމަ ވެސް އަވަސްވެގަތީ އަހަރެމެން ތިބެން ހަމަޖެހިފައިވާ ގެއަށް ދިއުމަށެވެ. އަހަރެމެންނަށް ގެއާއި ހަމައަށް ދެވުނުއިރު އިންތިޒާރުގައި އެގޭގައި ދިރިއުޅޭ އަހަރެންގެ އާއިލާގެ އެހެން ދެކުއްޖަކު މަގުމައްޗަށް ނިކުމެ ތިއްބެވެ.

މިދަތުރުގައި އަހަރެމެން ވަރަށް ގިނަކަންތައްތައް ކުރީމެވެ. އެންމެ ފުރަމަ ހެނދުނުގެ ސަޔަށް ފަހު އަހަރެމެނެ ދިޔައީ އަތިރިމައްޗަށެވެ. އެތާގައި ވަރަށްގިނަ ޖޯލިފައްޗާއި އޮނދޯލިތައް ވެސް އެލުވާފައި ހުއްޓެވެ. އަދި މޫދަށް އެރުމަށްފަހު ފެންވެރޭގޮތަށް ހަދާފައިވާ ފެން އިސްކުރުތަކުގެ އިތުރުން ކުޑަކުދިން މޫދަށް އެރެން ބޭނުންކުރާކަހަލަ ރިންގާއި އެފަދަ އެހެންސާމާނުތައް ވެސް ހުއްޓެވެ. އަހަންނާއި އެކުގައި ދިޔަ ކުދިން މޫދަށްއެރުމާއި ތަފާތު އެކިއެކި ކުޅިވަރުތައް ކުޅުމަށްފަހު އެނބުރި ގެއަށް އައީ 10:45 ހައިއިރުއެވެ. އެއަށްފަހު އެންމެން ފެންވަރައިގެން މެންދުރުނަމާދުކުރިއެވެ. އޭގެފަހުން ދެންއޮތީ މެންދުރުގެ ކެއުމެވެ. ކާންހުރީ ބަތާއި ގަރުދިޔައާއި ތެލުލި މަހެވެ.

އަހަރެމެން 5 ދުވަސް ވަންދެން އެރަށުގައި ހޭދަކުރުމަށްފަހު އެނބުރި މާލެއައީ ކްރިސްޓަލް ސްޕީޑު ލޯންޗްގައެވެ. އެ ދަތުރުގައި އެރަށުގައި ހޭދަކުރި ދުވަސްތަކަކީ އެތައް އާ ތަޖުރިބާތަކެއްކުރެވުނު ވަރަށް މަޖާ އަދި އެހާމެ އުފާވެރި ދަތުރެކެވެ. 

`              

     ޤައުމިއްޔަތަކީ............

އާދެ، ޝައްކެއްވެސް ނެތް. ޤައުމެއް މިނިވަންކަމާއެކު ގައުމެއް ގައުމެއްގެ ގޮތުގައި ބިނާކުރެވޭނީ އެތަނެއްގައި ދިރިއުޅޭ މީހުން ކިބައިގައި ޤައުމިއްޔަތުގެ ރޫހާއި ވަޠަނިއްޔަތުގެ ސިފަތައް ހުރެގެން. ގައުމިއްޔަތުގެ ވާހަކަ ދައްކާއިރު  އެންމެފުރަތަމަ ވެސް ޤައުމިއްޔަތަކީ ކޮބައިތޯ ބަލާލަންޖެހޭ. އާދެ، ޤައުމިއްޔަތުގެ މާނަ އެއް ޖުމުލައިން ބުނާނަމަ ބުނެދެވޭނީ ޤައުމިއްޔަތަކީ ޤައުމީ ވަންތަކަމޭ. ނުވަތަ ޤައުމުގެ މައްޗަށް އަޅުގަނޑުމެންގެ ހިތުގައި އުފެދިފައި އޮންނަ ޤަދަރާއި ލޯތްބޭ.

ޤައުމިއްޔަތު ބިނާވެގެންވަނީ މައިގަނޑު ހަތަރުބަހާއެއްގެ މައްޗަށް. އެއީ މާތްވެގެންވާ އިސްލާމްދީން، ދިވެހިންގެ ޘަޤާފަތާއި އާދަކާދަ، އަދި ދިވެހިންގެ އެންމެބޮޑު ފަޚުރު ކަމުގައިވާ ދިވެހިބަހާއި ދިވެހިންގެ މިނިވަންކަން. މީގެތެރެއިން މިއަދު މިސް އަލިއަޅުވާލާނީ  މިދެންނެވި ބަހާތަކުގެ ތެރެއިން ދިވެހިންގެ ބަހާއި މިނިވަންކަމުގެ މައްޗަށް. އަމިއްލަ ބަހެއް އޮތުމަކީ އެބައެއްގެ މިނިވަންކަން ހާމަކޮށްދޭކަމުގެ އަލިގަދަ ހެއްކެއް. އެގޮތުން ބަހަކީ އެތަނެއްގައި ދިރިއުޅޭ ބަޔަކު އެއްބައިވަންތަ ކުރުވައި އެއްބައެއްގެ ގޮތުގައި ހިފަހައްޓައިދޭ ބިންގާ. އަމިއްލަ ބަސްދެކެ ލޯބިވުމަކީ ޤައުމުދެކެ ލޯބިވުން، އެބަހުން ސާފުސީދާކޮށް މުޢާމަލާތު ކުރުމީ ޤައުމިއްޔަތު އިސްކުރުން.

ދިވެހި ޤައުމިއްޔަތަށް އާރޯކަމާއި ތާޒާކަން ގެނުވައިދެނީ ދިވެހިބަހުން. މިފަދަ ޚާއްސަ ލަފުޒުތަކެއް ދިވެހި ބަސްކޮށާރުގައި ހިމެނޭކަމީ އަޅުގަނޑުމެން ފަޚުރުވެރިވާކަމެއް. އެގޮތުން ބޭނުންކުރެވޭ ބައެއް ލަފުޒުތަކުގެ ތެރޭގައި ހިތްހެޔޮވުމާއި ހިތްތިރިވުން ހިނިތުންވުމާއި ހީވާގިވުން ހެޔޮވިސްނުމާއި ހަމަހަމަކަން، ޚުލްގުވެރިކަމާއި، ޝުކުރުވެރިވުން އެކުވެރިކަމާއި އޯގާތެރިކަން އަގުހިފެހެއްޓުމާއި، އަގުވަޒަންކުރުން ފަދަ ލަފުޒު ތަކަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ބޭނުންކުރެވޭ ވަރަށް މުހިންމު ލަފުޒުތަކެއް. އަދި މި ރީތި ހިތްގައިމު ލަފުޒުތައް އެހެނިހެން ބަސްބަހާ މަސްހުނިކޮށް، އެބަހަށް އިހާނާތްތެރިވުމަކީ ޤައުމިއްޔަތަށް ގޮންޖަހާލުން.

އެހެންކަމުން މިނިވަން ޤައުމެއް ބިނާކޮށް އެގޮތުގައި ދެމިތިބުމަށްޓަކައި ދިވެހިންގެ ބަސް އާދެ ދިވެހިބަސް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޤައުމިއްޔަތު ދިރުވައި އާލާކުރަން މިއަދު ކޮންމެހެން ވެސް ކުރަންޖެހިފައިވާ ވަރަށް މުހިންމު ކަމެއް. އަދި އެއީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ވެސް ފަރުދީ ޒިންމާއެއް.

އާދެ، ދެންއޮތީ ޤައުމިއްޔަތުގެ އެއްބަހާ ކަމުގައިހިމެނޭ ޤައުމުގެ މިނިވަންކަން. އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމު މިނިވަންކަންމަތީ އަބަދަށް ދެމިއޮތުމަކީ ނާރުތަކުގައި ދިވެހިލޭހިނގާ ކޮންމެ ދިވެއްސެއްގެ އުންމީދު. އަޅުގަނޑުމެންނަކީ ފެއްސާ ރަތާއި ހުދު ރަމްޒުކޮށްދޭ މިނިވަން ދިދައެއްގެ ހިޔަލުގައި މިނިވަންކަމާއެކު ދިރިއުޅެމުންދާ މުސްތަގިއްލުބައެއް. ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ކާބަފައިން އަޅުގަނޑުމެންނަށް ދެއްކެވި ނަމޫނާއިން ޢިބުރަތް ލިބިގަނެ މިޤައުމު މިނިވަންކަންމަތީ ދެމެހެއްޓުމަށް ޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތިޔަކުދިން ތައްޔާރަށް ތިބެންޖެހޭނެ. ފުރާނަ އަތްމަށްޗަށް ލައިގެން އަލިރަސްގެފާނު ފަދައިން، އުތީމު މަހާރަދުން ފަދައިން އަދި ކީއްތޯ؟ ޝަހީދު ހުސައިން އާދަމްފަދަ ޤައުމީ ބަޠަލުން ޤައުމަށްޓަކައި އެބޭބޭފުޅުންގެ ލެއާއި ފުރާނައިން ޤުރުބާންވިފަދައިން ތިޔަކުދިން ވެސް މިނިވަން ޤައުމެއް ބިނާކުރުމަށްޓަކައި ޤައުމީވަންތަކަން ކުރިއަށްނެރެ، ޤައުމީ ރޫޙު އިސްކުރަންޖެހޭ.

ކޮންމެއަކަސް ޤައުމިއްޔަތާއިބެހޭގޮތުން ކިތަންމެ ދިގުކޮށް ވެސް ވާހަކަ ދެއްކިދާނެ. އެހެން ނަމަވެސް ވަގުތުގެ ދަތިކަމާއެކު އަޅުގަނޑުގެ ވާހަކަ ނިންމާލާނަން. އަޅުގަނޑުގެ އެދުމަކީ އަދި ދުޢާއަކީ ވެސް މިދިވެހި ޤައުމު މިނިވަންކަން މަތީ އަބަދުމެ ލެހެއްޓެވުން. ދިވެހިބަހަށް އާރޯކަމާއި ތާޒާކަން ލިބި އެބަސް ދިރިގެންދިއުން.

        މާޒީގެ އުޖާލާ މަންޒަރުތައް    މާރީތި އުފާވެރި ކުރެހުންތައް

         ދާތީއަދު ހާމަވަމުން ކުލަތައް   ތާރީޚުއަލު މިއިޢާދަވަނީ          

Sunday, October 1, 2023

އެންމެ ރަނގަޅު ޖަވާބުގައި ( ü ) ޖަހާށެވެ.

1- އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ ކޮލީ ނަންފުޅަކީ :

      (  )  ހ. ސިރީކުލަ ރަންމީބަ ކަތްތިރިބަވަނަ މަހާރަދުން

      (  )  ށ. ސިރީ ސަވާދީއްތަ މަހާރަދުން

      (  )  ނ. ސިރީއައުދަ ސިޔާދަ ކަތްތިރި މަހާރަދުން

2- ރަސްކަމަށް އިސްވެ ވަޑައިގެންނެވުމުގެކުރިން އުތީމު ރަދުންގެ ނަންފުޅަކީ:

      (  )  ހ. އުތީމު މުހައްމަދު ބޮޑުތަކުރުފާނު

      (  )  ށ. މުހައްމަދު ބޮޑުތަކުރުފާނު

      (  )  ނ. އުތީމު މަހާރަދުން

3- މުހައްމަދުތަކުރުފާނު ކިޔަވައި ވިދާޅުވީ:

      (  )  ހ. އުތީމުންނެވެ.

      (  )  ށ. މާލެއިންނެވެ.

      (  )  ނ. އިންޑިއާގެ ބޭދާޅިންނެވެ.

4- ޕޯޗްގީޒުން އަލިރަސްގެފާނު ޝަހީދުކޮށް ދިވެހިރާއްޖެ ހިފާފައިވަނީ:

      (  )  ހ. 1 ޝަޢުބާން 965ހ. ގައި

      (  )  ށ. 2 ޝައުބާން 956ހ ގައި

      (  )  ނ. 11 ޝަޢުބާން 596ހ.ގައި

5- މުހައްމަދުތަކުރުފާނުގެ ދަރިކަލުންގެ ނަންފުޅަކީ:-

      (  )  ހ. ކަލާފާނުއެވެ.

      (  )  ށ. އިބުރާހިމް ކަލާފާނުއެވެ.

      (  )  ނ. އިބުރާހިން އިސްކަންދަރުއެވެ.

6- ޕޯޗްގީޒުންގެ ވެރިއަކަށް ހުރީ:

      (  )  ހ. ވިޔަޒޯރު ނަމަކަށްކިޔާމީހެކެވެ.

      (  )  ށ. ރާޖާ ނަމަކަށް ކިޔާމީހެކެވެ.

      (  )  ނ. އަނދިރިއަނދިރިން ނަމަކަށްކިޔާމީހެކެވެ.

7- ދިވެހިރާއްޖެ ސަލާމްތަކުރުމަށް އުތީމު ތިންބޭން ދަތުރުކުރީ:

      (  )  ހ. ކަޅުއޮށްފުންމި ނަމަކަށް ކިޔާ އުޅަނދެއްގައެވެ

      (  )  ށ. ރަސްފަންނު ނަމަކަށް ކިޔާ އުޅަނދެއްގައެވެ.

      (  )  ނ. ކޮއިމަލާ ނަމަކަށް ކިޔާ އުޅަނދެއްގައެވެ.

8- އަލިތަކުރުފާނުގެ އިސްތަށިފުޅު ވަޅުފުޅުލެވިފައިވަނީ:-

      (  )  ހ. މާލޭކައިރީގައި އޮންނަ ފޮނަދޫގައެވެ.

      (  )  ށ. ހއ. ތަކަންދޫގައެވެ.

      (  )  ނ. ހއ. އުތީމުގައެވެ.

9- ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ:

      (  )  ހ. ރަބީއުލް އާޚިރާ މަހުގެ 2 ވަނަ ދުވަސް

      (  )  ށ. ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަސް

      (  )  ނ. ޝަޢުބާން މަހުގެ 1 ވަނަ ދުވަސް

10- ބޮޑުތަކުރުފާނު ފަސްދާނު ލެވިފައިވަނީ:-

      (  )  ހ. ގަލޮޅު ބިހުރޯޒު މިސްކިތުގެ ހަރިންމަ ތެރޭގައެވެ.

      (  )  ށ. މާލޭ މެދު ޒިޔާރަތުގައެވެ.

      (  )  ނ. މާލޭ ހުކުރު މިސްކިތުގެ ހަރިންމަތެރޭގައެވެ.